ނިހާނުގެ އެ އަމަލުގެ ސަބަބުން ސަރުކާރުގެ ގޮތެއް ފޮތެއް ނެތް މިންވަރު ހާމަވެގެން ހިގައްޖެ: އެމްޑީޕީ

hqdefault

ސަރުކާރު ހިންގާ ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންގެ އަމަލުން ސަރުކާރުގެ ގޮތެއް ފޮތެއް ނެތްކަން ހާމަވެގެން ހިނގައްޖެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ނިހާނާ ދެމެދު މިއަދު ހެނދުނު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. އެގޮތުން ނިހާން ފެން ފޮދެއް ބެެއްލެވުމަށްފަހު އެ ފެންތައް ރޮޒެއިނާގެ ގަޔަށް ބުރުވާލެއްވި އެވެ. އެއާ އެކު ރޮޒައިނާ ފެން ތައްޓެއް ނަންގަވައި ނިހާންގެ މޫނަށް ޖެއްސެވިތަން ޓީވީން ފެނުނެވެ. އޭގެ ފަހުން މަޖިލީސް ހޫނުވުމުގެ ސަބަބުން ވަނީ ހުއްޓާލައިފަ އެވެ.

ނިހާންގެ އެ އަމަލު ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ފިރިހެން މެމްބަރަކު، އަންހެން މެމްބަރަކަށް އެފަދަ ހަމަލާއެއް ދިނުމަކީ އިތުރު ހަމައެއް ދެއްކެން ނެތްވަރުގެ ދަށު ދަރަޖައިގެ ނާތަހުޒިބު އަމަލެއް ކަމަށެވެ. މީގެ ކުރިން ވެސް ޕީޕީއެމްގެ މެމްބަރުން، އެމްޑީޕީގެ އަންހެން މެމްބަރުންނަށް ޖިންސީ ގޯނާ ކުރާނެ ކަމަށް ފާޅުގައި ގޮވާލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

“ސަރުކާރު ހިންގާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އެ އަމަލު ހިންގުމަކީ މި ސަރުކާރުގެ ގޮތެއް ފޮތެއް ނެތް މިންވަރު ރާއްޖޭގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ބޭޒާރުވެގެން ދިޔަ ކަމެކެވެ،” އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ މެމްބަރުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ހަމަލާތައް ދެމުން އަންނައިރު ވެސް އެ ކަންތައް ހުއްޓުވަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ނުކުރެއްވުމާއި ތަކުރާރުކޮށް މަޖިލީހުގެ ނިޒާމް ނަގާލައި އެތަނުގައި ހަމަނުޖެހުން ހިންގުމަށް އެމަނިކުފާނު ހިތްވަރު ދެއްވާ ކަމަށެވެ. އެހެންކަމުން އެ ކަން ވެސް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު އެންމެ ރީތި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

haftha miskiy

މާލޭގައި 6000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ބޮޑު މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއުއެއް މިރޭ އިފްތިތާހުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މިސްކިތް އެޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ސޯމިލް ކުރިމަތިން އޮންނަ ހުސްބިމުގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އިފްތިތާހުކުރި، “ކިންގް ސަލްމާން މިސްކިތް”ގެ ނަމުގައި އިމާރާތްކުރާ ބިނާ އަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު މިސްކިތެވެ.
މާލޭގެ މަލަމަތީގައި ހަ ބުރިއަށް އިމާރާތްކުރާ އެންމެ ޒަމާނީ ފެންވަރުގެ މިސްކިތުގައި ގުރުއާނާ ބެހޭ މަރުކަޒަކާއި އިސްލާމިކް ލައިބްރަރީއަކާއި ޖަލްސާކުރާ ހޯލަކާއި މަލްޓި ޕާޕަސް ހޯލަކާއި އޮޑިޓޯރިއަމަކާއި މިސްކިތަށް އަންނަ މީހުންނަށް ހާއްސަ ޕާކިން އޭރިއާއެއް ވެސް ހިމެނެ އެވެ. އަދި އެކި ފަންގިފިލާތަކަށް އެރުމަށް ހަތަރު ލިފްޓް ބަހައްޓާ ގޮތަށް ވެސް ހަމަޖައްސާފައިވެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ބިނާއަކަށް ވާނެ ކަމަށެވެ. އަދި އެ އެއީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން އިމާރާތްކުރެވޭ އަގު ހުރި ބިނާއެއް ކަމަށާއި ދިވެހިވަންތަކަން ރަމްޒުކޮށްދޭ ދިވެހި ބިނާއަކަށް ވާނެ ކަމަށް ވެސް މިނިސްޓަަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި  “ކިންގް ސަލްމާން މިސްކިތް” އިމާރާތްކުރުމުން ދޭހަވަނީ އަދުގެ ސަރުކާރުން އިސްލާމް ދީނަށް ދޭ އަހައްމިއްޔަތުގެ ބޮޑުކަން ކަމަށެވެ. އަދި މި މިސްކިތް އިމާރާތްކުރުމަށް ސައުދީ ރަސްގެފާނު ދެއްވާ ދީލަތި އެހީފުޅަށް ޝުކުރުއަދާކުރެއްވި އެވެ.

މި މިސްކިތުގައި ނަމާދުކުރުމަށް ހަ ފްލޯގައި 41،500 އަކަފޫޓަށް ވުރެ ސަރަހައްދެއް ކަނޑައަޅާނެ އެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒަށް 42،200 އަކަފޫޓު އަދި ކުތުބުހާނާ އަށާއި އޮފީސް އިމާރާތުގައި 11،900 އަކަފޫޓު އަދި މަލްޓިޕާޕަސް ހޯލުގައި 28،600 އަކަފޫޓު ހިމެނެ އެވެ. އޮޑިޓޯރިއަމަށާއި ޖަލްސާކުރާ މާލަމަށް 12،700 އަކަފޫޓް ކަނޑައަޅާފައިވެ އެވެ. ޕާކިން 42،491 އަކަފޫޓް ކަނޑައެޅޭނެ ކަމަށް ވެސް މިސްކިތުގެ ޕްލޭންގައި ހިމަނާފައިވެ އެވެ.

ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

imraan haftha

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން  ހުކުމްކޮށްފި އެވެ.

އެ މައްސަލައިގެ ހުކުމްކުރަން ރޭ ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މުޒާހަރާގައި ހަމަނުޖެހުން ހިނގީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި، އިމްރާން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުން އޭރު އަމަލުކުރަމުން ދިޔަ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިމްރާން 12 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

“ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށާއި އެ ނޫން ވެސް ސަރަހައްދުތަކަށް އެއްވެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި އާންމުންގެ މުދަލަށް ގެއްލުން ދިނީ އެދުވަހުގެ މުޒާހަރާ އިންތިޒާމްކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާއި ދިވެހި ސަރުކާރާ މެދު ނަފްރަތު އުފެދޭ ގޮތަށާއި ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ..” ގާޒީ ބާރީ ވިދާޅުވި އެވެ.

އެ ހުކުމް އިމްރާނަށް އައީ 2015 ވަނައަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އިމްރާންގެ މައްޗަށް އުފުލި އެ ދައުވާއާ ގުޅިގެންނެވެ.

އިމްރާންގެ މައްޗަށް ސާބިތުވި އެ ކުށަށް ގާނޫނުގައި އޮންނަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. އޭގެ ތެރެއިން ކަނޑައަޅާނެ އަދަބެއް ނިންމުމުގެ ބާރު އޮންނަނީ ފަނޑިޔާރަށެވެ.

އެ މަޖިލީހުގައި ހުކުމް އިއްވެވުމުގެ ކުރިން، ޝަރީއަތަށް ފާހަގަ ކުރެއްވި ކަންކަން އިއްވަވަމުން ގާޒީ ބާރީ ވިދާޅުވީ އެ މުޒާހަރާގައި ހަމަނުޖެހުން ހިނގަމުން ދިޔައިރު އެކަން ހުއްޓުވަން އަދާލަތު ޕާޓީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެއްވުމެއްގައި ހަމަނުޖެހުން ހިނގަމުން ދަނިކޮށް އެފަދަ ކަމެއް ހުއްޓުވަން މަސައްކަތް ނުކުރާ ނަމަ އެއީ އެއްވުން އިންތިޒާމްކުރާ ފަރާތުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް ކަމަށް އެއްވެ އުޅުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ބާރީ ވިދާޅުވީ މުޒާހަރަގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން އިސްލާމީ މަރުކަޒާ ދިމާލަށް ދާން ގޮވާލާފައިވާއިރު އެ ސަރަހައްދަކީ އެ އެއްވުން ބާއްވަން ހުއްދަ ހޯދާފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެ މުޒާހަރާގައި ޕިކަޕެއް ބޭނުންކޮށްގެން ފުލުހުންގެ ސަފު ފަޅާލުމާއި ފުލުހަކަށް ހަމަލާދީ އަނިޔާކޮށްފައިވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ފުލުހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް އެ މުޒާހަރާގައި ހިންގާފައިވާ ކަމަށްވެސް ގާޒީ ބާރީ ވިދާޅުވި އެވެ.

އިމްރާން ޖަލަށްލާން ހުކުމް ކުރެއްވުމަށް ފަހު ގާޒީ ބާރީ ވަނީ ހުކުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފް މަރުހަލާގެ ފުރުސަތު އިމްރާނަށް އޮތްކަން ވަކީލުންނަށް ހަނދާންކޮށް ދެއްވައިފަ އެވެ.

 އިދިކޮޅު ފަރާތްތަކުންމިދިޔައަހަރުގެ މޭއި މަހުގެ އެއްވަނަދުވަހު ބޭއްވި  މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހިމާއި އެ ޕާޓީގެ ސޮބާހު ރަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވުމުން އެ ޝަރީއަތް ކުރިއަކަށް ނުދެއެވެ.

އެ މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް އެ އޮފީހުން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ.

ރައީސްގެ ދެކަނބަލުން ގެންދަވަނީ ބަރާބަރަށް މާލީބަޔާން ހުށަހަޅުއްވައި ޓެކްސް ދައްކަވަމުން:ތަރުޖަމާން

64491_cd8a3bf1-1_

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން  ބަރާބަރަށް  މާލީ ބަޔާން ހުށަހަޅުއްވައި،ޓެކްސް ދައްކަވަމުން ގެންދަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މުއާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީންގެ ދެކަނބަލުންނަކީ ވަކިވަކިން ދައުލަތަށް ޓެކްސް ދައްކަވަމުން ގެންދަވާ ބޭފުޅުން ކަމަށާއި މިހާރު ވެސް ހުށަހަޅުއްވާ މާލީ ބަޔާންތަކަށް ރިއާޔަތް ކުރައްވައި، ގަވާއިދުން ޓެކްސް ދައްކަވަމުން ގެންދަވާ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ދެކަނބަލުން ދައްކަވަނީ ކޮން ބާވަތެއްގެ ޓެކްހެއް ކަމެއް ތަރުޖަމާން ވިދާޅެއް ނުވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ވިޔަފާރިއެއްގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަކީ މަނާކަމެކެވެ.

މުއާޒު އެގޮތަށް ވިދާޅުވީ ރައީސް ޔާމީން މާލީ ބަޔާންތައް ހުށަހަޅުއްވާތޯ ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް އޮޑިޓަރ ޖެނެރަލްގެ ކިބައިން މިއަދު އެދިވަޑަިއގެންފައި ވަނިކޮށެވެ.
އާޒިމް އެގޮތަށް އެދިވަޑައިގަތީ ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރާތީ އާއި ގާނޫނުއަސާސީގައި އެކަން އެގޮތަށް ކުރަން ލާޒިމްކޮށްފައިވުމުން ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.

ދައުލަތަށް ލިބެންޖެހޭ ގިނައަދަދެއްގެ ފައިސާ ހޯދުމަށް ފިނޭންސް މނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އޮޑިޓަރ ޖެނެރަލް

DSC_0896

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އެކިއެކި މުއާމަލާތްތަކާ ގުޅިގެން ދައުލަތަށް އާންމްދަނީގެ ގޮތުގައި ލިބެންޖެހޭ ނުވަސަތޭކަ ފަންސާސް ފަސް މިލިއަން ރުފިޔާ ހޯދުމަށް މިހާތަނަށް އެމިނިސްޓްރީން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިނުވާކަމަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު މިހެން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ.
ޒިޔަތު ސޮއިކުރައްވައި އާންމުކުރައްވާފައިވާ އޮޑިޓް ރިޕޯޓްގައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާއި ބެހޭ ފަރާތްތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ލިބެންޖެހޭ ފައިސާއެއް ނުލިބޭކަމަށްވާނަމަ އެމައްސަލަ ޝަރީއަތަށް ހުށަހަޅަންވާނެކަމަށެވެ.އެހެންނަމަވެސް ފިނޭންސް މިނިސްޓްރީއަށް ލިބެންޖެހި އަދި މިހާތަނަށް ނުލިބި ހުރި 955މިލިޔަން ވުރެ ގިނަ ރުފިޔާ ހޯދުމަށް އެމިނިސްޓްރީން އެއްވެސް ކަމެއްކޮށްފައިވާކަން އެގެން ނެތްކަމަށް އޮޑިޓުރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ލިބެންޖެހޭ ދުއިސައްތަ ހަތްދިހަ އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި، ލޯނުތަކުން ލިބެންޖެހޭ ފަސްސަތޭކަ ނުވަދިހަ އެއްލިމިޔަނަށްވުރެ ގިނަ ރުފިޔާއާއި، ބޭރުގެ އެހީގެ ދަށުން ގެނެވޭ ލޯނުތަކަށް ލިބެންޖެހޭ ފައިސާއާއި (މޮފާ ދޯނިތަކުން) ލިބެންޖެހޭ ފައިސާކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިހާރުވެސް ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު ހިނގާފައިވާ މިކަންކަން އިސްލާހުކޮށް ފައިސާ ހޯދުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވާފައެވެ.
މީގެއިތުރުން ހަރު މުދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ 2މިލިޔަނަށް ވުރެގިނަ ރުފިޔާގެ ސައްޚަ ކަމާއި، ހުރިހާ މުދަލެއް އުނި އިތުރެއް ނެތި ބަޔާން ކުރެވިފައިވާކަން ކަށަވަރުކުރެވިފައިނުވާކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

aaaa

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މާދަމާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޖިލިސް އިދާރާގެ އަމީންއާއްމު އަހުމަދު މުހައްމަދު ރޭ ވިދާޅުވެފައި ވަނީ ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވާ ގޮތަށް ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތެރޭގައި ކަރަންޓްގެ މައްސަލައެއް ޖެހި އެކަންތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށެވެ. އަދި މަޖިލިސް ހުޅުވުމުގެ ކުރިން އެ މަސައްކަތްތައް ނުނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އެ ޖަލްސާއަށް ވާ ވަރަކަށް މަސައްކަތެއް ނިންމައެއް ނުލެވޭނެ. ދެން ޖަލްސާ ފަސްކުރެވޭކަށް ވެސް ނޯންނާނެ. އެހެންވެ ދަރުބަރުގޭގައި ބާއްވާގޮތަށް ނިންމީ،” މީގެ ކުރިން ވެސް މަޖިލީހުގެ ޖަލްސާތައް ދަރުބާރުގޭގައި ބާއްވާފައިވާކަން ފާހަގަކުރައްވަމުން އަމީން އާންމު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވުމުގެ ޖަލްސާ ދަރުބާރުގޭގައި ބާއްވާފައިވެ އެވެ.

16.9މިލިއަނައްވުރެ ގިނަ ރުފިޔާ ދައްކަން މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފި

l_1395723

ބަނގުރޫޓްވެ އުވާލަން ނިންމާފައިވާ މޯލްޑިވުސް ނޭޝަނަލް ޝިޕިން ލިމިޓެޑުން އެކެއް ޕޮއިންޓް އެކެއް މިލިއަން ޑޮލަރު ދައުލަތައް ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ
މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 1990 ވަނައަހަރު، ސަރުކާރުން އެކުންފުންޏަށް ދޫކުރި ރަށެއްގެ ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދުމަށް ދައުލަތުން ކުރި ދައުވާއަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.1 މިލިއަނައްވުރެ ގިނަ ޑޮލަރު ނުވަތަ 16.9 މިލިއަނައްވުރެ ގިނަ ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭކަމަށެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑައް އދ.ވިލިނގިލިވަރު ދީފައިވަނީ 1990ވަނަ އަހަރުން ފެށިގެން 21 އަހަރަށް.
ނަމަވެސް 1997 ވަނަ އަހަރު އެކުންފުނިން ވަނީ އެރައް އަމިއްލަ ފަރާތަކަށް ވިއްކާލާފައެވެ.
އދ.ވިލިނގިލިވަރު މޯލްޑިވްސް ނޭޝަނަލް ސިޕިން ލިމިޓެޑުން ވިއްކާލިއިރު ކުލީގެ ގޮތުގައި 43،000ހާހަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވީނަމަވެސް އެފައިސާ ދައްކާފައިވަނި 2013ވަނަ އަހަރުއެވެ.
ގައުމީ ޝިޕިން ލައިންގެ ގޮތުގައި އުފެދިގެން އައި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑަކީ އެތައް މިލިއަން ރުފިޔާއެއްގެ ދަރަންޏެއް އަދާކުރަން ޖެހިފައިވާ ކުންފުންޏެކެވެ.

ޒިކާ ވައިރަސް ފެނުނު ފަތުރުވެރިޔާއަށް އެ ވައިރަސްޖެހިފައި ވަނީ ރާއްޖެއިންކަން ކަށަވަރު ކުރެވިފައި ނުވޭ:މިނިސްޓަރ

l_144085434727GK13

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ފެނުނު ނަމަވެސް އޭނާއަށް ޒިކާ ވައިރަސްޖެހިފައި ވަނީ ރާއްޖެއިންކަން ކަށަވަރު ކުރެވިފައި ނުވާކަމަށް ރާއްޖޭގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
ޒިކާ ވައިރަސްއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ޒިކާ ވައިރަސް ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ޤައުމަށްދިޔަ ފިންލޭންޑް ފަތުރުވެރިޔެއްގެ ގައިން ކަމަށް.އެހެންނަމަވެސް އޭނާގެ ގައިން ޒިކާ ވައިރަސް ފެނުނު ކަމުގެ މައުލޫމާތު ފިންހޭންޑް ސަރުކާރުން ދިވެހި ސަރުކާރާ ހިއްސާ ކުރީ މިދިޔަ ޑިސެމްބަރު މަހުގެ އޮނަތިރީސްވަނަ ދުވަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ޤައުމުގެ ސަރުކާރުން ދިވެހި ސަރުކާރާއި އެ މައުލޫމަތު ހިއްސާ ކުރުމާ އެކު ޖެހިގެންއައި ދުވަހު ހެލްތު މިނިސްޓްރީން އެ މައުލޫމާތު ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު ކުރިއަށް އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް) އާ އެކު މަސައްކަތް ކުރެވިފައިވާ ކަމަށާއި،އަދި މިހާތަނަށް ރާއްޖެއިން ޒިކާގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް ހެލްތް މިއަދުގެ ޕްރެސްކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
ފިންލޭންޑުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ވެލްފެއާ އާ ހަވާލާދީ ދަ ނިއުޔޯކް ޓައިމްސް، ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، ޒިކާ ވައިރަސް ފެނިފައިވަނީ މިދިޔަ ހޫނު މޫސުމުގައި ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަ އެ ގައުމުގެ ފިރިހެނެއްގެ ގައިން ކަމަށާއި، އަދި އެ މީހާއަށް ވައިރަހުގެ އަސަރު ކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
އެފްރިކާ އިން މީގެ ކުރިން ފެންނަމުން ދިޔަ ޒިކާ ވައިރަސް މިހާރު ވަނީ ލެޓިން އެމެރިކާގެ ގައުމުތަކުގެ އިތުރުން ބްރެޒިލްގައި ވެސް ޒިކާ ވައިރަސް އަންނަނީ ހަލުއިކަމާ އެކު ފެތުރެމުންނެވެ.