މި އަހަރު ތެރޭ ބައެއް ދޯނި ފަހަރުގައި ފިނިކުރާ ނިޒާމް ބެހެއްޓޭނެ: ފިޝަރީޒް މިނިސްޓަރު

މި އަހަރު ތެރޭ ބައެއް  ދޯނި ފަހަރުގައި މަސް ފިނިކުރާ ނިޒާމް ބެހެއްޓޭނެކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވެފައިވަނީ މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމް ބެހެއްޓުމަށް އައިސްލޭންޑް ގެ ކުންފުންޏަކާއި އެކު މަޝްވަރާ ކުރަމުން ގެންދާކަމަށެވެ.

އަދި މިއަހަރުތެރޭގައި ބައެއް ދޯނިފަހަރުގައި އެނިޒާމް ބެހެއްޓޭނެކަމަށް ވެސް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވިއެވެ.

ޝައިނީގެ މަސައްކަތްތަކަށް ފާޑުވިދާޅު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެބަރުންވަނީ ދާދިފަހުން އިސްތިއުފާއަށް ގޮވާފައެވެ.އެގޮތުން ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެފައިވަނީ ސަރުކާރަށް ތިން އަހަރުވީ އިރު ބެޔަސް ނުބެޔަސް ސިޔާސަތު ފެއިލްވެފައިވާކަމަށާއި،ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކާ ޝައިނީއާއި ދެމެދު ޖާއިޒު ނޫން ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ ކަމަށްވެސް ތޯރިގް ވިދާޅުވެފައިވެއެވެ.

ހަވަރުތިނަދޫ ރައްޔިތުންއަތުން ހަވަރަށްނެގޭ ބައެއްތަކެތި

އާދެ ތިނަދޫއަކީ  “ހަވަރު” ގޮސް ފަތަޙަކުރި ރަށަކަށްވާތީ، ހަވަރުގެ ރަށަކަށް އެރަށް ހައްދަވައި، އެރަށުގެ ނަމަކީ، “ހަވަރުތިނަދޫ” ކަމުގައި ހަމަޖެއްސެވީ ބޮޑުތަކުރުފާނު ކަމަށް ބުނެވެ އެވެ.

އެ ރަށް ހިފުމަށް ހަވަރުކުރި މަސައްކަތަށްޓަކައި، ބައެއް ތަންތަން ހަވަރަށް ދެއްވި އެވެ. އެގޮތުން ތިނަދޫ ދަނޑުކޮޅު، މެދުރުއްގަނޑު އަދި ބަރާސިލު މިއީ ހަވަރުގެ އަމިއްލަ ތަންތަން ކަމުގައި ހަމަޖެއްސެވިއެވެ. އަދި މީގެއިތުރަށް ތިނަދޫ މާފުށި، ކާޑެއްދޫ، ކޫއްޑޫ މި 3 ރަށް ވެސް ހަވަރަށް ދެއްވިއެވެ. މި ގޮތުން ހަވަރަށް މި ނަންގަނެވުނު 6 ތަން ލިބުމަށްފަހު، ހެއްދެވި ގޮތަކީ މި 6 ތަންމެ ހަވަރުތިނަދޫގެ ރައްޔިތުންނަށް ވަރުވާ އަށް ދޫކުރެއްވީ އެވެ.

ހަވަރުތިނަދޫގެ ރައްޔިތުންނަށް ޖެހެނީ، ކޮންމެ އަހަރަކު މިތަންތަނުގެ ވަރުވާއަށް ކަނޑައެޅިފައިވާ ވަކި އެއްޗެތިތަކެއް ހަވަރަށް ދައްކާށެވެ. ހަވަރުގެ ފަރާތުން ޢައްޔަންކޮށް ބަހައްޓަފައި ހުންނަ ބޮޑު ބޭކަލަކު ހަވަރު ތިނަދޫގައި ހުންނަގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ. މީނާއަކީ، ހަވަރު ތިނަދޫގެ ކަންތައްތައް ހިންގުމާއި، ހަވަރަށް އެރަށުގެ ރައްޔިތުން ދޭންޖެހޭ ވަރުވާ  ރައްޔިތުން އަތުންނަގާ ޖަމާކޮށް މާލެ ފޮނުވުމަށްޓަކާ އެ ރަށުގައި ބެހެއްޓިފައި ހުންނަ ހަވަރުގެ ބޮޑު ބޭކަލެކެވެ.

މި ތަކެތި ނަގަނީ ޢުމުރުން 15 އަހަރު ވީ މީހުންގެ އަތުންނެވެ.

1    ބޮޑުވައްޓޭ ބޯނޑި ނުވަތަ ބޮޑު ފަތަފޮޅި 300  މިއީ ދިވެހި ހަކުރާއި ގަބުޅިހުނިލައިގެން ވެރާ / އުރާ ނުވަތަ ކުދިބަތުން
ހިލައިގެން ހަދާ އެއްޗެކެވެ. ހިލުމަށްފަހު، ރޮށިދަމާގޮތަށް 1 ފޫޓް ޑައިމީޓަރުގައި 1 އިންޗި ބޯމިނުގައި ދަމާ، އުނިފަތުގައި އަތުރާ ފައި ދުމަށިމަތީގައި ބަހައްޓާ ހިއްކަނީ އެވެ. ހިކުނީމާ ފުޅަފިން ހަދާފައިވާ ވަށިގައި، ވައްޓެއްގައި އެތައް ފަތަފޮޅިއެއް ހުންނަގޮތަށް ބަންދުކޮށް ވެހަނީ އެވެ.

2    ކުދެވަޓި ނުވަތަ ވެށުން 1200 މިއީ ދިވެހި ހަކުރާއި ގަބުޅިހުންޏާ އެއްކޮށް ހިލާފައި {ދޮން} ކެޔޮފަތުގައި ބަންދުކޮށްގެން
ހަދާ އެއްޗެކެވެ.

3    ކާޑެއްދޫ ކުނާ 1200 {މިއީ ނިދަން އެޅޭ ބޮޑުމިނުގެ އެއްވެސް ރޮނގެއް ނުހުންނަ ފޭރާންދެރަ ކުނަލެވެ. މިއީ ހަވަރު
ތިނަދޫގައި ވިޔާ ވައްތަރެކެވެ. މިވައްތަރު ކުނަލަށް ދެފަލު ކުނަލޭ ކިޔަ އެވެ. ކުނާ ބޭނުންކުރަނީ ސަންދޯކުގައި އަޅާށެވެ.

4    ހުޅެހިކުނާ (މިވައްތަރުކުނާ ނަގަނީ ހަވަރު ތިނަދޫ ކޮންމެ ގެއަކުން ކުނަލެކެވެ.) މިއީ ނިދަންއަޅާ ބޮޑުމިނުގެ ކުނަލެކެވެ.
ކުނަލުގެ މެދުގައި ހުރަހަށް ކައިވަތެއްވަރު ފުޅާމިނުގެ ކަޅު ރޮނގެއް ހުރެ އެވެ. ކުނާ ދެއްވަނީ، ހަވަރުގެ ބޮޑު ބޭކަލުންނާއި އަދި
ސަރުކާރުގެ އެ ފަންތީގެ ބޭފުޅުންނަށެވެ.

5    ގޮއިއޮޑީގެ ބޮއްކުރާ 1 (މިއީ ހަވަރުގެ ބޭނުމަށް ކޮންމެއަހަރަކު މާލެ ގެންދިއުމަށް ބަންނަ އެއްޗެކެވެ.) މިބޮއްކުރާ ބޭނުން
ކުރަނީ، މާލޭ ކަނޑިއްމާގެ ބައްތި ދިއްލަން ދިއުމަ ށެވެ.  ހަވަރުތިނަދޫ މީހުން މިބޮއްކުރާއަށް ކިޔާ ނަމަކީ، ހަވަރު ފޮޅެޔާ ނުވަތަ ގޮއިވެރިގޭ ފޮޅެޔާ އެވެ.

6    ވަކަވައު (ވާނާ ވަލެ) 8 މިއިން ކޮންމެ ވަލެއް އޮންނަނީ، ދެބުރިއަށެވެ. އެހެންކަމުން އެކުގައި 16ބުރި އެވެ. މި ވައު
ބޭނުން ކުރަނީ، ރަސްގެފާނުގެ ޖަލިޔާކޮޅަށާއި، ގަނޑުވަރުތެރޭގެ ބޭނުންތަކަށެވެ.

7    ކާށިތެޔޮ 25 އަޑުބާ މި ތެޔޮ ނަގަނީ، ކޮންމެ ކޮންމެ މީހެއްގެއަތުން 2 ސަމްސާ ތެލެވެ.
8    ކޮންމެ ދެމީހެއްގެ އަތުން ބޮލިކޮއްޓޭ އެއް. (ކުރީގެ ހުވަދު އަތޮޅު،ޞަފްޙާ 86 ން 93 ށް)

“ވެހުމަކީ، ހިމަކޮށް ވަށާފައިހުންނަ، ރޯނުން ގޮޅިގޮޅިއަށްވާގޮތަށް ގެތުން ނުވަތަ ފުރުމެވެ. އެއް އަހަރުން މަތީގެ (ވާރުދޭޢުމުރުގެ) ކޮންމެ މީހެއްގެ އަތުންނަގާ މިތެލަކީ ގޮއިއޮޑީގައި ލުމަށް ނަގާ ތެލެވެ. މި ތެޔޮ މާލެއަށްގެންގޮސް ކަނޑިންމާގެ ބައްތި ދިއްލުމަށް ބޭނުންކުރެ އެވެ. (ބޮއްޔަކީ ކުރީޒަމާނުގައި ފައިސާގެގޮތުގައި ބޭނުންކުރި އެއްޗެކެވެ.”

ހަވަރު އޮންނަނީ ހަމައެކަނި “ވެރިރަށް” މާލޭގައި

އެއްވެސް ޒަމާނެއްގައި މާލެފިޔަވައި، އެހެންރަށެއްގައި ހަވަރު އޮތްކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. ހަވަރާ ގުޅޭގޮތުން
ކަމެއް ހިނގާފައި އޮތްނަމަ، ހިނގާފައިއޮތީ، ހަވަރުގެ ބާރުގެ ދަށަށް އެރަށެއް ނުވަތަ އެބަޔަކު ގެނައުންކަހަލަ ކަމެކެވެ. ހަވަރަކީ،
ބާރެކެވެ. ބާރަކީ، ރައްޔިތުންނެވެ. ބާރުތައް ތަންފީޒްކުރާފަރާތަކީ، ރަސްގެފާނެވެ. ނުވަތަ ރައްޔިތުން ނެވެ. މިދެންނެވި ދެގޮތަށް ވެސް އެކަން ހިނގާފައިވާކަން ތާރީޚުން އެނގެންއެބަ އޮތެވެ. “

ފާރިސްގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާ ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު ހަވީރު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައެވެ. އެ އަޑުއެހުން ނިންމާނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް އެ ޕާޓީގެ ދިދަ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ގާނޫނުގައިވާ މަދަނީ މިންގަނޑަށް ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީވާން ބޭނުންވާ މައުލޫމާތު ދައުލަތުން ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ހެކިތައް ހުށަނާޅަނީސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއު ބިނާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ހުރަސްއަޅަމުން އަންނަ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުން ފަސްކުރީ ފާރިސް މަޖިލީހަށް ހާޒިރުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ކަރެކްޝަންސް އިން ފާރިސް މަޖިލީހަށް ހާޒިރުކޮށްފައިނުވާތީ އެކަމުގެ ޒިންމާ އެ އިދާރާގެ އިތުރުން ޕީޖީ އޮފީހުން ނަގަން ޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މަޖިލީހަށް ހާޒިރުނުކޮށް ފާރިސް ޖަލަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ހާޒިރުވުމަށްޓަކައި ޝަރީއަތުގެ މަޖިލީސް މެދުކަނޑާލުމުން ވެސް އޭނާ މަޖިލީހަށް ހާޒިރުނުކޮށް މާފުށީ ޖަލަށް ގެންގޮސްފިއެވެ.

މިއަދު ބޭއްވި ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުހެނުން ކުރިއަށް ނުގެންގޮސް މެދުކަނޑާލީ މަޖިލީހަށް އޭނާ ހާޒިރުކޮށްދޭން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެދިވަޑައިގަތުމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ފުރުސަތު ދެއްވާފައިވާއިރު، ފާރިސް މަޖިލީހަށް ހާޒިރުނުކުރީ ކީއްވެގެން ކަމެއް ކަރެކްޝަނަލް ސާވިސް ބުނެފައެއްނުވެއެވެ.

ފާރިސް ހާޒިރުނުކޮށް މަޖިލީހުގެ ކޮމެޓީއެއްގެ މަސައްކަތް ކުރިއަށް ނުގެންދަން އެ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ހަވީރު 5:00 ގައި ބާއްވަން ވަނީ ނިންމާފައެވެ.

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ކަމުން ދާދިފަހުން ވަކިކުރި އަބްދުއްޝުކޫރު ގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލާގައި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް ވެސް ވަނީ ފޮނުވާފައެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،  ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00  ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000. ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެއީ މަނިޓަރީ ގަވާއިދުގެ ދަށުން މަނާކަމެކެވެ.

އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން ސްޓްލްކޯއަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުޢާމަލާތެއް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެންކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައިނުވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން، ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައިވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއްކުރުމަކާއިނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 ޑޮލަރު ގަތުމަށްޓަކައި 3,084,000.00 ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމަށް ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފިޔާޒަށް ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ. ގައިގައި އަތްލުމުގެ ދައުވާ ފިޔާޒުގެ މައްޗަށް އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށް ބުނެއެވެ.

ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ދިފާއީ ހެކީން ދޮގު ހަދާފައިވާކަން އެމީހުންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

ފިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ އެ ދައުވާ އުފުލީ ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ފިޔާޒު ޖެހި ކަމަށް ބުނެ ކަމުގައިވާއިރު، އޭނާގެ ގައިގައި ފިޔާޒު ޖެހި ގޮތެއް ޝާހީން އަށް ކިޔައިދެވިފައިނުވާ ކަމަށެވެ.

އެ މައްސަލާގައި ކުށުގެ ރުކުން ފުރިހަމަނުވާ ކަމަށް ވެސް ފިޔާޒުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ދިމާނުވާ ކަންތައްތަކެއް ހުރި ކަމަށާއި އެހެންކަމުން ގާނޫނު އަސާސީގައި ބުނާ މިންގަނޑަށް އެދައުވާ ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށްދާން ފުރުސަތު ދިނުމަށް ފާރިސްގެ ޝަރީއަތް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ދިޔުމަށް ފުރުސަތު ދިނުމަށްޓަކައި މިއަދު ބޭއްވި އޭނާގެ އަޑުއެހުން ފަސްކޮށްފިއެވެ.

ޝަރީއަތުން މިއަދު އެގޮތަށް ނިންމީ ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެފަދައިން އެދިވަޑައިގަތުމުންނެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު އޭނާ އަށް ނުދޭކަން ފާހަގަކުރައްވައި މައުމޫން ހަމީދު ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ހަމައެކަނި ފާރިސްގެ ހައްގު ނޫން ކަމަށާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ނިގުޅައިގަނެވޭ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް އެ ޕާޓީގެ ދިދަ ބޭނުންކުރި ކަމަށް ބުނެއެވެ.

ފާރިސްގެ ޝަރީއަތް ދެން އޮންނާނީ މިއަދު ހަވީރު 5:00 ގައެވެ.

ގާކޮށީ ފްލެޓްގައި ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

ގާކޮށީގައި އަލަށް ގާއިމް ކޮށްފައިވާ ފްލެޓް މާލެ ސްކެޔަރގައި ފަހުގެ ޓެކްނޮލަޖީއާއެކު ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރެއް ރޭ ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ އެބޭންކުގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހުޅުވި ސެންޓަރެއް ކަމުގައެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުން ފައިސާގެ މުޢާމަލާތްތައް ފިޔަވައި ބޭންކުން ދޭ ޚިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދެމުން ގެންދާނީ މި ސެންޓަރުން ކަމަށްވެސް ބޭންކުންވަނީ މައުލޫމަތު ދީފައެވެ.

އަދި ސެންޓަރާ އިންވެގެން ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ދިނުމަށް ހަތަރު އޭޓީއެމްއާއެކު ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއް ގާއިމް ކުރެވިފައިވާކަމަށްވެސް ބީއެލްއެލްއިން ބުނެއެވެ.

ބީއެލްއެލްއިން 20 އަތޮޅުގައި 34 ބްރާންޗް، 88 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން، 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ  އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ދެމުން ދާއިރު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވަލިޔުލް އަމުރަކީ ގާނޫނު އަސާސީ، އަމަލުކުރަންޖެހޭނީ އެއަށް – ރައީސް މައުމޫން

މިހާރު ވަލިއްޔުލް އަމުރަކީ ގާނޫނު އަސާސީ ކަމަށާއި އަޅުގަނޑުމެން އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީ އަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވަލިއްޔުލް އަމުރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަލައިގަތީ ކުރިން ކަމަށާއި އެއީ އޭރު ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮންނާތީ ކަމަށެވެ.

ނަމަވެސް މިހާރު ބާރުތައް ވަނީ ވަކިކުރެވިފައި ކަމަށާއި ރައިސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރައްވަން ޖެހޭނީ ގާނޫނު އަސާސީއިން ލިބިދީފައިވާ އިމުގެ ތެރެއިން ކަމަށެވެ.
ގާނޫނު އަސާސީ ދިފާއުކޮށް ދަމަހައްޓައި ހުރުމަތްތެރިކޮށް ހިތުމުގައި ރައިސުލްޖުމްހޫރިއްޔާ ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައިސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީއާ އެކު ރައިސުލްޖުމްހޫރިއްޔާގެ ބާރުތައް ވެސް އޮތީ ލިމިޓްވެފައި ކަމަށާއި އެއްވެސް އިންސާނެއްގެ ބާރަކީ އެއްވެސް ހުދޫދެއް ނެތި އޮންނާނެ ބާރެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ބޭރުން ސަރުކާރުން ހިންގާ ކަންކަމަކީ ސައްޙަ ކަންކަމަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ގާނޫނު އަސާސީގެ މައްޗަށް ބައްޓަން ކޮށްފައިވާ ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ އޮޅުން ބޮޅުން ބޮޑު ޑެޑްލޮކަކަށް ގޮސްފައިވާ ނިޒާމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.
އެންމެންނާ މެދު ވެސް އަމަލު ކުރައްވަން ޖެހޭނީ އެއް އުސޫލަކުން އެއް އިންސާފަކުން ކަމަށާއި ނަމަވެސް މިހާރު ފެނިގެން ދަނީ އެއާ ހިލާފު އަމަލުތަކެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ގަތަރުގެ މައްސަލައިގައި ސައުދީ އަރަބިއްޔާއިން ދޫނުދޭނެ

ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާއި ދެމެދު ޖެހިފައިވާ މައްސަލައިގައި ސައުދީ އަރަބިއްޔާ އަދި ސައުދީ އަރަބިއްޔާއާއި އެކު ގަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމުކަމުގައިވާ ބަހްރެއިން، މިސްރު އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ހުށަހަޅާފައިވާ 13 ޝަރުތުތައް ގަތަރުން ފުރިހަމަކުރުމުން ނޫނީ މައްސަލަ ހައްލުކުރުމަށް ވާހަކަތައް ނުބާއްވާނެކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާއާއި އެކު މި ހަތަރު ގައުމުން ވަނީ ގަތަރުން ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިވެދޭކަމަށް ބުނެ ޖޫން 5 ވަނަ ދުވަހު ގަތަރާއިއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި އެގައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

ގަތަރުން މި ތުހުމަތުތައް ދޮގުކޮށްފައިވާއިރު އެގައުމުން ވަނީ މިއީ ތާރީހުގެ ތެރެއަށް ބަލާލާއިރު ހަނގުރާމަ ކުރިމަތިކުރުވާފައިވާހާ އަނިޔާވެރި އަދި ނުހައްގު ފިޔަވަޅުތަކެއްކަމަށް ބުނެފައެވެ.

ސައުދީ އަރަބިއްޔާއާއި އެކު މި ހަތަރު ގައުމުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ގަތަރުގެ ސަރުކާރުން ހިންގަމުންދާ އަލް-ޖަޒީރާ ނޫސް އެޖެންސީ ބަންދުކުރުމުގެ އިތުރުން އެގައުމާއި އިރާންއާއި ދެމެދު އޮންނަ ގުޅުންތައް ކަނޑާލުން ހިމެނެއެވެ.

ސައުދީ އަރަބިއްޔާއާއި އެކު މި ހަތަރު ގައުމުންވެސް ވަނީ އެގައުމުތަކުގެ ކަނޑުގެ އަދި ވައިގެ ސަރަހައްދުތައް ގަތަރަށް ބަންދުކޮށްފައެވެ. ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުގެ ބިމުގެ ބޯޑަރުވެސް ގަތަރަށް ބަންދުކޮށްފައެވެ. ނަތީޖާއަކަށްވެގެން ދަނީ ގަތަރުގެ މުސްލިމް ރައްޔިތުންނަށް އިސްލާމްދީނުގެ ފަރުޝު އެއް ރުކުންކަމުގައިވާ ހައްޖުގެ އަޅުކަންކުރުމަށް މައްކާއަށް ދަތުރުކުރުން މަނާވެގެންދިޔުމެވެ.

ގަތަރާއި މި ގައުމުތަކާއި ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ހުޅަނގުގެ ބާރުތަކާއި އެކު ކުވެއިތް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ކުރަމުންދާ މަސައްކަތުން އަދި ނަތީޖާއެއް ލިބިފައިނުވާއިރު ސައުދީ އަރަބިއްޔާއާއި މައްސަލަ ޖެހިފައިވާ އެހެން ގައުމުތަކުން ހުށަހަޅާފައިވާ 13 ޝަރުތުގެ ލިސްޓުން ބައެއް މަދުކޮށްފާނެކަމަށް މި ޖުލައި މަހުގެ ކުރީ ކޮޅު އޮތީ ބެލެވިފައެވެ. އެހެންނަމަވެސް ސައުދީ އަރަބިއްޔާއާއި މައްސަލަ ޖެހިފައިވާ ހަތަރު ގައުމުގެ މި ބަސްތަކާއި އެކު އެގައުމުތަކުން މި މައްސަލައިގައި ދޫނުދޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.