ގިނަ ގިނައިން ޗުވިންގަމް ހަފަންވީ

ޗުވިންގަމަކީ މިފަހަކަށް އައިސް އާންމު ގޮތެއްގައި ކުޑަ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ޗުވިންގަމްގެ ސަބަބުން ތިމާއަށް ނޭގުނު ނަމަވެސް ހަށިގަނޑަށް ބައެއް ކަހަލަ އާދަޔާޚިލާފް ފައިދާކުރާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިގޮތުން ޗްވިންގް ޗުވިންގަމް ކެއުމަކީ މީހާގެ ސަމާލުކަން އިތުރުކޮށްދީ ހަދާން ގަދަކޮށްދޭ އެއްޗެއްކަމަށް އެތައް ދިރާސާއަކުން ވަނީ ދައްކުވައިދީފައެވެ.

އެގޮތަށް ދިމާވާ ސަބަބަކީ ޗުވިންގަމް ހެފުމުން ސިކުނޑިއަށް ފޯރާ ލޭގެ މިންވަރު ނުވަތަ ބްލަޑް ފްލޯވ އިތުރުވާތީއެވެ. ސިކުނޑިއަށް ފޯރާ ލޭ އިތުރުވުމުން ސިކުނޑިއަށް ލިބޭ އޮކްސިޖަންވެސް އިތުރުވާއިރު މިކަމުން ސިކުނޑި މަސައްކަތްކުރާ މިންވަރު އިތުރުކޮށްދީ ހަދާން ގަދަވުމުގެ އިތުރުން އެހެނިހެން ކޮގްނިޓިވް ބޭނުންތަކަށް ސިކުނޑި މަސައްކަތްކުރާ މިންވަރު އިތުރުކޮށްދޭކަމަށް މި ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

ޗުވިންގަމް ހެފުމުގެ ސަބަބުން އާންމުކޮށް ހެދުނުހޭލެވޭގަޑިއަވަސްވެ  ދުވަހުގެ ބުރަ ކަންކަމާއިގެން އުޅުމަށް ފަސޭހަކުރުވައިދޭކަމަށްވެސް  ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. މިގޮތުން ޗުވިންގަމް ހެފުމުން މޫނުގެ އިތުރުން ސިކުނޑީގެ ނާރުތައް ސްޓިމިއުލޭޓްވެ ހޭލުމަށް ފަސޭހަކޮށްދޭކަމަށްވެސް ޗުވިންގަމް ހެފުމައި ބެހޭގޮތުން ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މި ދިރާސާތަކުން ވަނީ ދައްކުވައިދީފައިވާއިރު، އަދި ދިރާސާކުރި ފަރާތްތަކުން ބުނެފައިވަނީ ހެފުމަށް އެންމެރަގަޅވެސްީ މިންޓް ފްލޭވާރގެ ޗުވިންގަމް ކަމަށެވެ.

ޗުވިންގަމް އަކީ އެ ހެފުމުން ދަތްވެސް ސާފުކޮށްދޭ އެއްޗެއްކަން ދަންނަން އެހެންނޫންތޯއެވެ.؟ އެހެންކަމުން މިކަމަށް އެންމެ ރަނގަޅީ ހަކުރު ނުހިމެނޭ ޗުއިންގަމެވެ.އަދި  އަނގައިން ވަސް ކަނޑުވައިދިނުމަށްވެސް ޗުއިންގަމް މުހިންމު ރޯލެއް އާދާކުރާއިރު  ސިގިރޭޓްބޯ ފަރާތްތަކަށް އެކަމުން ސަލާމަތްވެ ދުރުވުމަށްވެސް ޗުއިންގަމް ވަރެއް ނެތެވެ.

އަނަސް މަރާލާފައި ވަނީ އޮޅުމަކުން: ފުލުހުން

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލާފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު ސާމިހު ވިދާޅުވީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:09 ހާއިރު ހަނދުވަރުދޭ ގޯޅިން ލިޓަސް ގަރާޖަށް ވަދެ ނުކުމެ ހަދާ ދޮރާ ދިމާލު މަގުމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އެކަނި އަނަސް އިންދައި ހަތަރު ސައިކަލެއްގައި ފާޅުކަން ބޮޑުގޮތެއްގައި ވަޅި ހިފައިގެން އަށް މީހަކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އެންޒަރު ފެނިފައި އަނަސްގެ ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން ދުވެފައި ލިޓަސް ގަރާޖު ތެރެއަށް އޭނާ ވަނުމުން އެމީހުން ގޮސް ވަޅިން ހަމަލާދީފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަށް މީހުންގެ ގްރޫޕުން ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެހެން ގްރޫޕަކަށް ނިސްބަތްވާ ބަޔަކު އެތަނުގައި ތިބިކަމުގެ މައުލޫމާތު ލިބިގެން އެމީހުން މަރާލަން ތައްޔާރުވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުން އެ ސަރަހައްދަށް ދިޔުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން އެ ގްރޫޕް މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އަނަސް އަށް ހަމަލާދިނުމަށްފަހު އެ މީހުން ދިޔުމުން އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު އޭނައަށް އެހީތެރިވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އެ މީހުން މޫނު ނިވާކޮށްގެން ތިބިކަމަށް ވިޔަސް އެ އެންމެން މިހާރު ވަނީ ހައްޔަރުކޮށް ދައުވާ އުފުލާފައި ކަމަށް ސާމިހު ވިދާޅުވިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މަރާލާނެ ކަމުގެ އިންޒާރު އައިއެސް އިން ދީފި

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ  ޕޯޗުގަލް ގެ ތަރި އަދި ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މަރާލާނެ ކަމުގެ އިންޒާރު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ދީފިއެވެ.

އައިސްޖަމާއަތުގެ ޚަބަރުފަތުރުވާ ވަސީލަތްތކާއި ހަވާލާދީ އިގިރޭސި ވިލާތުގަ ނޭރޭ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އައިއެސް ޖަމާއަތުން ނެރުނު ޕްރޮޕެގަންޑާ ޕޯސްޓަރެއްގައި އެޖަމާއަތުގެ  ހަނގުރާ މަވެރިއަކު ރޮނާލްޑޯ ރަހީނުކުރުމަށްފަހު އޭނާ މަރާލަން އުޅޭތަން ދައްކާފައިވާކަމަށެވެ. އެގޮތުން އައިސް ޖަމާއަތުން އެންމެފަހުން އާންމުކޮށްފައިވާ އެ ފޮޓޯގައި ފެނިގެން ދަނީ މޫނު ނިވާކޮށްގެން ހުރި ހަނގުރާމަވެރިއަކު ކަކޫ ޖަހައިގެން އިން ރޮނާލްޑޯގެ ފަހަތުގައި ކޮޅަށް ހުންނަ ތަނެވެ.އަދި އެހަގުރާމަ ވެރޔާއަތުގައި ވަޅިއެއް އޮތް ތަންވެސް ފެނެއެވެ.

ހަގުރާމަވެރިން އާންމުކޮށްފައިވަ ޕޯސްޓަރ:

ޕޯސްޓަރުގައި ވަނީ “އަހަރެމެންގެ ބަހަކީ ކަލޭމެންނަށް ފެންނަ އެއްޗެއް އަދި އެއީ އެޑު އިވޭ އެއްޗެއް ނޫން. އެހެންވީމަ ކަލޭމެން މަޑުން ތިބޭ. އަހަރެމެން މިތިބީ މަޑު ކޮށްގެން” އެވެ.

އައިއެސް ޖަމާއަތުން މިދިޔަ ހަފްތާގައި ނެރުނު ޕޯސްޓަރެއްގައި ލިއޮނަލް މެސީގެ ކަރު ބުރިކޮށްފައިވާތަން ވަނީ ދައްކާފައެވެ. އަދި އޭނާގެ މަރުވެފައިވާ ހަށިގަނޑު ކައިރީގައި ބްރެޒިލްގެ ފޯވަޑް ނޭމާ ރޯން ހުންނަ ތަން ވަނީ ދައްކާފައެވެ. މީގެ އިތުރުން އެ ޖަމާއަތުން ނެރުނު ޕޯސްޓަރެއްގައި މެސީ ޖަލަށްލާފައި ހުންނަތަން ވެސް ވަނީ ދައްކާފައެވެ.

އަދި އެޖަމާއަތުން ވަނީ 2018ވަނައަހަރު ރަށިޔާގައި އޮންނަ ވޯލްޑުކަޕް ފުޓްބޯލަ މުބާރާތަށް އަމާޒުކޮށް ނުރައްކާތެރި ބޮޑެތި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.އަދި މިއިންޒާރުތަކާއި ގުޅިގެން ރަޝިއާގެ ވޯލްްޑްްކަޕްގެ ސަލަމަތީކަންކަންބަލަހައްޓާ ފަރާތްތަކުން ވަނީ މުބާރާތުގެ ސަލާމަތީ ކަންތަށްތަށް އިތުގުނައަކަށް މައްޗަށް ޖައްސާނެކަމަށް ބުނެފައެވެ.

 

ދިރާގަށް 210މިލިޔަން ރުފިޔާގެ ފައިދާ އެއް ލިބިއްޖެ

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގަށް ތިންވަނަ ކުއާޓަރުގައި 210މިލިޔަން ރުފިޔާގެ ފައިދާ އެއް ލިބިއްޖެއެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުޏަށް އާމްދަނީގެ ގޮތުގައި ީ 651މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އަދި މިއީ މިދިޔަ 2016ވަނައަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ 3 އިންސައްތަ އިތުރު އަދަދެކެވެ.

އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 209 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 626 މިލިއަން ރުފިޔާ ދިރާގަށް ވަނީ ލިބިފައިވެ އެވެ.

ދިރާގުގެ ހިއްސާއަކަށް މިިދިޔަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77ރ ރ. އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 2.75ރ. އެވެ،

ތިންވަނަ ކުއާޓަރުގައި ދިރާގުން ވަނީ ވަރަށް ގިނަ އާ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. މިގޮތުން “ދިރާގު ޓީވީ” ގެ ހިދުމަތް ވަރުގަދަ ކުރުމާއި ޒުވާނުންނަށް ހާއްސަކޮށް ގިނަ ހިދުމަތްތަކެއް ގެނެސް ދިނުން ހިމެނެ އެވެ. މީގެ ތެރޭގައި މަޝްހޫރު “ޔޮންޓާމިއުޒިކް” ރާއްޖެއަށް ގެނެސް ދިނުމުގެ އިތުރުން ރާއްޖޭގެ  ގިނަ ރަށްރަކަށް ފައިބާ ޓު ހޯމް (އެފްޓީޓީއެޗް) ގެ ހިދުމަތް ވެސް ދިރާގުން ވަނީ ދީފައެވެ.

މޫސުން ގޮސްވުމާއި ގުޅިގެން ވައިޓް އެލާޓް ނެެރެފި

ރާއްޖޭގެ ބައެއް ސަރަހައްދަކަށް މޫސުން ގޮސްވުމާއި ގުޅިގެން ވައިޓް އެލާޓް ނެެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައި ވަނީ  ތ. އަދި ބ އަތޮޅުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ބުނެފައިވާގޮތުގައި، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެއެވެ. އެހެން ނަމަވެސް، އެހެންހިސާބުތަކުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް ބުނެފައިވާއިރު، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް ވެސް ބުނެފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެންހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭހެނެކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ބުންޏެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިވަރަކަށް ގަދަވާނެކަމަށެވެ.

ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކުރީ ރަނގަޅަށް: ހައިކޯޓް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބައްލަވާ ބެންޗު ބަދަލުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން އެގޮތަށް ނިންމިއިރު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެކަމުގައި ގޮތް ކަނޑައަޅާނީ ހައިކޯޓުން ކަމަށެވެ.

ރިޝްވަތު މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓި މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ އެތައް މަހެއް ވެފައިވާއިރު، މައްސަލަ ނިމިފައިނުވާތީ ފާރިސްގެ އާއިލާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކުރީގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.

މިހާރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

 

 

ތިން މެމްބަރުން ވަކިކުރިކަން މަޖިލީހަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމް އިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

އެ ތިން މެމްބަރުން ޕީޕީއެމް އިން ވަކިކޮށްފައި ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެކުރިން ވެސް ޕީޕީއެމް އިން ވަނީ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ވަކިކޮށްފައެވެ. ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުންގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމައި އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެ ބޭފުޅުން މެމްބަރުކަމުން ވަކިވި ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ބައި އިލެކްޝަން ބާއްވައިފިމަ އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.

އިލްމުވެރިން ކަންކަން ކުރަންވާގޮތް އެނގޭނީ ޖާހިލުންނަކަށް ނޫން: އަލީ ރަމީޒު

ދީނީ އިލްމުވެރިން ކަންކަން ކުރައްވާ ގޮތް އެނގިވަޑައިގަންނަވާނީ ޖާހިލުންނަކަށް ނޫން ކަމަށް ޖަމްއިއްޔަތުލް ސަލަފުގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ރޭ އިލްމުވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ނުދީސާކޮށް ރައްދުދެއްވައި އަލީ ރަމީޒު ވިދާޅުވީ އިލްމުވެރިން ކަންކަން ކުރަންވާގޮތް އެނގޭނީ އިލްމުވެރިންނަށް ކަމަށެވެ.

އަލީ ރަމީޒު ވިދާޅުވީ އިސްލާމްދީނަށާއި އެ ދީނުގެ އިލްމުވެރިންނަށް ފާޑުކިޔުމަކީ އާ ކަމެއް ނޫން ކަމަށެވެ.

ޖަމްއިއްޔަތުލް ސަލަފުގައި މަސައްކަތް ކުރައްވާ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ޙަސަން މޫސާ ފިކުރީ ވެސް ވަނީ ނުސީދާކޮށް ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވާފައެވެ. ފިކުރީ ވިދާޅުވީ މީހަކަށް އޭނާގެ ދޫ ފިޔަވައި އަދާވާތްތެރިއަކު ނުވާ ކަމަށެވެ.

ދީނީ އިލްމުވެރިންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ރޭ ވިދާޅުވީ އެންމެ ބޮޑެތި ޖާހިލުންނަކީ އެއީ ކަމަށާއި ކަނޑައެޅިގެން އެނގިތިބެ މީހުން މަގު ފުރައްދާ މީހުން ވާވައްދަން ފަތުވާ ދިނުމަކީ އެންމެ ބޮޑު ޖާހިލު އަމަލު ކަމަށެވެ.

ޤައުމަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކަށް ޖާގަ ނުލިބޭނެ: ރައީސް

ޤައުމަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ އެއްވެސް މީހަކަށް މިޤައުމުން ޖާގަ ނުލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން “ފިޔާތޮށި ޖަގަހަ”ގެ ނަމުގައި  މާފަންނުގައި ހުޅުވި އެޕަޓީގެ ޖަގަހަ ހުޅުވައިދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ މި ޙަރަކާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވިދާޅުވީ ދިވެހި ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް މިއީ ދިވެހިން ފަޚުރުވެރިވާ ޤައުމެއްކަމަށާއި، މިބިމަކީ ކާބަފައިންގެ ޖިހާދާއި އެމީހުންގެ ޤުރުބާނުގެ ލެއިން ތަތްތެޅިފައިވާ ބިމެއްކަމަށްވާތީ މިބިމުގެ ޙައްޤު އެންމެހާ ދިވެހިންނަށް ލިބުނު ނަމަވެސް ގައުމަށް ގެއްލުންވާގޮތަށް މަސައްކަތް ކުރާ މީހަކަށް މިގައުމުގައި ޖާގަ ނުލިބޭނެކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ބައެއް ޝޭޚުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޮތް ކަނޑައެޅިގެން އެނގިތިބެ އަމިއްލަ ފައިދާއަށްޓަކައި ބައެއް ދީނީ ޝޭހުން ނަޝީދު ވެރިކަމަށް އިންތިހާބު ކުރަން2008ގައި  މަސައްކަތްކޮށްފައިވާ ކަމަށާއި، އެގޮތުން ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އޮތް ބަޔަކަށް ވާތީ، އެމީހުންގެ އެންމެ ހިމަ ނާރުތަކުގައި ޖަހާ ވިންދާ އޭރު ޝޭޚުން ކުޅޭލަފައިވާކަމަށެވެ.

ރޭގެ ހަރަކާތުގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނު ތަކުރާރުކޮށް ދައްކަވާ އެއްވާހަކައެއް  ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ  ސަރުކާރުގައި ސިޔާސީ މީހަކު، ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރު ކޮށްފައިނުވާނެކަމަށާއި، ސިޔާސީ މީހަކު ހައްޔަރު ކުރެވިފައި ވާނަމަ ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ތަންފީޒު ވާނީ ޝަރީޢަތުގެ ހަމަތަކުގެ މަތިން އެމީހަކު ކުރި ކުށަކާ ގުޅިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

“ފިޔާތޮށި ޖަގަހަ”އަކީ މިފަހުން ޕީޕީއެމްއިން ހުޅުވި ތިންވަނަ ޖަގަހަ އެވެ. މީގެކުރިން “ރާސްޓަސް ޖަގަހަ” އާއި މާލޭހިޔާ ހުސްބިމުގައި “ރުމާޅު 2 ޖަގަހަ” ވެރިކަންކުރާ ޕަޓީ ޕީޕީއެމުން ވަނީހުޅުވާފައިވެ އެވެ.

ފުލުހުންގެ ބައެއް މަގާމުތަކަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް

ފުލުހުންގެ ބައެއް މަގާމުތަކަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް އަށް ޤާނޫނީ ލަފާދެއްވާ ލީގަލް ކައުންސިލާ ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އެމަގާމަށް ވެސް މިހާރު ވަނީ އާބޭފުޅަކު އައްޔަން ކުރައްވާފައެވެ މީގެ އިތުރުން  މިފަހަރު އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފުލުހުންގެ އެންމެ މުހިންމު ޑިޕާޓްމަންޓް ކްރައިމް އިންވެސްޓިގޭޝަންސްގެ ޑެޕިއުޓީ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ވަނީ އެމަގާމުން ދުރުކޮށްފައެވެ. އެމަގާމަށް އަލަށް ހަމަޖައްސާފައި ވަނީ ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު އެވެ.

ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ހަމަޖެއްސީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯގެ މަގާމަށެވެ. އެއީ މާބޮޑު ޒިންމާއެއް އަދާކުރައްވަން ނުޖެހޭ މަގާމެކެވެ.

އިންފޮމޭޝަން އަދި ކޮމިޔުނިކޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑަކަށް، ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝުހާދު މިހާރު ހަމަޖައްސާފައި ވާއިރު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ބޭފުޅާ މަގާމުން ދުރުކޮށް އެމަގާމަށް ސްޕްރިންޓެންޑެންޓް ހަސަން ހަނީފު ވަނީ އައްޔަން ކޮށްފައެވެ.

ފުލުހުންގެ އިސް މަގާމުތަކަށް އަވަސް އަވަހަށް ބަދަލުތައް ގެންނަމުން ދާއިރު ބައެއް އޮފިސަރުންނާއި މެދު ފިޔަވަޅު އަޅާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވެސް ވެއެވެ.