އީދުގެ ފިލާވަޅުން އިބްރަތް ހާސިލްކޮށް، ގައުމީ މަސްލަހަތު އިސްކުރަން ރައީސް ޔާމީން އިލްތިމާސް ކުރައްވައިފި

އަޟްޙާ ޢީދު ދަސްކޮށްދޭ އަގުހުރި ފިލާވަޅުން ޢިބްރަތް ހާސިލުކުރައްވައި، ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ބަރަކާތްތެރި އަޟްޙާ ޢީދުން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅަކީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ އަނެކުންގެ މަޞްލަޙަތު އިސްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ފިލާވަޅުން އަޅުގަނޑުމެންނަށް ހާމަވެގެންދަނީ އެހެން ފަރުދުންގެ މަޞްލަޙަތާއި، ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް، މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަމެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ކަންކަން އޮތް ޙާލަތަށް އިޝާރާތްކުރައްވަމުން، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެގެން ދިޔުމަކީ، އެކަމުގެ ސަބަބުން ޤައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެ، މުޅި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ޤައުމީ މަޞްލަޙަތަށް ލޮޅުން އަރާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ގެނެސްދިނުންކަމަށްވާއިރު، އެ ތަރައްޤީ ގެނެސްދެވޭނީވެސް ޤައުމުގައި ހަމަޖެހުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އެންމެން އިޙްތިރާމު ކޮށްގެން، އެއަށް ބޯލަނބައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ޤައުމުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވައިގެން، ޤައުމުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

ސަރުކާރުން އެ ކުރީ ޝަރުތެއް ނޫންބާ: ޢަބްދުﷲ ޝާހިދު

ސަރުކާރާއެކު މަޝްވަރާކުރަން އެއްވެސް ޝަރުތެއްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ މަޝްވަރާއަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވިއިރު، ސަރުކާރުން ޝަރުތެއް ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ސުވާލު އުފައްދަވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވަނީ މަޝްވަރާއަށް ދާންވާނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށް ބުނުމަކީ ސަރުކާރުން ޝަރުތެއް ކަނޑައެޅުން ނޫންބާއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާކުރަން ސަރުކާރުން ދައުވަތު އެރުވީ އިއްޔެއެވެ.

ސަރުކާރުން އެ ދައުވަތު ދިންކަން ހާމަކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ.

ޝައިނީ ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ބޭނުންވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް މިފަހަރު ޝަރުތުތަކެއް ކުރަމުން އަންނަތަނެއް ނުފެންނަ ކަމަށާއި އެހެންކަމުން ސަރުކާރަށް ގަބޫލު ކުރެވުނީ މަޝްވަރާތައް ކުރިއަށްގެންދަން ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު އެއްވެސް އިރެއްގައި ސަރުކާރުން ބަންދުނުކުރާ ކަމަށެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ރައީސް މައުމޫނަށް ދައުވަތުދެއްވީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާތީ ކަމަށް ޝައިނީ ވިދާޅުވިއެވެ.

 

އެ މަޝްވަރާތަކުގައި ޖަލު ހުކުމްތަކުގެ ވާހަކަ އާއި ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ވާހަކަ އައިސްފިނަމަ އެއީ އިޚްލާސްތެރި މަޝްވަރާއަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީން ޓެރަރިސްޓުންނަށް އެހީތެރިވާކަމަށް އިރާނުގެ ރައީސް ވިދާޅުވެއްޖެ

ސައުދީ އަރަބިއްޔާއިން ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ޓެރަރިސްޓުންނަށް އެހީތެރިވާކަމަށް ތުހުމަތުކޮށް މިކަން ވަގުތުން ހުއްޓާލުމަށް  އިރާނުގެ ރައީސް ހަސަން ރޫހާނީ ގޮވާލައިފިއެވެ.

ސައުދީ އަރަބިއްޔާއާއި އިރާނުން ޔަމަނަށް ބާރުފޯރުވުމަށް ވާދަކުރަމުންދާއިރު މި ދެ ގައުމުން ދަނީ ޔަމަނުގެ އިތުރުން އިރާގު، ސީރިޔާ އަދި ލުބްނާން ފަދަ ގައުމުތަކުގެ ދާހިލީ ކަންކަމުގައިވެސް  ސަޕޯޓްކޮށް އެހީތެރިވަމުންނެވެ. އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ސައުދީ އަރައްބިއްޔާއިން ޔަމަން ފަދަ ގައުމުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ އެގައުމާއި އިރާނާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ނުކުރެވޭ މައިގަނޑު ސަބަބުގެގޮތުގައި ސިފަކުރައްވައިފައެވެ.

ޔަމަނުގައި ހިނގަމުންދާ ދާޙިލީ ހަނގުރާމައިގައި އިރާނުން އެހީތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ވަނީ އެގައުމުގެ ވެރިރަށް ސަންއާގެ ކޮންޓްރޯލް ސަރުކާރުގެ އަތުން އަތުލައި ޔަމަނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމުގައިވާ އަދަން ހިފުމަށްވެސް މިސްރާބުޖަހައިފައެވެ. އިރާނުން އެހީތެރިވަމުންދާ ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސައުދީ އަރައްބިއްޔާ އިސްވެ އޮވެ އުފެއްދި ކޯލިޝަނަކުން ދަނީ އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއްވެސް ދެމުންނެވެ.

ޔަމަނުގެ ދާޙިލީ ހަނގުރާމަ ވަރުގަދަޔަށް ކުރިޔަށްދާއިރު އެގައުމަށް ވަނީ ނުރައްކާތެރި ބައްޔެއްކަމުގައި ކޮލެރާ ހަލުވި ސްޕީޑްއެއްގައި ފެތުރެން ފެށުމާއި އެކު އެކަމާއި ދެކޮޅަށްވެސް ހަނގުރާމަކުރަން މަޖުބޫރުވެފައެވެ.

ޔަމަނުގައި ކޮންމެ ދުވަހަކުވެސް ކޮލެރާ އަށް ޝައްކުކުރެވޭ  5000އެއްހާ މީހުން ރިޕޯޓްކުރަމުންދާކަމަށް ހަބަރުލިބިފައިވާއިރު ހިގަމުންދާ ދާޚިލީ ހަގުރާމައިގެ ސަބަބުން އެގައުމުގައި ސިއްހީ ފަރުވާދޭ ތަންތަނަށް ވަނީ އެންމެ އެދެވޭގޮތުގައި މި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމަށް އަދި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކުރުމަށްވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ.

ޔޯގާގެ ސަބަބުން ހަށިގަނޑަށް އެތަށް އެތަށް ފައިދާތަކެއް

ޔޯގާއަކީ މީހާގެ ހަށިގަނޑު ހަމަޖައްސައިދީ މީހާއަށް އެތައް ގޮތަކުން އެތައް ފައިދާއެއް ލިއްބައިދޭ ކަސްރަތުގެ ބާވަތެކެވެ. ޔޯގާއަކީ އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދޭ ކަސްރަތެކެވެ. މިގޮތުން ޔޯގާގައި އަމިއްލަ ބަރުދަން އުފުލަންޖެހޭފަދަ އެކްސަސައިޒްތަކުގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދީ އޮސްޓިއޮޕޮރޮސިސް ފަދަ މައްސަލަތަކާއި މީހާ ދުރުކޮށްދޭކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ ކެލިފޯނިއާރ ސްޓޭޓް ޔުނިވާރސިޓީ،ގެ އިތުރުން ލޮސް އެންޖެލިސް ގެ ޔުނިވަރސިޓީއަކުންވެސް ކުރިއަށް ގެންދިޔަ ދިރާސާއަކުން ކޮންމެ ދުވަހަކުވެސް ޔޯގާ ހަދާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަވެ ކަށިތަކުގެ ޑެންސިޓީ ލެވެލްތައް އިތުރުވާކަމަށް  ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ޔޯގާ އަކީ މީހާގެ ނިދުމަށްވެސް ފަސޭހަކޮށްދޭ ކަސްރަތެކެވެ. މިގޮތުން ދުވާލުގެ ބުރަތައް ނިދުމުގެ ކުރިން ޔޯގާ ނިޑްރާ ފަދަ  އެކްސަސައިޒްތައް ކުރުމުން މީހާގެ ހިއްސުތައް ފަސޭހަކޮށްދީ ސިނކުޑިން ހާސްކަން ފިލުވައިލައިދެއެވެ.

އަދި  ހަށިގަނޑުގެ ނާވަސް ސިސްޓަމްއަށްވެސް ލުއިފަސޭހަތަކެއް ޔޯގާއިން ގެނުވައިދޭއިރު މިއީ މީހާ ނިދުމަށް ފަސޭހަކޮށްދީ އަރާމު ފުން ނިންޖެއް މީހާއަށް ގެނުވަދޭކަމެއްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ޔޯގާއަކީ ނޭދެވޭ ގޯސް އަމަލަކާއި ދުރުވުމަށްވެސް ވަރަށް ރަނގަޅު ކަމެކެވެ. މިގޮތުން މަސްތުވާތަކެތި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަން ހުއްޓާލާ ބައެއް ފަރާތްތަކުން ވަނީ ޔޯގާ ހަދަން ފެށުމާއިއެކު މިފަދަ ނޭދެވޭ އަމަލުތަކާއި މުޅިން ދުރުވުމަށް ފަސޭހަވެގެންދާކަމަށްވެސް ހާމަކޮށްފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިޔަން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަންއަދާކުރުމަށް މައްކާގައި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރު ސައުދީ އަރަބިއްޔާއަށް ދެމިލިޔަނަށް މުސްލިމުން އައިސްފައިވާ ކަމަށްސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސައުދީ ކަމާއި ބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ހައްޖަށް މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ.ވައިގެ މަގުން މިއަހަރު 1,483,522ހައްޖުވެރިން ސައުދީއަށް އެތެރެވެފައިވާއިރު އެއްގަމު މަގުން 86,149އަދި ކަނޑުމަގުން 14,598ހައްޖުވެރިން ސައުދީއަރަބިއްޔާއަށް އައިސްފައިވާކަމަށްވެސް ހިސާބުތަކުން އެގިފައިވެއެވެ.

މިއަހަރުވެސް އެންމެ ގިނައަދަދަކަށް މުސްލިމުން ހައްޖަށް އައިސްފައިވަނީ  މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއްގައުމުކަމުގައިވާ އިންޑޮނޭސިއާއިންނެވެ.އޭގެ އިތުރުން އިންޑިޔާ،ޕާކިސްތާން އަދި ބަންގްލަދޭޝްއިން ވެސް ސައުދީއަށް މިއަހަރު ދިޔަ ހައްޖުވެރިންގެ އަދަދު އެހެން އަހަރުތަކަށް ވުރެ އިތުރު ވެފައިވާކަމަށް ވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ސައުދީއަށް އައިސްފައިވާއިރު ހައްޖުވެރިން މި އޮގަސްޓްމަހުގެ 30ވަނަދުވަހުންފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 4ވަނަދުވަހާއި ހަމަޔަށް ސައުދީގައި މަޑުކުރާނެކަމަށްވެސް ވެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށްދިޔަ ހައްޖުވެރިންނަށް ސައުދީ ސަރުކާރުންވަނީ ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ. އަދި ހައްޖުގެ އެންމެހާކަންކަން ކުރީއަހަރުތަކަށް ވުރެ ފުރިހަމަ ކުރުމަށްވެސް ސައުދީސަރުކާރުން ބޮޑެތި މަސައްކަތް ތަކެއް ކޮށްފައިވާނެކަމަށް ސައުދީއަރަބިއްޔާގެ ހައްޖުގެ ކަންތަށްތަކާއި ބެހޭ އޮފީހުންވަނީ ބުނެފައެވެ.

މިއަހަރު ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވެސް ސައުދީސަރުކާރުންވަނީ 100،000 ސިފައިން ނެރެފައެވެ.އަދި ސަލާމަތީ ކަންކަމަށް ތައްޔާރު ވުމަޓަކައި މިނާ،މުސްދަލިފާގެ އިތުރުން އަރަފާތުގައި ވަނީ މިލިޓަރީ ސިފައިންގެ ޚާއްސަ ޕެރޭޑެއް ބާއްވާފައެވެ. މިހަރަކާތްތަށް ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ބައްލަވާލައްވާފައެވެ.

ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްލައްކަ ސިފައިން ހަރަކާތްތެރިވާނެ

ހައްޖުވެރިންގެ ސަލާމަތީކަންކަން ބެލެހެއްޓުމަށްޓަކައި މިއަހަރު މައްކާގައި 100،000 ސިފައިން ހަރަކާތްތެރިވާނެކަމަށް ސައުދީސަރުކަރުން ބުނެފިއެވެ.

ސައުދީން ބުނެފައިވަނީ މިއަހަރުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ނެރެފައިވާ އެއްލައްކަ ސިފައިން ވަނީ އަރަފާތު އަދި މިނާ ގެ އިތުރުން މުޒްދަލިފާގައި ޚާއްސަ ފަސް ޑްރިލް ބާއްވައިފަ އެވެ. އަދި ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ހައްޖުވެރިންގެ ސަލާމަތީ ކަންކަން ހުރިނެތް ގޮތް ބައްލަވާލައްވާފައެވެ.

ސައުދީގެ ޑިފެންސް އިން ބުނެފައިވަނީ ސަލާމަތީކަންކަން ޕްލޭންކުރެވިފައިވާ ގޮތަށް ކުރިޔަށްދާކަމަށާއި އަދި މިޕްލޭންތައް ތަންފީޒު ކުރުމުގައި ސައޫދީގެ ކަމާބެހޭ ހުރިހާ އިދާރާތަކުން އެއްބާރުލުން ލިބޭކަމަށެވެ. ހައްޖުވެރިންގެ ސަލަމަތަށްޓަކައި ހަރަކާތްތެރިވާ އެއްލައްކަ ސިފައިންގެ ތެރޭގައި ޙައްޖާއި އުމުރާގެ އަމަނުގެ ނަމުގައި އުފައްދާފައިވާ ޚާއްސަ ބާރުތަކުގައި ހިމެނޭ 45 ހާސް މީހުންވެސް ހިމެނެ އެވެ.

ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިން މީހުންގެ އަދަދު އިތުރުވެފައިވާއިރު ސައުދީން މިފަހަކަށް އައިސް ގުޅުންކަޑާލާފައިވާ އަވައްޓެރި ގަތަރުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް އެތެރެވެފައިވަނީ ވިހިހާސް މީހުންނެވެ.އެކަން ވަނީ ގަތަރުގެ އިސްލާމިކް އެފެއާރޒް މިނިސްޓްރީންވެސް ކަށަވަރުކޮށްފައެވެ.

ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޢަރަފާތު ބިމުގައި މާތް ﷲ އަށް ނިކަމެތިވެ މަޑުމޮޅި ކަމުގައި ތިބޭ ތިބުމެވެ

 ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމުގައި މާތް ﷲ އަށް ނިކަމެތިވެ މަޑުމޮޅި ކަމުގައި ތިބޭ ތިބުމެވެ. ޢަރަފާތު ދުވަހަށް ޙައްޖު ދުވަހޭ ކިޔެނީ މިހެން ވެގެންނެވެ. އެ ދުވަހު މާތްﷲ އެކަލާނގެ އަމުރުފުޅަށް ކިޔަމަން ގަނެގެން ޙައްޖަށް ދިޔަ މީހުންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވަނީ  انْظُرُوا إِلَى عِبَادِى جَاءُونِى شُعْثًا غُبْرًا  – [ތިމަން ރަސްކަލާނގެ އަޅުން ތިމަން ރަސްކަލާނގެ އަމުރުފުޅަށް އިޖާބަދީ ދަތުރުފަތުރުކުރުމުގެ ވަރުބަލިކަމާ އެކު، މިތަނަށް އައިސްތިބިގޮތް، ތިޔަބައިމީހުން، ފަހެ، ދެކެ ބަލާށެވެ.]  އެކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެއެވެ.

އަދި އެކަލާނގެ އެކަލާނގެ މަލާއިކަތުން ހެކި ކުރައްވާ އެކަލާނގެ އަޅުންނަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން އެމީހުންގެ މައިންގެ ބަނޑުން އުފަންވި ދުވަސް ފަދައިން އެއްވެސް ފާފައެއްނެތް ޠާހިރު ބަޔަކަށް ވެގެންދާނެއެވެ. އެހެންކަމުން ޙައްޖަކީ އަލުން އުފަންވުމެކެވެ. مَنْ حَجَّ وَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ –  ފާޙިޝް ޢަމަލެއް އަދި ފާސިޤު ޢަމަލެއް ނުކޮށް ޙައްޖުވި މީހާ، ފަހެ، އޭނާގެ މަންމަ އޭނާ ވިހޭދުވަސް ފަދައިން (ޠާހިރުކަމަށް) އެނބުރި ހިނގައްޖެއެވެ.]
އަލުން އުފަންވުމަކީ ބާއްޖަވެރި ރަނގަޅުފެށުމެކެވެ. ޙައްޖުވެރިޔާ އަލަށް އުފަންވި މީހަކާ އެއްފަދަ ކުރެއްވުމުގެ މާނައަކީ؛
1- އޭނާއަކީ ސަލާމަތް ހިތެއްގެ ވެރިއެކެވެ.
2- އޭނާއަކީ ސަލާމަތް ހަށިގަނޑެއްގެ ވެރިއެކެވެ.
3- އޭނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރިއެކެވެ.
4- އޭނާއަކީ އާޚިރަތާ ދިމާއަށް ރަނގަޅަށް މިޞްރާބު ހިފާފައިވާ މީހެކެވެ.
އެހެންކަމުން ޙައްޖުގެ މަނާސިކުތައް އަދާކޮށް ހެޔޮ ރަނގަޅު ގޮތުގައި އަލަށް އުފަންވެގެން އައިމީހާ މިދަންނަވާ ކަންތައްތަކުގައި ތެދުމަގަށް އެނބުރި ގަންނަން ޖެހޭނެއެވެ.

އޭނާގެ ބަސްތަށް:

މާތްﷲ ވަޙީ ކުރައްވަނީ ”  أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا  –  އޭ އީމާންވެއްޖެ މީސްތަކުންނޭވެ!  ތިޔަބައި މީހުން ﷲއަށް ތަޤްވާވެރިވެ ސީދާވެގެންވާ  ބަހަކުން ބަސްބުނާށެވެ. ” މިގޮތަށް ޢަމަލުކުރާމީހުންނަށް މާތްﷲ ދެއްވާ ސަވާބާއި ދަރުމަ ބަޔާންކޮށްދެއްވައި ވަޙީކުރައްވަނީ ” يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ‌ لَكُمْ ذُنُوبَكُمْ  – (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް  އެކަލާނގެ އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ. “

އޭނާގެ ޢަމަލުތައް:

މާތް ﷲވަޙީ ކުރައްވަނީ ”  مَنْ عَمِلَ صَالِحًا مِّن ذَكَرٍ‌ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً   – އީމާންވެގެންވާ ޙާލު، ޞާލިޙު ޢަމަލުކުރާ މީހާ، އެއީ ފިރިހެނަކަށް ވިޔަސް ނުވަތަ  އަންހެނަކަށް ވިޔަސް، ފަހެ ތިމަން ރަސްކަލާނގެ އެމީހަކު ރަނގަޅު ވެގެންވާ ޙަޔާތެއްގައި ދިރުއްވަވާ ހުށީމެވެ.”

އޭނާގެ ޙާލު އަޙްވާލު:

މާތް ﷲ ވަޙީ ކުރައްވަނީ ”  فَاسْتَقِمْ كَمَا أُمِرْ‌تَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ‌      ފަހެ، ކަލޭގެފާނަށް އަމުރު ކުރެއްވުނު ފަދައިން ކަލޭގެފާނުގެ އަރިހުގައި އީމާންވެ، ތަވްބާވެގެންތިބި މީހުންނާ އެކު،  ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ!  އަދި ތިޔަބައި މީހުން ޙައްދު ފަހަނަޅާ ނުދާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ތިޔަބައިމީހުން ކުރާ ޢަމަލުތަކަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “

އިސްވެ ދެންނެވި ކަންތައްތައް ކުރެވޭނީ މާތްﷲ އަށް ކިޔަމަން ގަތުމާއި މުންކަރާތްތަކާ ދުރުހެލިވުމަށް ދަހިވެތިވެ ގަދައަޅާ މަސައްކަތް ކުރުން މަތީގައި ދެމިހުރެގެންނެވެ.

ޙައްޖަކީވެސް ޖިހާދެކެވެ. އެކަމަކުއެއީ އެކަމުގެ ތެރޭގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޖިހާދުގެ ތެރޭގައި ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާއި، ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދާއި ، ޤައުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ. އޭގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަ ކަމަށްޓަކައި ކުރެވޭ ޖިހާދުވެސް ހިމެނެއެވެ.

ޙައްޖުގެ މަނާސިކު ތަކަކީ އުއްމަތުގެ އެއްބައެއްވަންތަކަން ކަށަވަރު ކޮށްދޭ ކަމެކެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ އަޅުކަންތަކާއި ތަލްބިޔާއާއި އިޙްރާމު ހެދުމުން ފެނިގެންދަނީ މިއުއްމަތުގެ މަތިވެރިކަމާއި އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތު ކަމާއި، ބަހުގެ ތަފާތު ކަމާއި ،ކުލައިގެ ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ.

އިސްލާމީ އުއްމަތުގެ ކާމިޔާބީތަކާއި ،މަތިވެރިކަމާއި ،އައުދާނަކަން އޮތީ މި އެއްބައި ވަންތަކުގެ މަތީގައެވެ.  ﷲ ތަޢާލާ  ވަނީ އަޅުގަނޑުމެންނަށް ބައިބައިވެގެން ނުދިއުމަށް އަންގައިފައެވެ. މާތް އަންގަވަނ ” وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِ‌يحُكُمْ  –  ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. އޭރުން ތިޔަބައިމީހުން ނާކާމިޔާބު ވެދާނެއެވެ. އަދި ތިޔަބައި މީހުންގެ ބާރު ނެތި ހިނގައިދާނެއެވެ.”

އިސްލާމްދީނުގެ ދުޝްމަނުން އެމީހުންގެ ރޭވުންތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށްޓަކައި މި އެއްބައިވަންތަކަށް ނަގައިލުމަށް ފިޔަވަޅު އަޅައިފައިވެއެވެ. މުސްލިމުންގެ އެއްބައިވަންތަކަމުގެ ބާރާއި ނުފޫޒު އެމީހުންނަށް ފެނިފައިވާތީއެވެ. މިހެންވެ ހުރިހާ ޒަމާނެއްގައިވެސް އިސްލާމްދީނުގެ ދުޝްމަނުން މަސައްކަތްކޮށްފައިވަނީ މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށެވެ. އެމީހުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމަށެވެ. މުސްލިމުން ޣާފިލުކަމާއި ޖާހިލުކަންމަތީ ބައި ތިއްބުމަށް ޓަކައެވެ. އެމީހުންގެ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ބޭނުމުގައެވެ.

ޢަރަފާތުގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުކޮޅަކީ މިއެއްބައިވަންތަކަމުގެ ޢަމަލީ ތަމްރީނުތައް ލިބިގަންނަ ވަގުތުކޮޅެކެވެ. ޙައްޖުވެރިޔާ ޤައުމަށް އެނބުރި ގޮސް ޙައްޖު މޫސުމުގައި އުޅުނު ރިވެތި އަދި މާތް އަޚްލާޤުގެ މަތީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ޙައްޖުގެ އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. އޭނާގެ ހުރިހާ މުޢާމަލާތުތަކާއި ސުލޫކެއްގައި ލެވިފައި ހުންނަން ޖެހޭނީ މިއަޚްލާޤުގެ ދަވާދެވެ.

އާސެނަލް އިން ޗެމްބަލެއިން ބަހައްޓަން ބޭނުންނުވޭ

އާސެނަލްގެ އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ޗެލްސީއަށް ބަދަލުވުމަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކާއި ހަމަޔަށް އާދެވިފައިއޮތުމަށްފަހު އެ އެއްބަސްވުމަށް އިންކާރުކުރުމުން އާސެނަލްއިން ޗެމްބަލެއިން ބަހައްޓަން ބޭނުންނުވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

ބެލެވޭގޮތުގައި އާސެން ވެންގާރ ޗެމްބަލެއިންއަށް ކުރާ އިތުބާރު ގެއްލިފައިވާއިރު އާސެނަލްގައި ޗެމްބަލެއިންއަށް އިތުރަށް ހުރުމުގެ ފުރުސަތު ކުލަބުން ދޭކަށް ބޭނުމެއް ނުވެއެވެ. ދެން ޗެމްބަލެއިންއަށް އޮތް ހަމައެކަނި ފުރުސަތަކީ ޕްރެމިއާރ ލީގުގެ ވާދަވެރި ލިވަޕޫލްއެވެ.

ޗެލްސީއާއި އާސެނަލްއިން ޗެމްބަލެއިންގެ ޓްރާންސްފާރ ނިންމައިގެން ތިބިނަމަވެސް ހަބަރުލިބޭގޮތުގައި އެންމެ ފަހު ވަގުތުގައި މި ޓްރާންސްފާރއަށް އިންކާރުކުރީ ޗެމްބަލެއިންއެވެ. ޗެމްބަލެއިން ޗެލްސީއަށް ބަދަލުނުވި ވަކި ސަބަބެއް އަދި އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ލިވަޕޫލްއިންވެސް ޗެމްބަލެއިން ގަތުމަށް ޝައުގުވެރިވާކަމަށް އެތައް ފަހަރެއްގެ މަތިން ރިޕޯޓްކުރެވިފައިވާއިރު ލިވަޕޫލްއިން ޗެމްބަލެއިންއަށްޓަކައި ހަރަދުކުރަން ތައްޔާރަށް އޮތީ ޗެލްސީއިންވެސް ހުށަހެޅި 35 މިލިއަން ޕައުންޑް ނުވަތަ އެއަށްވުރެވެސް ދަށް އަގެކެވެ.

ޗެމްބަލެއިންއަކީ އިނގިރޭސިވިލާތުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ޒުވާން އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކުދެކޭއިރު ލިވަޕޫލްއަކީ ޗެލްސީއަށްވުރެ ޗެމްބަލެއިންއާއި މާގުޅޭނެ ކުލަބެއްކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ގާސިމް ބޭސްފަރުވާ އަށް ބޭރަށް ނުފޮނުވަން އެތަށް ބަހަނާތަކެއް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ މައްސަލަ އަކީ މިހާރު އެންމެ ކަންބޮޑުވުމާއެކު ގިނަ ބަޔަކު ފާހަގަކުރަމުން އަންނަ އެއްކަމެވެ. އެމަނިކުފާނު ބޭސްފަރުވާއަށް ފޮނުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާއިރު، އެ އަމުރު ތަންފީޒު ކުރަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ގާސިމް އިންރާހީމް ބޭސްފަރުވާއަށް ނުފޮނުވަން ސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާގައި “ހަފުތާ” އަށް މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެއޮފިޝަލް އެދުވަހު ހިއްސާކުރި މައުލޫމާތާއި  ގުޅޭ ކަންތައްތައް މިހާރު ވަނީ ފެންމަތިވާން ފަށާފައެވެ.

ގާސިމް ބޭސްފަރުވާއަށް ފޮނުވުމުގެ ބަދަލުގައި އެމަނިކުފާނު ބޭސްފަރުވާއަށް ފޮނުވުން ލާޒިމްކޮށް ނެރެފައިވާ އަމުރު ދައުލަތުން އިސްތިއުނާފުކުރީއެވެ. އެއީ ކުރެވޭނެ އަމުރެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޖުމްހޫރީޕާޓީންވެސް މިއަދު ވިދާޅުވީ އަމުރު އިސްތިއުނާފު ކުރުމަކީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވުން ލަސްކުރަން ޖެހޭ ސަަބަބެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރު އެގޮތަށް އޮތުމުން ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ލަސްވަމުން ދަނީ ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް ވެސްޖުމްހޫރިޕާޓީން  ވިދާޅުވިއެވެ.

ގާސިމް ބޭސްފަރުވާއަށް ނުފޮނުވައި، ބޭސްފަރުވާއަށް ފޮނުވާނެ ކަމުގެ ދަޅަ ދައްކައިގެން އެކި އެކި ބަހަނާތައް ސަރުކާރުން މިހާރުވެސް ދައްކަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ދައްކާނެ ބަހަނާތައް އިތުރުވާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސަރުކާރުން އެގޮތަށް ނިންމިނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އުޅެނީ އެކަން ސިއްރުކޮށްގެނެވެ. ނޫސްތަކުން ސުވާލުކުރުމުން ވެސް އެކަމުގައި ސާފު ޖަވާބެއް އެ ސާވިސް އިން ނުދެއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ދަނީ ފުރިހަމަކުރަމުންނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަނީ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.އިޖްރާތްތަކެއްގެ ވާހަކަތަކެއް ނެތެވެ.

ގާސިމް ބޭސްފަރުވާ އަށް ފޮނުވުމުގައި ފުރިހަމަކުރަންޖެހެނީ ކޮން އިޖުރާއަތުތަކެއް ކަމެއް މީޑިއާތަކާއި އާންމު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ވެސް ކަރެކްޝަނަލް ސާވިސް އިން ކުރާނެ ކަމެއް ނޫން ކަމަށާއި ހަމައެކަނި އިޖުރާއަތުތައް ފުރިހަމަ ކުރަނީއޭ ކިޔައިގެން، ގާސިމް ބޭސްފަރުވާއަށް ފޮނުވަން އުޅޭކަން ދައްކަން އެ ސާވިސް އުޅޭ ކަމަށް މައުލޫމާތު ހިއްސާކުރި ފަރާތުން އެދުވަހުވެސް ބުނެފައިވެއެވެ. އެހެންކަމުން މިއަދު މިދަނީ އެހުރިހާވާހަކަތަކެއް ހަގީގަތަކަށްވެ ސަރުކާރަށް ކުރާ އިތުބާރު އިތުރަށް ގެއްލެމުންނެވެ.

ރައީސް މައުމޫންގެ ދެކަނބަލުން ފާރިސްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ޖަލުގައި އޮންނެވި ދަރިކަލުން އަހުމަދު ފާރިސް މައުމުނާ ބައްދަލުކުރައްވައިފިއެވެ.

ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ހާލު ރަނގަޅު ކަމަށާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ވެސް އެހީތެރިވަމުން އަންނަ ކަމަށެވެ.

އިންސާފެއް ނެތް މައްސަލައެއްގައި އީދުގައި ވެސް ފާރިސް އޮންނަން ޖެހިފައި ވަނީ ޖަލުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ޓްވީޓުގައި ފާރިސް މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައެވެ. ރިޝްވަތު ދިނުމުގެ ދައުވާ މިހާރު ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.