ރާއްޖޭގެ ސިޔާސީ މައިދާނުގައި މިރޭ ޓެކްޓޯނިކް ޕްލޭޓް ތަކެއް ގޮވާނެކަމަށް އުމަރު ވިދާޅުވެއްޖެ

13563665_10210113110603693_2034978535_n

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިރޭ ޓެކްޓޯނިކް ޕްލޭޓް ތަކެއް ގޮވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

“ހަފްތާ” ލޯންޗް ކުރުމަށް މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ބިމުގެ އަޑީގައި ހުންނަ ފަށަލަތައް ނުވަތަ ޓެކްޓޯނިކް ޕްލޭޓްސްތައް ބައެއް ފަހަރަށް އެކަކި އަނެކައްޗާއި ޖެހި ފަޅައިގެން ދާކަމަށާއި، މިހަފްތާއަކީ ރާއްޖޭގެ ސިޔާސީ މައުދާނުގައި އެފަދަ  ދުވަސްކޮޅެއްކަމަށެވެ.

އަދި މިރޭ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑު ގޮވުންތަކެއް ގޮވާނެކަމަށް އުމަރު ވިދާޅުވިއެވެ.

މިވެރިކަން ކަޑަތަ؟ މައުމޫނު ހެޕީތަ!

Maumoon n Yameen

2013 ވަނައަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމާއި ހަވާލުވީ ގަޓުހުރި ވެރިކަމެއްގެ ވައުދާއެކު އެކަށަވަރުކަން ރައްޔިތުންނަށް ދެމުންނެވެ. މި ވެރިކަމުގައި ރައީސް ޔާމީން ރުކުލަވާލި ސަފުތަކާއި އެމަނިކުފާނުގެ ކުރިމަތިންނާއި ފުރަގަހުން އަދި އަރިއަރިމަތިން އެކިނިޔަތުގައި ތިއްބެވި ބޭފުޅުންވެސް ރައްޔިތުންނަށް ކަށަވަރުކޮށްދެމުންދިޔައީ ރައީސް ޔާމީންއަކީ ގަޓު ހުރި ސަހްސިއްޔަތެއް ކަމެވެ. ބައެއް މީހުންގެ ނަޒަރުގައި ރިޔާސީ ރޭހުގައި ރައީސް ޔާމީނަށް ލިބުނު ކާމިޔާބީ އަކީ މިހުރިހާ ކަންކަމަކަށްވުރެ ބޮޑަށް ބޭބޭ ފުޅު މައުމޫނުގެ މަޤްބޫލުކަމާއި ތާއީދާ މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ހެދުނު ގަސްތަކުގެ މޫތައް ދެމިފައިވާ މިންވަރުގެ ބޮޑުކަމުން ލިބުނު ކާމިޔާބީއެކެވެ. ނަމަވެސް މިކަމާ ދެކޮޅު ހައްދަވާ ބޭފުޅުންވެސް މަދެއްނޫނެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ދެބައި ވެފައިވާއިރު މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލަކީ މި ވެރިކަން ކަޑަވީތޯ މައުމޫނު ހެޕީނޫނީތޯ ފަދަ ސުވާލު ތަކެވެ. މި ސުވާލުތައް އުފެދޭ އެންމެ ބޮޑު ސަބަބަކީ މިދެބޭފުޅުންގެ މެދުގައި ދޭތެރެއަކުން އުފެދި އުތުރިއަރަމުން މީޑިއާއާ ހަމައަށް ތިލަވާ ނުތަނަވަސް ކަމެވެ.

މައުމޫނަށް މިވެރިކަން ހަމަ ހަގީގަތުގައިވެސް ކަޑަވީތޯ؟ އެއީ ކީއްވެތޯ މިހުރީ ހައްތާވެސް ސުވާލު އުފެދޭ ކަންކަމެވެ. މިވެރިކަން ކަޑަނޫން ކަމަށް ވިދާޅުވާ މީހުން އެހެން ވިދާޅުވުމުގައި އެބޭބޭފުޅުން ދައްކަވަނީ އަމިއްލަ މިންގަނޑަކުން މިންކޮށް އިޤްތިޞާދު ރަގަޅު ކަމަށް ބުނެ ދައްކާ ހުއްޖަތްތަކާއި ޕާކްތަކާއި ބަނދަރުތަކާއި މަގުތައް ހެދުމަށް ހިންގި މަޝްރޫޢުތަކާއި ބްރިޖް އެޅުމާއި އެއާޕޯޓަށް ތަރައްޤީ ގެނައުމަށް ފަށާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަތަކެވެ. އެތެރެއާ ބޭރުން ދިމާވި ކޮންމެ ގޮންޖެހުމެއް ގިރާކޮށް ޔާމީން ސާބިތުކަމާއެކު ފިޔަވަޅުތައް ކުރިއަށް އަޅުއްވަމުން ގެންދަވާކަމުގެ ހެކިތަކެވެ.

މިވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ބޭފުޅުން ފާހަގަ ކުރަނީ އިޤްތިޞާދު ރަގަޅު ކުރުމަށް ކުރައްވަން ވިދާޅުވި ގިނަ ކަންކަމުން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭ ކަމަށް ބުނާބުނުމާއި ގިނަ މަޝްރޫއުތަކެއް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގޮސް ހުއްޓިފަ ހުރުމާއި ދައުރުގެ މިހިސާބަށް އައިއިރު ސަރުކާރަށް އެރި ލޮޅުންތަކާއި ސަރުކާރުގެ ތެރެއިން ހިލުނު ކޮރަޕްޝަނުގެ ބޮޑެތި މައްސަލަ ތަކެވެ. އަސާސީ ހިދްމަތްތައް ކަމަށްވާ ސިއްހަތާއި ތައުލީމީ ދާއިރާފަދަ ދާއިރާތަކުން ފެނުނު ހިންގުމުގެ ލޮނުމަޑުކަމާއި އެދާއިރާތަކުން ރަށްފުށަށް ފެތުރުނު ތަންދޮރު ނުދަންނަ މީހުންނަށް ވަޒީފާ ބެހުމުގެ ވަބާއެވެ.

މިވެރިކަން ކަޑަތޯ ކުރެވޭ އާއްމު ބަހުސަށް ޖަވާބުދީ ވިސްނުމަށްވުރެ މިވަގުތު ރައްޔިތުންގެ ސަމާލުކަން ހުއްޓިފައިވަނީ މައުމޫން ހުންނެވީ ހެޕީކޮށްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް ރައީސް ޔާމީން އާއި މައުމޫންގެ ދެމެދުގައި އުފެދި އުތުރިއަރަމުން މިދާ ކަންކަމުން ކުރާނީ ކޮން އަސަރުތަކެއްތޯ ދެނެގަތުމަށެވެ. ޕީޕީއެމްގެ ވެރިކަން ޕީޕީއެމްގެ ރައީސް މައުމޫނާއި މައުމޫނަށް ތާއީދު ކުރާ ފަރާތްތަކަށް ކަޑަ ވެގެން މިއުޅެނީ ކީއްވެތޯ! ބައެއް ބޭފުޅުންގެ ނަޒަރުގައި މިވެރިކަމުގެ ދައުރު ދެބައިވެ އިންތިހާބެއްގެ މަލަމަތި ފެންނަން ފެށުމުން މައުމޫނުގެ ހިތް ނިޔަތް ހަރާބުވީ އެވެ.

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާންކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އެދިވަޑައިގަތުމުން މައުމޫނު ހުންނެވީ ހެޕީކޮށް ނޫންކަން ހާމަވެއެވެ. މައުމޫނުގެ މިނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މިކަމުގައި މައުމޫނު ހިޔާރުކުރެއްވީ ގައުމީ މަސްލަހަތާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ. ޕީޕީއެމްގެ ވެރިކަމެއްވިޔަސް ކަޑަ ކަމެއްވިއްޔާ މައުމޫނަށްވެސް ވާނީ ކަޑަކަމަކަށް ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

އެހެންނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ މިސަރުކާރު ބައެއްކަންކަން ކަޑަކަމަށް ދެކި މައުމޫނު ހެޕީ ނޫންކަން މީޑިއާ ހަމައަށް ތިލަކުރިނަމަވެސް ކޮއްކޯފުޅު ރައީސް ޔާމީންގެ ސަރުކާރުން ދީލާލާނެތޯ އެވެ. މިސުވާލަށް ލިބެން އޮތް އެންމެ ލުއި ޖަވާބަކީ ރައީސް ޔާމީންއަކީ ގަޓު ރައީސެއްކަމަށް ބުނާބުނުމެވެ. ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ގިރާކުރައްވާނެ ކަމަށް ބުނާބުނުމެވެ. މައުމޫނު ހެޕީތޯ ނުވަތަ ނޫންތޯ ނުބައްލަވާނެކަމަށް ބުނާބުނުމެވެ.

ހަފްތާ އޮންލައިން ރަސްމީކޮށް އިފްތިތާޙް ކޮށްފި

115555_3_2f26c4cde7461fe3f8a607fde107dd126c09ce4f_medium

ހަފްތާ އޮންލައިން ދާދި ދެންމެއަކު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެއެވެ. ސަލްސާ ރޯޔަލްގައި ކުރިއަށް ދާ ރަސްމިއްޔާތުގައި ހަފްތާ އޮންލައިން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ކުރީގެ ހޯމް މިނިސްޓާރ އުމަރު ނަސީރު އެވެ.

ޚަބަރު ފަތުރާ ނޫހެއްގެ ގޮތުގައި ހަފްތާ އެންމެ ފުރަތަމަ އުފެދުނީ 1970 ގައެވެ. އޭރު ހަފްތާގެ އެޑިޓަރަކީ އަހުމަދު ޒާހިރު (ސީނާ ޒާހިރު) އެވެ. ހަފްތާ ޓީމްގެ އަމާޒަކީ ވަކި އަތަކަށް ބުރަވުމެއްނެތި ހަބަރާއި މައުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށް ދިނުމެވެ.

ޕާޓީގެ ހިންގުން ހުއްޓުވާލުމަކީ ކޮންކަހަލަ ޑިމޮކްރަސީއެއްކަން ނޭގެ – އަބްދުއްރަހީމް

l_544945

ޕާޓީގެ ހިންގުން ހުއްޓުވާލުމަށް މަސައްކަތް ކުރުމަކީ ކޮންކަހަލަ ޑިމޮކްރަސީއެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބްރައީސް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރުން މިއަދު ރައީސް އަބްދުﷲ ޔާމީނާއި އެކު ބޭއްވި ބައްދަލްވުމަށްފަހު ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް ވިދާޅުވީ، އަމިއްލައަށް ޕާޓީގެ ބާރުތައް ނަންގަވައިގެން ޕީޕީއެމް ހައިޖެކް ކޮށްގެން އުޅުމުގެ ފުރުސަތު ކުރީގެ ރައީސް މައުމޫން އަށް ނަމަވެސް ނުދެއްވާނެ ކަމަށާއި، ޕާޓީގެ ހުރިހާ ބާރުތަކެއް އަތުލައި، ޕާޓީގެ ހިންގުން ހުއްޓުވާލުމަށް މަސައްކަތް ކުރުމަކީ ކޮންކަހަލަ ޑިމޮކްރަސީއެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީޕީއެމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތަށް ހިންގާ  ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، ޕާޓީ އުފެއްދީ ޑީމޮކްރެސީ ކުރިއަރުވަން ކަމުން އެންމެ މީހަކަށް ޕާޓީ ހައިޖެކް ކުރެވިދާނެ ކަމަކަށް ގަބޫލު ނުކުރާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ، ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވާލާފައި ބާއްވަން ޖާގައެއް ނުދެއްވާނެ ކަމަށާއި ޕާޓީއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
” ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު އަށް އެންގުމަކާނުލާ ކައުންސިލް ބައްދަލުވުމެއް ބާއްވާފައި ނުވާނެ. ޕާޓީ ހިންގީ ރަނގަޅަށް ކަމަށް އެޕާޓީގެ އެތައް ޖަލްސާއެއްގައި ރައީސް މައުމޫން ވިދާޅުވެފައިވޭ.  ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ބާރުތަކަކީ ބޭނުންވީމަ ބޭނުންހާ ގޮތަކަށް ބޭނުންކުރަން ދޫކޮށްފައި ހުންނަ ބާރުތަކެއް ނޫން” އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުމޫނު ޕީޕީއެމުން ވަކިކުރަނީ

maumoon-abdul-gayoom-1

ރައީސް މައުމޫނާއި ރައީސް ޔާމީންގެ ކޯޅުން ތަކުގެ ސަބަބުން ޕީޕީއެމް ބައިބައި ވަމުންދާއިރު މިއަދު ޕީޕީއެމްގެ ކައުންސިލް ބެންބަރުންތަކެއް ރައީސް ޔާމީން އާއި ބައްދަލް ކުރުމަށްފަހު މައުމޫނު ޕާޓީން ވަކި ކުރަން ނިންމައިފިއެވެ.

“ހަފްތާ’ އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނާއި އެކު ޕީޕީއެމްގެ ކައުންސިލް ބައެއް މެންބަރުން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލް ވުމުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނުނަށް ބަދަލު ގެނެސްގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރުމަށް ނިންމާފައެވެ.

އެގޮތުން “ހަފްތާ” އަށް އެނގިފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން އުޅޭ އިސްލާހަކީ އުމުރުން ފަސްދޮޅަސް ފަސް އަހަރު ވުމުން ޕާޓީއެއްގެ ރައީސް ކަމުގެ މަގާމު ނުފުރެއްވޭ ގޮތަށް ހެދުމެވެ.

މިގޮތަށް މަޖްލީހުން ފާސްވެއްޖެނަމަ ރައީސް މައުމޫންގެ މަގާމު ގެއްލިގެން ދާނެވެއެވެ.

މިއަދު ރައީސް ޔާމީންއާއި އެކު ބޭއްބި ބައްދަލްވުމުގައި ބައިވެރިވެފައިވާ ބައެއް މެންބަރުންގެ ތެރޭގައި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކާއި، ފުނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމާއި، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ މަސީހު ހިމެނެއެވެ.

ކަޅުފޮށިން ކަށަވަރުވެފައިވަނީ ދުންތަކެއް ފެނުނުކަން-އޮފިޝަލުން

 

A flight recorder retrieved from the crashed EgyptAir flight MS804 is seen in this undated picture issued June 17, 2016.  EGYPTIAN AVIATION MINISTRY via REUTERS
A flight recorder retrieved from the crashed EgyptAir flight MS804 is seen in this undated picture issued June 17, 2016. EGYPTIAN AVIATION MINISTRY via REUTERS

މިދިޔަ މޭ މަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު އިޖިޕްޓްއެއާގެ ފްލައިޓް އެމްއެސް804 ވެއްޓުމުގެ ކުރިން ފްލައިޓުން ދުން އަރާފައިވާކަން އޭގެ ކަޅު ފޮށީގައި ރިކޯޑުވެފައިވާ މައުލޫމާތުން ކަށަވަރުވެއްޖެ އެވެ.

މީގެ ކުރިން މިސްރުގެ އޮފިޝަލުން ވަނީ ބޯޓު ވެއްޓުވުމުގެ ކުރިން، ބޯޓުގެ ފާހާނައިންނާއި އޭވިއޯނިކްސް އޭރިއާ އިން ދުން އެރި ކަމުގެ އޮޓޮމެޓިކް ސިގްނަލް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި ބޯޓުގެ ކަޅުފޮށިން މިހާރު އެކަން ކަށަވަރުކޮށްދޭ ކަމަށް ހާދިސާ ތަހުގީގު ކުރަމުންދާ މިސްރުގެ ކޮމިޓީންވަނީ ބުނެފައެވެ.

މީގެ އިތުރުން، ފްލައިޓުގެ ކުރީކޮޅުން ފެނިފައިވާ ބައިތަކުން ބޯޓުގައި މާބޮޑަށް ހޫނުގަދަވެފައިވާކަން ހާމަވާކަމަށްވެސް އޮފިޝަލުން ހާމަކުރެއެވެ. .

ބޯޓުގެ ވޮއިސް އަދި ފްލައިޓް ޑޭޓާ ރިކޯޑަރުތައް ކަމަށްވާ ކަޅުފޮށިތައް ހޯދާފައި ވަނީ މެޑިޓެރޭނިއަންގެ 3000 މީޓަރު އަޑިންނެވެ. ފުރަތަމަ ކަޅު ފޮށި މަރާމާތުކޮށް ނިމިފައިވާއިރު ދެވަނަ ކަޅު ފޮށި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މެއި މަހުގެ 19 ވަނަ ދުވަހު، އެއަރ ބަސް މަރުކާ އޭ320 ގެ މި ބޯޓު ޕެރިހުން ކެއިރޯއަށް ދަތުރުކުރަމުން ދިޔައިރު، ބޯޓަށް ދިމާވި ހާދިސާގައި ބޯތުގައި ދަތުރުކުރަމުންދިޔަ 66 މީހުންވަނި މަރުވެފައެވެ.

މީގެއިތުރުންވެސް ބޯޓު ވެއްޓުމުގެ ކުރިން އެތަށްފަހަރެއްގެ މަތިން ދުމުގެ އިންޒާރުތައް ދީފައިވާކަން ވެސް މައްސަލަ ތަހްގީގްކުރަމުންދާ އޮފިޝަލުން ހާމަކުރައްވައެވެ.

މި ހާދިސާގެ ތަހްގީގް ފުރިހަމަވުމަށްޓަކައި، ދެވަނަ ކަޅުފޮށި މުހިންމު ދައުރެއް އަދާކުރާއިރު، މި ކަޅުފޮށްޓަށް ލިބިފައިވާ ގެއްލުންތައް ހައްލުކުރުމަށްޓަކައި މިހާރުވެސް ފްރާންސްގެ ލެބޯޓަރީގައި ދަނީ މަސައްކަތްކުރެވެމުންނެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް ރައީސް އާއި ބައްދަލު ކުރުން

IMG_20160524_110112

ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެންބަރުން ރައީސް ޔާމީނާއި ބައްދަލު ކުރައްވާ ކަމުގެ މައުލޫމާތު ލިއްޖެއެވެ.

ޕީޕީއެމްގައި މިހާރު އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ޔާމީން އާއި ޕީޕީއެމްގެ ކައުންސިލްގެ މެންބަރުން ބައްދަލު ކުރައްވަމުން ގެންދަވާއިރު އެޕާޓީގެ އެތެރޭގެ ތަޅާފޮޅުން މިހާރު ވަނީ ވަރައް ބޮޑުވެފައެވެ.

ޕީޕިއެމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކަކާއި ޕީޖީ ގްރޫޕްގެ ތެރެއިން ކައުންސިލްގައި ތިއްބަވާ މެންބަރުންނާއި ކައުންސިލްގެ އެހެން ވެސް މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ރައީސް ޔާމީނާއި ހިޔާލު ތަފާތުވެފައިވާއިރު ރައީސް މައުމޫން ވަނީ އެޕާޓީގެ ބައްދަލްވުންތަށް އެމަނިކުފަނަށް ނޭގި ނުބޭއްވުމަށް އަންގާފައެވެ. އަދި އެ ޕާޓީގެ ނައިބްރައީސް އަބްދުއް ރަހީމްގެ ބާރުތައްވެސް މައުމޫން ވަނީ އަތުލައްވާފައެވެ.

 

އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ފެށުން

big_I9MviPA5UTn0y8L

މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ސަރުކާރުން ތަރައްގީކުރާ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ފެށުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިޒް ވިދާޅުވީ، 24 ގަޑިއިރު މެދުނުކެނޑި އެތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އަންނަ އާދިއްތަ ދުވަހަށް އެ ސަރަހައްދު ހިއްކާ ނިންމާނެ ކަމަށެވެ. ސިނާއީ އަވަށް ހިއްކަން ވެލިނަގަން ހަމަޖެހިފައިވަނީ އުތުރުތިލަފަޅު ކައިރި ދިމާ ކަނޑުން ގާތްގަނޑަކަށް 45 މީޓަރު އަޑިން ކަމަށާއި، ބޭރުތޮށީގެ މަސައްކަތާއި ނެރުގެ މަސައްކަތްވެސް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިޒް ވިދާލުވީ، ހައެއް ޕޮއިންޓް ނުވައެއް ހެކްޓަރުގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެތަނުގެ މަގުހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަމާޒަކީ ޖުލައި މަހުގެ 26 ވަނަ ދުވަހަށް އެތަނުގެ މައިގަނޑު މަސައްކަތް ނިންމާލުން ކަމަށެވެ.

އޮރެންޖް ކޭކް

orange cake

ބޭނުންވާ ތަކެތި

1 ޕެކެޓް ވެނީލާ ކޭކް މިކްސް

1 ޖޯޑު ފެން (ފިނި)

4 ބިސް

½  ޖޯޑު ބަޓާރ

¾ ހަކުރު

¾ އޮރެންޖް ޖޫސް

½ ޖޯޑު ތެޔޮ

 

ތައްޔާރުކުރާނެ ގޮތް

ބޯލް އަކަށް ކޭކް މިކްސް، ފިނި ފެން، ތެޔޮ އަދި ބިސް އެޅުމަށްފަހު ގިރާލާށެވެ. ކަރަންޓް މެޝިންއަކުންނަމަ މެދުމިނުގައި 2މިނިޓް ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު 350ޑިގްރީގައި އަވަން ބެހެއްޓުމަށްފަހު އެއްކޮށްލި ކޭކްމިކްސް ކޮޅު ޕޭންގައި ފިހެލާށެވެ. ދެން ބަޓާރ، ހަކުރު އަދި އޮރެންޖު ޖޫސްފޮދު ތެއްޔަކަށް އެޅުމަށްފަހު 2މިނިޓްވަންދެން ކައްކާލާށެވެ. ކޭކް ފިހެވުމުން ހޫނުކޮށްހުއްޓައި އުލަކުން ކޭކުގައި ލޯވަޅުއެޅުމަށްފަހު ކެއްކި އޮރެންޖު ޖޫސްފޮދު ކޭކު މައްޗައްއަޅާލާށެވެ. އޮރެންޖު ޖޫސްފޮދުން ކޭކު ފޯވުމުން ފިނިކޮށްލުމަށްފަހު ސާވްކުރާށެވެ. ބޭނުމިއްޔާ ކޭކުގެ މައްޗައް އައިސިންގ ޝުގާރ ބުރުވާލެވިދާނެއެވެ.

އޭސީސީ ޤާނޫނަށް އިސްލާހު ގެނައުން

1-570x340-1

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް އެޓަރނީ ޖެނެރަލް އޮފީސް (އޭޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ ޤާނޫނަށް ހުށަހެޅި 68 އިޞްލާޙުގެ ތެރޭގައި، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގައި، ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި، ކޮމިޝަނަށް ޤާނޫނީގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ އިޞްލާޙުތައް އެޓާނީ ޖެނަރަލް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އަދި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ކޮމިޝަންގެ އިޚްތިޞާޞްއާ ގުޅުންހުރި މުހިއްމު އިޞްލާޙުތަކެއް ގެނައުމަށް ހުށަހަޅާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤުކުރުމާއި، ތަޙުޤީޤު މަރުހަލާގެ ތެރޭގައި ކަންކަން ހުއްޓުވުމާ ބެހޭ ކަންކަމާއި، ކޮރަޕްޝަންގެ ކުށްތަކުގެ ތެރެއިން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމާއި، ދައުލަތުގެ މުވައްޒަފުން މުދަލާއި ފައިސާ ހޯދާގޮތް ބެލުމުގެ އިތުރުން ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމަށްޓަކައި ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާ ގުޅޭ މުހިންމު އިޞްލާޙުތަކެއް ހިމަނާފައިވާނެކަމަށެވެ.