ގ. ކެނެރީގެއަށް ފުލުހުން ވަދެ ބަލާފާސްކޮށްފި

big_fUJQIDSW2TC2kBf

ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ގެ، ގ. ކެނެރީގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ ބަލާފާސްކޮށްފައިވާ އިރު، އެ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައި ބުނެފައިވަނީ ބަލާ ފާސްކުރަން ބޭނުންވާ ސަބަބަކީ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރާވާ، ސަރުކާރު ވައްޓާލުމަށް މީހުންގެ އެހީތެރިކަން ހޯދާކަން ދައުލަތުގެ މުއައްސަސާތަކުގައްޔާއި ޢާންމު ރައްޔިތުންނާއި މެދު ފިތުނަ ފަސާދަ އުފައްދާ، މާލެ ތެރޭގެ ޢާންމު މަސްލަހަތު ނަގާލައި، މާލެތެރޭގައި ހަމަނުޖެހުން ހިންގުމަށް ގ. ކެނެރީގޭގައި ރާވަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅުންހުރި ހެއްކާއި ޤަރީނާ ހޯދުމަށް ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެންބަރު މެމްބަރު އީވާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާލުވެފައިވަނީ ކެނެރީގެ ބަލާ ފާސްކޮށް އެއްވެސް އެއްޗެއް ނުފެނުނު ކަމަށާއި އެކަން ލިޔުމަކުން ފަހުން އަންގާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އަލްނޫރު އަދި ޑެވޮންޑޭލް ހިކި ކިރު ގެ އަގުހެޔޮކޮށްފި

Devendale aguheyo kirun 31.08.2016

އެސްޓީއޯ އިން ބާޒާރަށް ނެރެ ވިއްކަމުންދާ އަލްނޫރު ހިކި ކިރު ޕެކެޓްގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ކުރިން 85ރ. އަށް ވިއްކަމުން އައި 800 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 80ރ. އަށް ހެޔޮކޮށްފަ އެވެ.

އަދި 185ރ. އަށް ވިއްކަމުން އައި 1800 ގްރާމްގެ ޕެކެޓެއްގެ އަގު ވަނީ 180ރ. އަށް ހެޔޮކޮށްފައެވެ. މީގެ އިތުރުން 228ރ. އަށް ވިއްކަމުން އައި 2250 ގްރާމްގެ ޕެކެޓެއްގެ އަގު 220ރ. އަށް ހެޔޮކޮށްފައިވާ އިރު، ޑެވޮންޑޭލް ހިކިކިރު 105ރ. އަށް ވިއްކަމުން އައި 1ކިލޯ ޕެކެޓެއްގެ އަގު ވަނީ 100ރ. އަށް ހެޔޮކޮށްފައެވެ.

އެސްޓީއޯ އިން ބުނީ މާލޭގައި ހުންނަ އެސްޓީއޯ ސުޕަރމާޓް ފިހާރައިން ރީޓެއިލްކޮށް މިބާވަތްތައް ލިބެންހުންނަ އިރު، އަލަށް ހުޅުވި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް އަލްނޫރު އަދި ޑެވޮންޑޭލް ލިބެން ހުނާނެ ކަމަށެވެ.

އަދި އެސްޓީއޯ ގެ 13 ރީޖަނަލް ފިހާރައިންވެސް މި ދެ ބްރޭންޑް ގެ ހިކި ކިރު ހޯލްސޭލްކޮށް އަދި ރީޓެއިލް ކޮށް މާލެ އެކޭ އެއްއަގެއްގައި ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ސުލޫކީ މައްސަލަތަށް ބަލާ ފިޔަވަޅު އަލާނެ ކޮމެޓީއެއް އެކުލަވައިލައިފި

pg

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ  ސުލޫކީ މައްސަލަތަށް ބަލާ މެންބަރުންނާއި މެދު ފިޔަވަޅު އަލާނެ ފަސްމެންބަރުންގެ ކޮމެޓީއެއް މިއަދު އެކުލަވައިލައިފިއެވެ.

“ަހަފްތާ”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާލިމެންޓްރީގްރޫޕުން މިއަދު އެކުލަވާލި ފަސްމެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވިލުފުށީދާއިރާގެ މެންބަރ ރިޔާޒްރަޝީދާއި،ފޮނަދޫދާއިރާގެ މެންބަރ އަބްދުރަހީމް އަބްދުﷲ އާއި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމްދީދީ އާއި އިގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމްފަލާހުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ރިޒާއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ އެތެރޭގެ ސުލޫކީ މައްސަލަތަށްބަލާ ފިޔަވަޅުއަޅާނެ ވަކި ކޮމެޓީއެއް މިއަދު އެކުލަވާލާފައިވާއިރު ޕީޖީ ގުރޫޕްގެ އެތެރޭގައި ވަނީ ބޮޑެތިމައްސަލަތަކެއް އުފެދިފައެވެ.އެގޮތުން ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.

pg group

ސަރުކާރުން ހުށަހަޅާ ބިލްތަކަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ޕީޖީ ގްރޫޕުން އުސޫލެއް ކަނޑައަޅާފައި ވަނިކޮށް، ފަހަކަށް އައިސް ނެގި ވޯޓުތަކުގައި ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑިއަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.އެހެންކަމުން ވިޕްލައިނާ ޚިލާފްވެ ވަޑައިގަންނަވާ  މެންބަރުންނާއި މެދު ފިޔަވަޅުއަލާނެކަމަށް ޕީޖީ ގުރޫޕްގެ ލީޑަރ ވަނީ އަންގަވާފައެވެ.

 

ކުޑަކުދިން ބަބްލީ ސުޕާރީ ބޭނުން ކުރުމަކީ ސިއްހަތައް ނޭދެވޭ އަސަރުކުރުވާނެ ކަމެއް- އެމްއެފް ޑީއޭ

bubbly

ބަބްލީ ސުޕާރީގައި ދުންފަތް އެކުލެވޭ ކަމަށް ތަހްލީލްތަކުން ދައްކާތީ ހާއްސަކޮށް ކުޑަކުދިން ބަބްލީ ސުޕާރީ ބޭނުން ކުރުމަކީ ސިއްހަތައް ނޭދެވޭ އަސަރުކުރުވާނެ ކަމެއްކަމަށް ވާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ތަފާތު ބްރޭންޑްތަކުގެ ސްޕާރީގައި ދުންފަތުގެ އަސަރު އެކުލެވޭތޯ ބެލުމަށް އެއޮތޯރިޓީން  ތަހްލީލްތައް ކުރަމުންދާކަމަށާއި، އެގޮތުން މިހާތަނަށް ތަހްލީލް ކުރެވުނު ސްޕާރީތަކުގެ ތެރެއިން ބަބްލީ ބްރޭންޑްގެ ސްޕާރީގެ ނަތީޖާ ދައްކާގޮތުން އޭގައި ދުންފަތުގެ އަސަރު ކުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމާއި ގުޅިގެން ބަބްލީ ސްޕާރީގެ އިތުރު ބެޗްތަކުގެ ތަހްލީލްތައް ވެސް ކުރަމުންދާކަމުގައި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވަނީ އާންމުކޮށް ސްޕާރީ އަކީ ދުންފަތް އެކުލެވޭ އެއްޗެއް ގޮތައް މާކެޓް ކުރާ އެއްޗެއް ނޫން ކަމަށާއި އޭގެ ލޭބަލްގައި އެކަން ބަޔާންކޮށްފައި ނުވާކަމާއި އަދި މިއީ އެކި އުމުރުފުރާގެ މީހުން އާންމު ގޮތަކަށް ބޭނުން ކުރަމުންދާ ކަމަށެވެ.

ދުންފަތް އެކުލެވޭ ސްޕާރީއެއް ބޭނުން ކުރުމަކީ ދުންފަތް ބޭނުންކުރުމަށް އާދަވެ ދުންފަތުގެ އިސްތިއުމާލް ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

 

ވެލެންސިއާގެ ފޯވާޑް ޕަކޯ އަލެސެޔާ ބާސެލޯނާ އަށް

haftha paco

ފޮޓޯ- ބީބީސީ

ވެލެންސިއާގެ ފޯވާޑް ޕަކޯ އަލެސެޔާ  ބާސެލޯނާ އަށް ސޮއިކޮށްފިއެވެ.

މިދިޔަ ތިން ސީޒަނުގައި 30 ލަނޑު ޖަހާފައިވާ އުމުރުން 23 އަހަރުގެ އަލެސެޔާ އަކީ ސްޕެއިނުގެ އެންމެ އުއްމީދީ އެއް ފޯވާޑެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

އަލެސެޔާއަކީ އާ ސީޒަނަށް ބާސެލޯނާ އިން ގެނައި ހަ ވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން ގެނައި ކުޅުންތެރިންނަކީ ގޯލްކީޕަރު ޔެސްޕާ ސިލެސެން އާއި ޑިފެންޑަރު ލޫކަސް ޑީނޭ އާއި ސެމުއަލް އުމްޓީޓީ އާއި މިޑްފީލްޑަރު ޑެނިސް ސުއަރޭޒް އަދި އަންދްރޭ ގޯމޭޒް އެވެ.

munier

ބާސެލޯނާ އިން އާ ފޯވާޑެއް ގެނައިއިރު އެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތިން ފޯވާޑުން އެބަތިއްބެވެ. އެއީ ލިއޮނަލް މެސީ އާއި ނޭމާގެ އިތުރުން ލުއިސް ސުއަރޭޒެވެ.

ޕަކޯ އަލެސެޔާ  ބާސެލޯނާ އަށް ސޮއިކޮށްފައިވާއިރު ބާސެލޯނާގެ ފޯވާޑް މުނީރް އެލް ހައްދާދީ ވަނީ  ލޯނެއްގެ ދަށުން ވެލެންސިއާ އަށް ދޫކޮށްލާފައެވެ.

އުމުރުން 20 އަހަރުގެ މުނީރް ލޯނެއްގެ ދަށުން ވެލެންސިއާއަށް ބަދަލުވި ނަމަވެސް ސީޒަން ނިމުމުން 12 މިލިއަން ޔޫރޯއަށް އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭނެއެވެ.

މީހުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް ތިލަފުށީގައި ޤާއިމްކުރުމަށް އެމްޕީއެލްއިން ނިންމައިފި

junaidh

ތިލަފުށީގައި އިންޖިއަރިންގ ދާއިރާއިންނާއި އިލެކްޓްރިކް ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް ތިލަފުށީގައި ޤާއިމްކުރުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މާލޭގައި ހުރި އެ ކުންފުނީގެ ވާކްޝޮޕްތައް ތިލަފުށްޓަށް ބަދަލުކޮށް، އެތަނުގައި ތަމްރީން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެކުންފުނީގެ މުވައްޒަފުންނާއި އިތުރު ފަރާތްތަކަށްވެސް މި ވާރކްޝޮޕުން ތަމްރީނު ލިބޭނެ މަގު އެ ކުންފުނިން ފަހިކޮށްދެއްވާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ޕްލޭންކުރެވިފައި ހުރިގޮތަށް މަސައްކަތްތަށް ކުރިޔަށްދާނަމަ އެތަނުގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށާއި އޭރުން ސަތޭކަ ވަރަކަށް ވަޒީފާ އުފެދޭނެކަމަށެވެ. މި ޕްލޭންތަކުގެ ތެރޭގައި ތިލަފުށީގައި ފެންޕްލާންޓެއް ބެހެއްޓުމާއި ސްޓާފް އެކޮމޮޑޭޝަން ބްލޮކްއެއް ހެދުމާއި ތިލަފުށްޓާއި އެމްޕީއެލްގެ ބަނދަރާ ދެމެދު ފެރީ ދަތުރުތައް ބޭއްވުންވެސް ހިމެނޭކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

thilafushi

“އެތަނުގައި ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަންތައް ފެށޭނެ. އޭރުން ސަތޭކަ ވަރަކަށް ވަޒީފާ އުފެދިގެންދާނެ” ޖުނައިދު ވިދާޅުވިއެވެ.

ތިލަފުށީގައި އެމްޕީއެލް އިން ކުރުމަށް ރާވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފެންޕްލާންޓެއް ބެހެއްޓުމާއި ސްޓާފް އެކޮމޮޑޭޝަން ބްލޮކްއެއް ަތައްޔާރުކުރުންވެސް ހިމެނޭކަމަށް ސީއީއޯ ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އެތަނުގައި ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ތިލަފުށީ ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެ ސަރަޙައްދުގައި އުޅޭ ބޯޓުފަހަރު ނެގޭވަރުގެ ސްލިޕްވޭއެއް ކުރިއަށް އޮތްތާނގައި ޤާއިމްކުރާނެކަމަށެވެ.

 

އައިއެސް ގެ އެންމެ ގިނަދުވަސްވީ އެއް ލީޑަރު މަރާލައިފި

adnani

ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތް “އައިއެސް” ގެ އެންމެ ގިނަދުވަސްވީ އެއް ލީޑަރު ކަމަށްވާ އަބޫ މުހަންމަދު އަލް އަދްނާނީ ސޫރިޔާގެ ހަލަބްގައި އެމެރިކާ ސިފައިންދިން ހަމަލާއެއްގައި މަރުވެފައިވާކަން އެމެރިކާ އަދި އައިއެސް ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

އަބޫ މުހަންމަދު އަލް އަދްނާނީ މަރުވި ޚަބަރު ގެނެސްދީފައިވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ އަލް އަމަގް ނޫސް އޭޖެންސީންނެވެ. އެމެރިކާގެ ޕެންޓަގަން އިން ބުނީ އެމެރިކާ ސިފައިން ހަލަބްގެ އަލް-ބާބް ސަރަހައްދުގެ ތަނަކަށް ހަމަލާދިނީ ސީދާ އޭނާޔަށް އަމާޒުކޮށްގެންކަމަށާއި އެހަމަލާގެ ނަތީޖާއާބެހޭ މައުލޫމާތު އަދިވެސް އިތުރަށް ސާފުކުރަމުން ދާކަމުގައެވެ.

ހަލަބްގެ ކޮންޓްރޯލް އަތުލުމަށް ސޫރިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެމުންގެންދާ ހަމަލާތައް ފާއިތުވި ދެތިން ހަފްތާގައިވަނީ ވަރަށް ވަރުގަދަ ވެގެން ގޮސްފައެވެ. ސޫރިޔާގެ ސަރުކާރު ސިފައިންނަށް ރޫސީ ވިލާތުން މަދަދުވެރިވާ އިރު އިދިކޮޅު ފަރާތްތަކަށް އެހީތެރިވަނީ ހުޅަނގާ އެމެރިކާއިންނެވެ.

އަބޫ މުހަންމަދު އަލް އަދްނާނީ އަކީ އައިއެސް ޖަމާއަތުގެ ސްޕޯކްސްމަންގެ ގޮތުގައިވެސް ހަރަކާތްތެރިވާ މީހެކެވެ.

 

ލޭބަލުގައި ކޮންމެހެން ހުރުން ލާޒިމުވާ މައުލޫމާތުތައް ހިމެނުމަށް އިލްތިމާސްކޮށްފި

 kaboathakethi

ރާއްޖެ އެތެރެ ކުރާ ކާބޯތަކެތީގެ ލޭބަލުގައި ކޮންމެހެން ހުރުން ލާޒިމުވާ މައުލޫމާތުތައް ހިމެނުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާއި ކާބޯތަކެތި އެތެރެކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާ ހިލާފަށް ލޭބަލްކޮށްފައިވާ ތަކެތި ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އެހެންކަމުން އިމްޕޯޓްކުރާ ކާބޯތަކެތީގެ ލޭބަލުގައި ކޮންމެހެން ހުރުން ލާޒިމުވާ މައުލޫމާތުތައް ހިމެނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އެތެރެ ކުރާ ކާބޯތަކެތީގެ ލޭބަލުގައި ކޮންމެހެން ހުރުން ލާޒިމުވާ މައުލޫމާތުތައް

1 ހެލްތު ކްލިއަރެންސަށް ހުށަހަޅާ ލިޔުންތައް އަދި އުފެއްދުމުގެ ލޭބަލް ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން
2 އުފެއްދުމުގެ ނަން
3 އުފެއްދުން އުފެއްދި ގައުމު
4 އުފެއްދުން އުފެއްދި ތާރީހު
5 އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީހު
6 އުފެއްދުމުގައި ހިމެނޭ ބާވަތްތައް ނުވަތަ އިންގްރިޑިއެންޓްސް
7 އުފެއްދުން އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް
8 އުފެއްދުމުގެ ބަރުދަން ނުވަތަ މިންވަރު
9 އުފެއްދުމުގެ ބެޗް / ލޮޓް ނަންބަރު
10 ވަކި ގޮތަކަށް ބޭނުންކުރަންޖެހޭ ނުވަތަ ބަހައްޓަންޖެހޭ އެއްޗެއްނަމަ އެ މައުލޫމާތު

ހެލްތް މިނިސްޓްރީން ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މިހާރެކޭ އެއްގޮތަށް ކާބޯތަކެތީގެ ޝިޕްމަންޓުތަކަށް ހެލްތު ކްލިއަރެންސް ދެމުން ގެންދާނެ ކަމަށެވެ. ނަމަވެސް މިތާރީހަށް ފަހު ޝަރުތުތައް ފުރިހަމަނުވާ ޝިޕްމަންޓްތަކަށް ހެލްތު ކްލިއަރެންސް ދޫނުކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

 

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މޫސާ ނައީމުގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފި

މޮޮސަ

ފުލުހުންގެ ބަންދުގައި ދޫނިދޫ ގައި ހުއްޓާމަރުވި ހ. ފިލިކުރިގެ، މޫސާ ނައީމުގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފި އެވެ.

މޫސަ މަރުވުމާ ގުޅިގެން އޭނާގެ އާއިލާ އިން ކުރިން ވަނީ ޕޯސްޓް ހެދުމަށް ނިންމާފަ އެވެ. އަދި ފުލުހުން ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ފަހުން މޫސަގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

މޫސަގެ ޕޯސްޓްމޯޓަމް ނުހެދުމަށް އާއިލާ އިން ނިންމުމުން މިއަދު މެންދުރު ނަމާދަށް ފަހު މޫސަގެ ހަށިގަނޑު ވަޅުލުމަށް މިހާރު ވަނީ ނިންމާފަ އެވެ.އުމުރުން 55 އަހަރުގެ މޫސަ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު އަށް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ އޮފިސަރު އިއްޔެ ވިދާޅުވީ މޫސަގެ ސިއްހީ މައްސަަލައެއްް އުޅޭ ކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ފަތިހު 3:35 ހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން އޭނާއަށް ދޫނިދޫގައި ފަރުވާ ދެމުން ދިޔަ ކަމަށާއި މަރުވީ ހެނދުނު މާލެ ގެނައުމުގެ މަގުމަތީގައި ކަަމަށް ބެލެވޭ ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ އިއްޔެ ހެނދުނު 6:50 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 55 އަަހަރުގެ މީހަކު އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ނަމަވެސް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މޫސަ މަރުވެފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޑޮކްޓަރަށް ދެއްކުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވަނިކޮށެވެ.

ފުލުހުންގެ އޮފިސަރު ވިދާޅުވީ ކޯޓުގެ އެންގުމާ އެއްގޮތަށް ސްޕެޝަލިސްޓަކަށް ދެއްކުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަށް ފުލުހުން އެދިފައިވާނެ ކަމަށެވެ. އެކަން މޫސަގެ އާއިލާއަށް އިނގޭނެ ކަމަށްވެސް ފުލުހުންގެ އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.