ދެފަޅެއް އަތުލި މައްސަލައިގައި ގާސިމް އިބްރާހީމްގެ ވިލާއާއި އެއްކޮޅަށް ކުރިހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފި

gasim

ވިލާ ކުންފުންޏަށް ދޫކުރި ދެ ފަޅެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.

ޖުމްހޫރީ ޕާރޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ވިލާކުންފުންޏަށް ދޫކޮށްފައިވާ ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިފަޅުގެ އެއްބަސްވުން ބާތިލްކުރި ކަމަށް އަންގައި، ސަރުކާރުން  2015 ފެބްރުއަރީ ގައި ފޮނުވި ނޯޓިހަކީ ބާތިލް ނޯޓިހެއް ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ހުކުމްކުރީ އެ މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅުމުންނެވެ.

އެ ހުކުމުގައި ވަނީ އެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި، ފޮނުވި ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިހެއް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

ދެ ފަޅުގެ އިތުރުން ވިލާ އަށް ދޫކޮށްފައިވާ އެހެން ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ވެސް ސަރުކާރުން އޭރު ބާތިލްކޮށް، އެތަންތަން އަތުލި އެވެ.

މީގެ އިތުރުން އެތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ޑޮލަރު އެއް މަސް ތެރޭގައި ދައްކަން ވެސް އޭރު ސަރުކާރުން އެންގި އެވެ. އެކަމަކު ފަހުން ވަނީ އެ ފައިސާ ދައްކަން ދިން މުއްދަތު އިތުރުކޮށްދީފަ އެވެ.

އެ ތަންތަން ސަރުކާރުން އަތުލީ ސަރުކާރާ ދެކޮޅަށް ފާޅުގައި ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަރަނި އަދާ އަދާކުރުމަށްވަނީ ނުކުޅެދިފައި:ރަނިލް ވިކްރަމަސިންހަ

SRILANAKAN2

ސްރީ ލަންކަން އެއާލައިންސްގެ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާ އަދާކުރުމަށް އެ އާރލައިނަށް ނުކުޅެދިފައިވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ ގައުމީ އެއާލައިނުގެ ބޮޑު ދަރަނި ސަރުކާރަށް ދެއްކިދާނެތޯ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހު ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

ގައުމީ އެއާލައިނުގެ ކަންކަން ބަލަހައްޓަވާ ސްޓޭޓް އެންޓަޕްރައިސް ޑިވެލޮޕްމަންޓް މިނިސްޓަރު ކަބީރު ހާޝިމް މި މަހު ކުރީކޮޅު ވިދާޅުވީ ސްރީ ލަންކަން އެއާލައިންސްގެ ދަރަނި 933 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެކަމަކު ދަރަނި އެއަށް ވުރެ ބޮޑުވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

SRILANAKAN1

ލަންކާގެ ގައުމީ އެއާލައިނުން އެއާބަސް މަރުކާގެ ބޯޓުތަކެއް ގަތުމަށް އެއްބަސްވި 2.3 ބިލިއަން ޑޮލަރުގެ މުއާމަލާތުގެ ތެރޭގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހިންގާފައިވާ ކަމަށް މިނިވަން އޮޑިޓް ފާމަކުން މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. ވިކްރަމަސިންހަ ވެސް ވިދާޅުވެފައި ވަނީ އެއާލައިނަށް ބޮޑު ގެއްލުމެއް ވަމުން ދަނިކޮށް އެއާބަސްއާ އެކު ކުރީގެ ސަރުކާރުން ގާއިމްކުރި އެއްބަސްވުން މުތާލިއާ ކުރަމުންދާ ކަމަށެވެ. މި އެއްބަސްވުމުގެ ކަންތައް މިހާރު ދަނީ ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންނެވެ.

އަބުރާއި ބެހޭ ބިލު ފަރުމާކޮށްފައި އޮތީ ޔާމީންގެ ސަރުކާރުން ބޭނުންވާ މީހަކު ޖޫރިމަނާކޮށް، ޖަލަށް ލެވޭ ގޮތަށް: އެމްޑީޕީން

SHIFAAZ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ފަރުމާކޮށްފައި އޮތީ ޔާމީންގެ ސަރުކާރުން ބޭނުންވާ މީހަކު ޖޫރިމަނާކޮށް، ޖަލަށް ލެވޭ ގޮތަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ބިލު ފާސްވެއްޖެ ނަމަ ބިލުގައި ހުރި ކަންކަން ތަންފީޒުކުރާނީ ހަމައެކަނި އެމްޑީޕީ މެމްބަރުންނަށް ނޫން ކަމަށާއި އެ ގާނޫނުގެ ބާރު ހުރިހާ ރައްޔިތުންނަށް ހިނގާނެ ކަމަށެވެ.

އޭނާ ވިދާޅުވި އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި އޭގެ ރޫހާ ވެސް ހިލާފު ބިލެކެވެ. އަދި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލަން ކޮށްފައި އޮތް ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ސަރުކާރުގެ ނޭއްގާނީ ކަންތައްތަކާ ގުޅިގެން ސިޔާސީ މީހުން ދައްކާ ވާހަކަތަކާއި މީޑިއާއަށް ހުރި ގޮންޖެހުންތައް، މި ބިލުގެ ސަބަބުން އިންތިހާ އަށް ބޮޑުވާނެ ކަމަށެވެ.

“މިހާރު އޮތް ގޮތަށް ބިލް ފާސްވެއްޖެ ނަމަ އެއީ މީޑިއާގެ މިނިވަންކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،” ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލުގެ ސަބަބުން ރައްޔިތުންނަށް މިނިވަންކަމާ އެކު ބަހެއް ބުނެވޭނެ ޖާގައެއް ނެތެވެ. އެކަމަކު ބިލު ފާސްވިޔަސް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“އެމްޑީޕީ މެމްބަރުން ސަރުކާރު ޖަވާބުދާރީކުރުމާއި ނޭއްގާނީ ކަންކަމުގެ ވާހަކަ ނުދައްކާ އެކަން ކަމުގައި ފަހަތަށް ޖެހޭނެ ގޮތެއް ނުހެދޭނެ. އެކަމަކު އޭގެ ނަތީޖާއަކަށް ވެގެންދާނީ އެންމެންގެ މައްޗަށް ދައުވާތައް އުފުލުން،” ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ބަދަލުގެނެސްގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށާއި “އެއްގޮތް ނެތިއްޔާ އަނެއް ގޮތް” އޮންނާނެ ކަމަށެވެ. އަދި ބިލުމުގެ ސަބަބުން ގެއްލުން ލިބޭނީ އެމްޑީޕީ އަށް އެކަންޏެއް ނުންކަމަށާއި، ނޫސްވެރިންނަށާއި ޕީޕީއެމް މެމްބަރުންނަށް ވެސް އެ ގެއްލުން ލިބޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި މި ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފި ނަމަ ބައި ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި މި ފައިސާ ނުދައްކައިފި ނަމަ އެއް އަހަރަށް ޖަލަށް ލެވޭނެ އެވެ.

ބްރިޖްގެ ތަނބުތަކުގެ ފައުންޑޭޝަން މަސައްކަތްތަކުގެ ތައްޔާރީތައް ފަށައިފި

housing minoistry

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ތަނބުތަކުގެ ފައުންޑޭޝަން މަސައްކަތްތަކުގެ ތައްޔާރީތައް ފަށައިފި އެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވީ ފައުންޑޭޝަން މަސައްކަތް ފެށުމަށް މިހާރު ކުރިއަށް ގެންދަނީ ޕްލެޓް ފޯމުތަކެއް ތައްޔާރުކުރުމުގެ ކަންތައް ކަމަށެވެ. ބްރިޖުގެ މަސައްކަތަށް ފަސް ޕްލެޓް ފޯމު ހަދާއިރު، ކޮންމެ ޕްލެޓް ފޯމެއްގައި ތިން މީޓަރު ފުޅާ ހޮޅިތައް ކަނޑު އަޑިއަށް ޖަހާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބްރިޖްގެ ތަނބުތައް ޖެހުމާއި އެހެން މަސައްކަތްތައް ކުރިއަށް ގެންދާނީ އެ ޕްލެޓްފޯމުތައް މަތީގަ އެވެ.ކަނޑުގެ އަޑިން ބިންގަނޑު އަޑި އަށް 70 މީޓަރު ނުވަަތަ 230 ފޫޓު ފައުންޑޭޝަންގެ ފުން މިނުގައި ހުންނާނެ ކަމަށް ބްރިޖް އަޅާ ސީސީސީސީން އާއްމުކުރި މައުލޫމާތުތަކުގައި ވަނީ ބުނެފަ އެވެ.

CF3FUXJVAAAaujn
ކުރިން ވެސް ޝެޑިއުލްކޮށްފައި އޮތީ ބްރިޖްގެ ފައުންޑޭޝަން މަސައްކަތްތައް މި މަހު ކުރިއަށް ގެންދިއުމަށެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ލޮނުޒިރަތްކޮޅަށް މިހާރު ވަނީ ގިނަ އަދަދެއްގެ ސާމާނު އެއްކޮށްފަ އެވެ.ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ބްރިޖްގެ މައިގަނޑު ބޮޑީ ނުވަތަ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ފަށާނީ 2017 ގެ ކުރީކޮޅެވެ.
ޖުމްލަ 210 މިލިއަން ޑޮލަރުގެ މަޝްރޫއު އަށް ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 126 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި އިތުރު އެހީތައް ދޭން ވަނީ ނިންމައިފަ އެވެ.

އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް އަސަދުﷲ

haftha news

ރާއްޖޭގައި ދޭ ކުޅިވަރުގެ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑްސް ކަމަށްވާ “ހަވީރު ސްޕޯޓްސް އެވޯޑްސް” އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް އަސަދުﷲ އަބްދުﷲ ހޮވިއްޖެއެވެ.

މިއީ ހަވީރު ސްޕޯޓްސް އެވޯޑްގެ ތާރީހުގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ކުޅުންތެރިޔަކު ދިފާއުކުރި ފުރަތަމަ ފަހަރެވެ. ދެ ވަނަ އަށް ދިޔައީ އަސްހަދު އަލީ (އަޑުބަރޭ). ތިން ވަނަ ލިބުނީ އަހުމަދު ނާޝިދު (ނާއްޓޭ).

އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާޝިދު (ނާއްޓޭ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަސްހަދު އަލީ (އަޑުބަރޭ) އާއި ޝާފިއު އަހުމަދު އަދި މެލޭޝިއާގެ ޕީޑީއާރްއެމްގެ އަލީ އަޝްފާގް (ދަގަނޑޭ)އެވެ.އެންމެ އުއްމިދީ ފުޓްބޯޅަ ކުޅުންތެރިޔަކީ ނިއު ރޭޑިއަންޓްގެ ހަމްޕުއެވެ.

asadhullah1

ހަވީރުގެ ރަން ބޫޓު މިފަހަރު ވެސް އަސަދުﷲ އަށްލިބިފައިވަނީ 15 ލަނޑު ޖަހައިގެންނެވެ. މިދިޔަ އަހަރު އޭނާ ރަން ބޫޓު ހޯދީ 30 ލަނޑު ޖަހައިގެންވެ.

ރާއްޖޭގައި ދޭ ކުޅިވަރުގެ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑްސް ކަމަށްވާ “ހަވީރު ސްޕޯޓްސް އެވޯޑްސް” ހަފުލާ މިފަހަރު ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޖަލަށްލާން ކުރި ހުކުމް އަންގާރަ ދުވަހު ހައިކޯޓުން ނިންމަނީ

naazim d

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ހައި ކޯޓުން އިއްޔެ ހަމަޖައްސައިފި އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މބުރާސްފަތި ދުވަހު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޮތީ ނިންމާލާފައި ކަމަށްވިޔަސް އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ހަ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށެވެ. އެ ހެކިންނަކީ ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ދިޔަ ސްވޮޓް ޓީމުގެ ފުލުހުންނެވެ. އެ މީހުންނާ ސުވާލުކުރީ އެގެއަށް ވަނުމުގައި އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުންނެވެ. ހެކިބަސް ނަގައި ނިމުމުން ފަހު ބަސް ބުނަން ދިން ފުރުސަތުގައި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ބައެއް ހެކިވެރިން ދޮގު ހެކިބަސް ދީފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށާއި އެހެންވެ މައްސަލަ ނިންމުމުގައި އެކަމަށް ރަނގަޅަށް ބެލުން މުހިންމު ކަމަށެވެ. އަދި ސްވޮޓް ޓީމު އެ ގެއަށް ވަނުމަށް ފަހު، ނާޒިމާއި އޭނާގެ އާއިލާގެ މެމްބަރުން ކޮޓަރިތަކުން ނެރެ، ސިޓިންރޫމުގައި ބޭތިއްބުމަށް ފަހު ކޮޓަރިތަކުގައި ފުލުހުން އެކަނި ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށާއި އެހެންވެ އެއިން ފުލުހަކަށް އެތަނުގައި އެ ހަތިޔާރުތައް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ. މީގެ އިތުރުން ނާޒިމްގެ ހާޒިރުގައި ކޮޓަރި ފާސް ނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ސުއޫދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ނާޒިމްގެ ކޮޓަރިއަށް ސްވޮޓް ފުލުހުން ނުވަންނަކަން ހެކިބަހުން އެނގޭ ކަމަށާއި އަދި އެތަނުގައި އެއްވެސް ހަތިޔާރެއް ފުލުހަކު ބޭއްވިކަން ހެކިބަހުން އެނގެން ނެތް ކަމަށެވެ.މިއަދު ހެކިބަސް ދިން ހަ ފުލުހުންގެ ތެރެއިން ފަސް ފުލުހަކު ބުނި ގޮތުގައި ނާޒިމްގެ ކޮޓަރިއަށް ސްވޮޓް ޓީމުގެ އެއްވެސް ފުލުހަކު ވަތް ތަން ނުފެންނަ ކަމަށެވެ. އެކަމަކު ބާކީ ހުރި ފުލުސް މީހާ ބުނި ގޮތުގައި އޭނާގެ އިތުރުން ސްވޮޓް ޓީމުގެ އިތުރު ދެ ތިން ފުލުހަކު ވަނީ ނާޒިމްގެ ކޮޓަރިއަށް ވަދެފަ އެވެ. އެ މީހުން އެ ކޮޓަރިއަށް ވަނީ ނާޒިމާއި އޭނާގެ އަނބިކަނބަލުން ކޮޓަރިން ނެރުމަށްޓަކައި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެގެ ފާސްކުރަން ދިޔަ ސްވޮޓް ޓީމުގެ އެންމެ އިސްކޮށް ހުރި ފުލުސް މީހާ ބުނި ގޮތުގައި އެގެ ފާސް ކުރަން ދިއުމުގެ ކުރިން، އެރޭގެ ވަގުތެއްގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ އޭނާ އާއި ސްވޮޓް ޓީމުގެ އެންމެ އިސް ކޮމާންޑަރާ ބައްދަލުކުރައްވައިފަ އެވެ. ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ހޯދަން އޮޕަރޭޝަނެއް ހިންގަންޖެހޭ ވާހަކަ އާއި އެކަމުގައި ސަމާލުވުމަށް ސީޕީ ހުސައިން އޭރު އިލްތިމާސް ކުރެއްވި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.އެ ފުލުސް މީހާ ބުނިގޮތުގައި ފާސްކުރަންޖެހޭނީ ގެއެއްގެ ނުވަ ވަނަ ފްލޯ ނުވަތަ އަށް ވަނަ ފްލޯ ކަމަށް ސީޕީ ހުސައިން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަމަކު ނާޒިމް ދިރިއުޅުއްވި ގ. އެނިފް ގޭގެ އެންމެ ފުރަތަމަ ވެސް ފާސްކުރީ ނާޒިމް ދިރިއުޅުއްވާ އަށް ވަނަ ފްލޯ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެންމެ ފުރަތަމަ ވެސް އެގޭގެ އަށްވަނަ ފްލޯ ފާސްކުރީ ކީއްވެގެންތޯ ސުއޫދު ސުވާލު ދެންނެވުމުން އެ ފުލުސް މީހާ ބުނީ “ތީގައި ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ” ކަމަށެވެ. ނާޒިމްގެ ވަކީލުން ބުނަނީ، އެ ހަތިޔާރުތަކަކީ ބަޔަކު އެތަނުގައި ބެހެއްޓި އެއްޗެއް ކަމަށާއި އެއާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ ނާޒިމްގެ އެއްޗެއް ކަމަށާއި އެކަމަށް ބާރު ލިބޭ ފަދަ ހެކިތައް އެބަހުރި ކަމަށެވެ.

އެ ހަތިޔާރުތައް ފެނުނުތާ ދެވަނަ އަށް ވީ ދުވަހު ނާޒިމް އޭރު އަދާކުރަމުން ގެންދެވި ޑިފެންސް މިނިސްޓަރުކަމުން ވަނީ ވަކިކޮށްފަ އެވެ.