އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިންތަކެއް ތިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް – ހޯމް މިނިސްޓަރު

azleen

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިންތަކެއް ތިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ގއ.ވިލިގިލީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ ގައުމުތަކުން ދަހިވެތިވާ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލުވާލައި އަޅުވެތިކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަން ތާރީޚްތަކުން އެގެން އޮތްކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނޭ ކަމަށް ހޯމްމިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅަުވީ އިގިރޭސިންގެ އަތްދަށުގައި ރާއްޖެ އޮތުމަށްފަހު ފުރިހަމަ މިނިވަންކަމެއް ރާއްޖެ ލިބިފައި އޮއްވާ ދިވެހިންތަކެއް އިނގިރޭސިވިލާތުގެ ހިމާޔަތުގައި ތިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

ހޯމް މިނިސްޓަރު މިގޮތަށް އިޝާރާތް ކުރައްވާފައިމިވަނީ އިގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މިހާރު އެގައުމުގައި ދިރިއުޅުއްވަމުންގެންދަވާ   ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދާއި، އަލީ ވަހީދުގެ އިތުރުން ސޮބާހްރަށީދާއި ،އަމީންއިބްރާހީމަށް އިޝާރާތްކުރައްވާފައެވެ.

“އެންމެ ބޮޑު ހިތާމައެއް ލިބިގެންދަނީ ގައުމުގެ މިނިވަންކަމާ ކުޅެން މަސައްކަތް ކުރުމަށް ގެންދާ ބައެއްގެ އަވާގައި ދިވެހި ދަރިން ޖެހިގެންދާތަން ފެންނަމުންދާތީ، އަދި އެ ބައެއްގެ ހިމާޔަތުގައި ރާއްޖެ އޮންނަންޖެހުނު އިނގިރޭސިވިލާތުގެ ހިމާޔަތުގައި އަދިވެސް ދިވެހި ދަރިންތަކެއް ތިބުމަކީ ހިތާމަހުރި ކަމެއް،”ހޯމް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުގެ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށާއި މިނިވަންކަން ގެއްލިގެން ގޮސްދާނެފަދަ ހާލަތަކަށް ރާއްޖެ ވެއްޓުނު ވަގުތު އެ ހާލަތުން ރާއްޖެ ސަލާމަތްކޮށްދިނީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެގޮތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި، މިނިވަންކަން ގެއްލިގެންދާފަދަ ކަންތައްތަކެއް ކޮމަންވެލްތުން ކުރަމުން ދަނިކޮށް އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ ގައުމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕްރެޒިޑެންޓްސް ކަޕް ފުރަތަމަ ފަހަރަށް އީގަލްސްއިން ކާމިޔާބުކޮށްފި

eagles

ޓީސީ ސްޕޯޓްސް ކްލަބް 1-0 ގެ ނަތީޖާ އަކުން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް ކްލަބް އީގަލްސްއިން ކާމިޔާބުކޮށްފިއެވެ. އީގަލްސްއިން ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ އިތުރު ވަގުތުގެ ކުޅުމުގައެވެ.

ކްލަބް އީގަލްސްއިން މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއްވެސް އެ ޓީމަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗްގެ 30 ވަނަ މިނިޓްގައި ޓީސީއަށް ލިބުނު ކޯނަރަކުން ނާއިޒް ފޮނުވާލި ބޯޅަ އޭރިޔާ ތެރޭގައި ހުރި އިބްރާހިމް ވަހީދު ބޮލުން ފޮނުވާލި ނަމަވެސް އީގަލްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެބޯޅަ ވަނީ ބޭރުވެފައެވެ.

މެޗްގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޓީސީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފައެވެ. ނައުފަލް ވަރަށް ރީތިކޮށް އޭރިޔާ ތެރޭގައި ހުރި ނާއިޒް އަށް ބޯޅަ ދިން ނަމަވެސް ރިޒުވާންއަށްވަނީ އެބޯޅަ ކޮންޓްރޯލް ނުކުރެވިފައެވެ.

ޓީސީ ސްޕޯޓްސްއަށް ލަނޑެއް ކާމިޔާބު ކުރުމަށް އެންމެ ބޮޑު ފުރުސަތެއް ލިބިފައިވަނީ 51 ވަނަ މިނިޓްގައި އިބްރާހިމް ވަހީދުއަށެވެ. ޝިފާން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައެވެ.

އީގަލްސްއަށް ދެވަނަ ހާފްގައި ލިބުނު އެންމެ ރަގަޅު ފުރުސަތު ލިބިފައިވަނީ 62 ވަނަ މިނިޓްގައި މުހައްމަދު ސެޑިކްއަށް ލިބުނު ފުރުސަތެވެ. އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އީގަލްސްގެ އަހުމަދު ރިޒުވާން ވަނީ ލަނޑެއް ކާމިޔާބުކޮށް އީގަލްސްއަށް ކުރި ހޯދަދީފައެވެ.

އީގަލްސް އިން މި ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން އެޓީމަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިޔާ ތެރޭގައި ހުހަށް ހުރެ އީގަލްސްގެ އައިސަމް ފޮނުވާލި ބޯޅަވަނީ ދަނޑި ކައިރިން ބޭރުވެފައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނަ އިރުތަކެއް ނުވަނީސް ޓީސީގެ ޔާމީން އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗްގެ ބާކީ ވަގުތު ޓީސީން ފުރިހަމަ ކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ފުރާވަޑައިގެންފި

president-yameen12

މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤާ ބައްދަލު ކުރެއްވުމަށްވެސްހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޕީ.ޕީ.އެމް.ގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ އިލްތިމާސް: ޤައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުން

gaumee

ޤައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއަބްދުލް ގައްޔޫމް ދިވެހިރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް  ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވަނީ އަންނަންއޮތް ޖީލުތަކަށް މި ޤައުމު ވާޞިލުކޮށްދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވުމުގައި ފަސްނުޖެހުމަށާއި، ޒުވާނުންނާއި، އަންނަންއޮތް ޖީލުތަކަށް، ޤައުމީ އަބްޠާލުންގެ ޤުރްބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމާއިގެން ކުރިއަށްދިއުމުގެ އާ ޢަޒުމްތަކެއް ކަނޑައެޅުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

“އަންނަންއޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވުމުގައި ފަސްނުޖެހުމަށެވެ.އަދި މިއަދުގެ ޒުވާނުންނާއި، އަންނަންއޮތް ޖީލުތަކަށް، ޤައުމީ އަބްޠާލުންގެ ޤުރްބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމާއިގެން ކުރިއަށްދިއުމުގެ އާ ޢަޒުމްތަކެއް ކަނޑައެޅުމަށް “ރައީސްގެ ތަހްނިޔާގެ ޚިތާބުގައި ވެއެވެ

މި ލޮބުވެތި ޤައުމަށްޓަކައި ފަޚުރުވެރިވުމާއި، ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމާއި، ޤައުމުދެކެ ލޯބިވުމަކީ، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުޢޫރު ކަމުގައި ވާންޖެހޭނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. އަދި، ޒަމާނެއްގެ ކޮޅުންވެސް މި ކަންކަމަށް ބަދަލެއް ނާންނާނެ މިންވަރަކަށް މިކަން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

ސްކޫލްކުދިންނަށް ޚާއްސަކޮށްގެން “ސްމިގްލް” ގެ އުފެއްދުންތަށް އިރާއީ ބުކްޝޮޕުން ތައާރަފުކޮށްފި

smiggle

އިރާއީ ބުކްޝޮޕުން އޮސްޓްރޭލިއާގެ މަޝްހޫރު ސްޓޭޝަނަރީ ބުރެންޑެއްކަމަށްވާ “ސްމިގްލް”ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

މި ރޭ 8:00 އިން ފެށިގެން ސްމިގްލް ބުރޭންޑުގެ އުފެއްދުންތައް ގަލޮޅުގައި ހުންނަ އިރާއީގެ ފިހާރަ އިން ލިބެން ހުންނާނެކަމަށް އެ ބުކްޝޮޕުން މައުލޫމާތުދެއެވެ.

15239229_906842962779271_1464117788_n

އިރާއީ ބުކްޝޮޕުންބުނި ގޮތުގައި ސްމިގްލްގެ އުފެއްދުންތަކަކީ ރާއްޖޭން އާންމުކޮށް ލިބެން ހުންނަ ސްޓޭޝަނަރީއާއި ވަރަށް ތަފާތު އުފެއްދުންތަކެކެވެ. އޭގެތެރޭގައި، ތަފާތު ޑޒައިންތަކުގެ ދަބަހާއި، މީރުވަސްދުވާ ގަލަމާއި، ރަބަރުންފުހެވޭ ގަލަމުގެ އިތުރުން ގްރެފިކަލް ކަތުރު ހިމެނެއެވެ. ސްމިގްލްގެ އެކި އުފެއްދުންތަކުގެ އެއްޑިޒައިނެއް ހުންނަ ޕެކޭޖްވެސް އިރާއީން ލިބެން ހުންނާނެކަމަށް އެ ބުކްޝޮޕުން މައުލޫމާތުދެއެވެ.

15218727_906842946112606_950147076_n

ސްމިގްލް ބްރޭންޑުގެ އުފެއްދުންތަކަކީ ފެންވަރު ރަނގަޅު މަޝްހޫރު އުފެއްދުންތަކެއްކަމަށާއި ރާއްޖެއާ އެންމެ ކައިރިން ވެސް މި ބުރޭންޑު ލިބެން ހުންނާނީ މެލޭޝިއާ ނުވަތަ ސިންގަޕޫރުންކަމަށް އިރާއީ ބުކްޝޮޕުން މައުލޫމާތުދެއެވެ.

އިންތިޚާބު ފަސްކޮށްފިނަމަ ކުރި ހަރަދުތައް ބޭކާރުވާނެ- އީސީ

14859415_883655205098047_1108299719_o

2017ވަނައަހަރުގެ ޖެނުއަރީ މަހުގެ 14ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ހުރިހާ ޚަރަދެއް ބޭކާރުވާނެކަމަށް، އެކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބު 2 މަސްދުވަހަށް ފަސްކުރުމަށް ސިވިލްކޯޓަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އިން ހުށައަޅާފައިވާ މައްސަލައިގާ ވަކާލާތުކުރައްވަމުން، އިލެކްޝަންސްގެ ވަކީލު ވިދާޅުވ އިންތިޚާބު ފަސްކޮށްފިނަމަ އެއިންތިޚާބުގެ ތައްޔާރީތަކަށް މިހާތަނަށް އެކޮމިޝަނުން ކުރި އެންމެހާ ޚަރަދުތަކެއް ބޭކާރުވެގެން ދާނެކަމަށެވެ.

އަދި ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެން އޮތީ، އެ އިންތިޚާބަށް ކޮމިޝަނުން މިހާރު ކަނޑައަޅާފައި އޮތް ތާރީޚުގައި އެކަން ކޮށްގެން ކަމުން އިންތިޚާބު ފަސްކުރަން ނުޖެހޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލުވި ފަރާތްތައް ކަމަށްވާ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، މޯލްޑިވްސް ޑިމޮކުރެޓިކު ޕާޓީ (އެމްޑީޕީ) އަދި އަދާލަތު ޕާޓީންވެސް ވަކާލާތު ކޮށްފައިވަނީ އިންތިޚާބު ފަސްކުރުމާއި ދެކޮޅަށެވެ.

ޕީޕީއެމްގެ ވަކާލާތު ކުރެއްވި ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ރާއްޖޭގައި ފަހުގެ ތާރީޚުގައި ބޭއްވި އެއްވެސް އާންމު އިންތިޚާބެއް ގާނޫނުގައި ބުނާ މުއްދަތުގައި ބޭއްވިފައި ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި ލިޔުންތައް ގެއްލުމުގެ ސަބަބުން ޕާޓީގެ މެމްބަރުންނަކީ ކޮބައިކަން ނޭނގޭ ކަމަށާއި އެހެންވެ އިންތިޚާބުގެ ކުރިން ބާއްވަންޖެހޭ ޕްރައިމަރީ އަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިވިލް ކޯޓުން މިމައްސަލައިގާ ޙުކުމް ކުރުމަށް ނިންމާފައިވަނީ މިއަންނަ ބުރާސްފަތިދުވަހުއެވެ.

ކޮލަމްބިޔާއަށް ފުރި ބުރެޒިލް ޓީމުގެ ބޯޓުވެއްޓި އެތައްބަޔަކު މަރުވެއްޖެ

ellos-jpg_935531696

 

ކޮޕަ ސުދަމެރިކާނާ (ސައުތުއެމެރިކަން ކަޕް) ގެ ފައިނަލު ކުޅުމަށް ބުރެޒިލްގެ ފުޓުބޯޅަޓީމު ދަތުރުކުރި ފުލައިޓު ވެއްޓުނު ހާދިސާގައި އެތައްބަޔަކު މަރުވެއްޖެއެވެ.

ބްރެޒިލްގެ ލާމިއާ އެއަރލައިންސްގެ މަތިންދާ ބޯޓް މިއަދު ވެއްޓިފައިވަނީ ކޮލަމްބިއާގެ ސިޓީއެއް ކަމަށްވާ މެޑެލިންއާ 50 ކިލޯމީޓަރު ދުރަށް ސެރޯ ގޯޑޯ ނަމަކަށްކިޔާ ސަރަހައްދަކަށެވެ. ބޯޓުން ދަތުރުކުރި 81  މީހުންގެ ތެރެއިން 76 މީހުން މަރުވެފައިވާކަމަށް ކޮލަމްބިޔާގެ އޮފިޝަލުންނާ ހާވާލާދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.

plane-737649

މިހާދިސާގައި 6 މީހަކު ދިރިހުއްޓާ ފެނިފައިވީނަމަވެސް، އޭގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ ވަނީ މަރުވެފައެެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ބޯޓުން ދަތުރުކުރި ފުޓްބޯޅަ ޓީމުގެ 3 ކުޅުންތެރިން ހިމެނޭކަމަށާއި، ސަލާމަތްވި އެންމެނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް މައުލޫމާތުލިބެއެވެ.

ކޮލަމްބިއާގައި މާދަމާ ކުޅުމަށް ނިންމާފައި އޮތް ކޮޕަ ސުދަމެރިކާނާ ފައިނަލްގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ ބްރެޒިލްގެ ޝަޕެކޮއެންސޭ ރިއާލްއާއި، ކޮލަމްބިއާގެ އެތުލެޓިކޯ ނޭޝަނަލްއެވެ.

ބޭރު ބަނދަރުގެ ކުލި ބޮޑުކޮށްފި

????????????????????????????????????

ރާއްޖޭގެ ކަނޑުގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެގޮތުގައި ނަގަމުންދިޔަ އަދަދު ބޮޑުކުރުމަށް، ޤާނޫނަށް ގެނެވުނު އިސްލާހު މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއިގުޅިގެން ބަނދަރުގެ ކުލިބޮޑުވެއްޖެއެވެ.

ބަނދަރު ކުއްޔަށް ގެނެސްފައިވާ ބަދަލާއެކު 200 ގްރޮސް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ، 200 އަށްވުރެ މަތި 1000 އަށްވުރެ ދަށް ގްރޮސް ޓަނު ހުންނަ ކޮންމެ އުޅަނދަކުން 300 ރުފިޔާ، އަދި 1000 ގްރޮސް ޓަނުންފެށިގެން 2000 ހަމަނުވާ ކޮންމެ އުޅަނދަކުން 400 ރުފިޔާ ނެގުމަށް ހަމަޖެހިފައިވެއެވެ.

ބަނދަރު ކުއްޔަށް ގެނައި މި އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ ޕީޕީއެމްއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު އަޒުހާން ފަހުމީއެވެ. މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 50 މެންބަރުން އިސްލާހު ފާސްކރުމަށް ވޯޓުދެއްވާފައިވެއެވެ. އިސްލާހާއިދެކޮޅަށް ވޯޓުދެއްވާފައިވަނީ 13 މެންބަރުންނެވެ.

ގާނޫނަށް އިސްލާހު ހުށައެޅުއްވި ސަބަބެއްކަމުގައި، މެންބަރު އަޒުހާން ވިދާޅުވީ، ބަނދަރު ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައިވާ ކުއްޔެއްކަމުން، މިހަރު މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލާއި ނުބައްދަލު އަދަދަކަށް ވާތީކަމަށެވެ.

ހުރާގައި ފުލުހުންގެ ޚިދުމަތް ފަށައިފި

hura1

ކ. ހުރާގައި ޕޮލިސް ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް އެރަށުގައި ފަށައިފިއެވެ.

މިކަމަށްޓަކައި ހުރާ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ހުރާގައި ޤާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުލުހުންގެ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ހުރައަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުންދާ ރަށަކަށްވުމާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިޔުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބި އެންމެ އެދެވޭ ޚިދުމަތެއް ނުދެވޭނެކަމަށް ވިދާޅުވިއެވެ.

hura

ނޯތު އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ނޯތު އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ސައީދު އާއި ކ. ހުރާ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންގެ އިތުރުން ކ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޢޫފުއްދީން ސައީދު އާއި ކ. އަތޮޅުގެ ކުރީގެ ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ބުޝްރީ އާއި ހުރާގައި އެކި އިދާރާތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

 

މުހީތު މަރާލި 2 ކުދިން މަރަން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

muheeth11

ގ.ވޭރު، އަބްﷲ މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ 2 ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެކުދިންނަށް ލިބޭނީ 30 ދުވަހެވެ. މި މުއްދަތުގައި އިސްތިއުނާފު ނުކުރާނަމަ، ހުކުމް ރަނގަޅުތޯބެލުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާނެއެވެ.

2012ވަނަ އަހަރުގެ ފެބުރުއަރީމަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައި ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލި މައްސަލައިގައި ދައުވާ ލިބޭ 2 ކުދިންނަކީ، ކުށްކުރިއިރު 18 އަހަރު ނުފުރޭ ދެކުދިންނެވެ. އެދެކުދިންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދެމީހަކު ހެކިބަސް ދީފައިވެއެވެ. އަދި އެދެކުދިން ފޯޏު ކޯލެއްގައި ދައްކާފައިވާ ވާހަކަތަކާއި، އެ ޖަރީމާ ހިންގުމަށްފަހު އެކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންނާއެކު އޭޑިކޭ ހޮސްޕިޓަލުގައި އުޅުނު މަންޒަރުތައްކުގެ ވީޑިއޯ ވެސް ދައުލަތުން ކޯޓަށް ހުށައަޅާފައިވެއެވެ.

މިހާރު އުމުރުން 18 އަހަރު ފުރިފައިވާ ދެކުދިންގެ މައްޗަށް ޖުވެނައިލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމުގައި ބުނެފައިވަނީ އުމުރުން 18 އަހަރު ފުރިފައި ނުވިޔަސް ބާލިޣުވެފައިވާނަމަ އިސްލާމީ ޝަރީޢަތުގައި ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި، ކުށްކުރިއިރު އެދެކުދިންގެ އުމުރުން 15 އަހަރު ވެފައިވާތީ އެދެކުދިންނަކީ ބާލިޣުވެފައިވާ ދެކުދިންކަމަށް ބެލެވޭނެކަމަށެވެ. އެ ޙުކުމަކީ ޖުވަނައިލް ކޯޓުން ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ.