މިހާނަތަށް ކަނޑުމަތީގެ ނުރައްކާތެރި 14 ހާދިސާއެއް ވަނީ ހިނގާފައި: އެމްއެންޑީއެފް

މިހާތަނަށް ކަނޑުމަތީގެ ނުރައްކާތެރި 14 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 ހާދިސާއެއް ހިގިތަނަކަށް ކޯސްޓް ގާޑުން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

ކޮޅިގަނޑުގައި 55 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުކަށް އިލްތިމާސްކޮށްފައެވެ.

އުޅަދަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް މުދާ އަދި މީހުން ނޭރުވުމަށާއި ދަތުރު ކުރާ އިރު މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ހަމަކޮށްގެން ދަތުރު ކުރުމަށް ވެސް ޑިޒާސްޓާ މެނެޖްމަންޓް ސެންޓަރުން އިލްތިމާސް ކުރެއެވެ.

ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް: މެޓް

ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމުގައި ގައުމީ މޫސުމާއި ބެހޭ އިދާއިން ބުނެފިއެވެ.

ސްރީ ލަންލާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ސްރީ ލަންކާގެ ހުޅަނގުގައި ހުރި ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނގު އުތުރަށް ޖެހެމުންދާއިރު އޭގެ ވިލާތައް ރާއްޖޭގެ މައްޗަށްވެސް އަރާ ގަދަވަޔާއެކު ވިއްސާރަކުރަމުންދާނެ ކަމަށްވެސް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައިވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ކޮޅިގަނޑުގެ ބާރު އަދިވެސް ގަދަވަމުންދާއިރު، ކޮޅިގަނޑުގެ މިސްރާބު ހުރީ ސްރީލަންކާ އަދި ދެކުނު އިންޑިޔާގެ ހުޅަނގު އުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށްކަމަށެވެ.

ލަންކާ ކައިރީގައި ރޭ އުފެދުނު ކޮޅިގަނޑުގައި ގަޑިއަކު 70 މޭލާއި 100 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހިފައިވާއިރު އެކަމުގެ ސަބަބުން އެޤައުމުގެ އެކި ސަރަޙައްދުތަކަށް ގެއްލުންވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ.

މޫސުން ގޯސްވެފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިން ގެއިން ނުނިކުތުމަށް އިލްތިމާސްކޮށްފި

އަވައްޓެރި ސްރީލަންކާއަށް މޫސުން ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން އެގައުމުގައި ދިރިއުޅޭ ދިވެހިން ގެއިން ނުނިކުތުމަށް އިލްތިމާސްކޮށްފިއެވެ.

ލަންކާ ސަރަހައްދުގައި މިވަގުތު އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން އެގައުމަށް ކުރަމުންދާ ވިއްސާރައާއިގުޅިގެން ރައްކާތެރިވެ ތިބުމުގެ ގޮތުން މިވަގުތު ލަންކާގައި ތިބޭ ދިވެހިން ގެއިން ނިކުތުމަށް އިލްތިމާށް ކުރެއްވީ އެގައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ.

ލަންކާގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 12 ގަޑިއިރަށް ލަންކާއަށް ރެޑް އެލާޓް ނެރެފައެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވާނެ ކަމަށް އެގައުމުގެ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާކަމަށްވެސް މުންދު  ވިދާޅުވެފައިވާއިރު ލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެތީ ރައްކާތެރިވެ ތިބުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމް ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މާތްވެގެންވާ އިސްލާމް ދީނަކީ، އެންމެ ފުރިހަމަ ދީންކަމަށާއި، ދިވެހިންނަކީ މި މަތިވެރި ހިދާޔަތުގައި ދެމިތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމް ދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކީރިތި ރަސޫލުﷲ صـلّى الله علـيـه وسـلّمގެ ޢީދު މިލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިފަދަ މުނާސަބަތެއް އިޙްތިފާލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުމަށާއި، އެ މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުމަށްކަމަށާއި، އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަދި މާތްﷲގެ ރިސާލަތު މީސްތަކުންގެ ތެރޭގައި ފެތުރުއްވުމުގައި ކީރިތި ރަސޫލުﷲ صلّى اللّــه عليه وسلّم އަށް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ތަޙަންމުލު ކުރައްވަން ޖެހިވަޑައިގެންނެވިނަމަވެސް، އެކަލޭގެފާނު އެ ދެއްކެވި ހިތްވަރުފުޅުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ ޢިބްރަތްތެރި ފިލާވަޅުތަކެއްކަމަށާއި، އޭގެ ނަތީޖާއަކަށްވީ، އިސްލާމީ އުންމަތަކީ މުޅިދުނިޔޭގެ އެންމެން ޤަދަރުކުރާ، އިޙުތިރާމުކުރާ، ޢިލްމީގޮތުންނާއި، ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެމާތް އުންމަތަށް ވެގެންދިއުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އައިފޯން އެކްސް ދިރާގުން މިރޭ ވިއްކަން ފަށަނީ

 އެންމެ ފަހުގެ އައިފޯން “އައިފޯން އެކްސް” ވިއްކަން ރާއްޖޭގައި މިރޭ ފަށާނެކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ޕްރިއޯޑާ ނަގަން ފެށި”އައިފޯން އެކްސް” މިރޭ ދިރާގު ހެޑް އޮފީހުގައި ވިއްކަންފަށާއިރު ފޯން ލިބޭނެކަމަށް ގެރެންޓީވެފައި ތިބި މީހުން މިރޭ 10:00 ޖަހާއިރު ފޯނު ހޯދުމަށް ކިއުއަށް އެރުމަށެވެ.

ދިރާގުން ބުނީ ފޯން ވިއްކަންފެށުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ. އަދި އެއަށްފަހު އެކެއް ޑިސެންބަރު ވާ ހުކުރު ވިލޭރޭ (މިރޭ) 12:00 އިން ފެށިގެން ދިރާގުން އައިފޯން އެކްސް ދޫ ކުރާނެކަމަށެވެ.

ދިރާގުން އައިފޯން އެކްސްއަށް ޕްރިއޯޑާ ކުރަން ހުޅުވާތިލާ ގަޑިއެއްހާ އިރު ނުވަނީސް ވަނީ ސްޓޮކް ހުސްވެފައެވެ. ދިރާގުން ބުނީ، ދެން ސްޓޮކް ލިބޭނެ ދުވަހެއް އިގޭނީއަދި ފަހުންކަމަށާއި، ސްޓޮކް ލިބުނުހާ އަވަހަކަށް އެކަން އާއްމުންނަށް އަންގާނެ ކަމަށެވެ.

ދިރާގުން އައިފޯން އެކްސް ނަގާ ކޮންމެ ކަސްޓަމަރަކަށް ހަ މަސް ދުވަސް ވަންދެއް ހަ ޖީބީ ޑާޓާ ހިލޭ ލިބޭނެއެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ގަޑިޔަކު 55މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުއިތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ ދިޔުމުގައި ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ކަނޑުގަދަ ވާނެ ކަމަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ވަނީ ހއ. އާއި އަދި ރ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ބުނެފައެވެ.

މި އަތޮޅުތަކަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ، މިރޭ 3:00 އިން ހެނދުނު 8:00 ޖެހުމާއި ހަމައަށެވެ.

މިއީ މިރޭ މެޓް އޮފީހުން ނެރުނު ތިން ވަނަ އެލާޓެވެ. މީގެ ކުރިން މިރޭ ދެ ފަހަރަކު ނެރެފައި ވަނީ ވައިޓް އެލާޓެވެ. ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ މިރޭ ފުރަތަމަ ނެރުނު އެލާޓްގައި ވަނީ މ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މީގެއިތުރުން ހުވަދު އަތޮޅާއި އައްޑޫ އަތޮޅަށްވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 12:30 އިން ފެށިގެން ހެދުނު 6:00 އަށެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުނީ މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

ޔެލޯ އެލާޓް އަކީ މޫސުން ގޯސްވެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ލިބިދާނެތީ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އަންގާ އެންގުމެކެވެ.

ގްރީޒްމެން އެންމެފަހުން ބާސެލޯނާއަށް މުހުލަތެއްދީފި

ސްޕެއިންގެ ބާސެލޯނާއިން އެތްލެޓިކޯ މެޑްރިޑުގެ ތަރި އެންޓޯން ގްރީޒްމެން ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ގްރީޒްމެން ބާސެލޯނާއަށް މުހުލަތެއް ދީފިއެވެ.

ގްރީޒްމެން މި ދިން މުހުލަތުގެ މައުލޫމާތު ރިޕޯޓްކުރި ޑޮން ބެލޮން ނޫހުން ހާމަކޮށްފައިނުވާއިރު ގްރީޒްމެން ވަނީ ބާސެލޯނާއަށް އޭނާގެ 100 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް ވީހާވެސް އަވަހަށް ދެއްކުމަށް ގޮވާލައިފައެވެ.

ގްރީޒްމެން ވަނީ ބާސެލޯނާއިން އެގޮތަށް އަމަލުނުކޮށްފިނަމަ އޭނާ މެންޗެސްޓާރ ޔުނައިޓެޑުގެ ހުށަހެޅުމާއި ދޭތެރޭ ވިސްނަން ޖެހިދާނެކަމަށް ބުނެފައިވާކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ގްރީޒްމެން އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސެންޓަރ ފޯވަޑަށް ވާއިރު އޭނާ ވަނީ އެތްލެޓިކޯ މެޑްރިޑުގައި ހުރެ އޭނާއަށް ބެލޮން ޑި އޯ ފަދަ މަގާމުތަކަށް ވާދަނުކުރެވޭނޭކަމަށް ނިންމައިފައެވެ. އަދި އޭނާ މިކަން ކުރުމަށް ސްޕެއިން ދޫކޮށްލަން ބޭނުންނުވާއިރު އޭނާ އެންމެ ދާންބޭނުންވާ ޓީމަކަށް މިވަގުތު ސްޕެއިންގައި އޮތީ ބާސެލޯނާއެވެ.

އެހެންނަމަވެސް ބާސެލޯނާއިން ގްރީޒްމެން ގެންނަން މާ ގިނަ މަސައްކަތްތަކެއް ކުރަމުންނުދާކަމަކަށް ބައެއް ރިޕޯޓްކުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ލުއިސް ސުއަރޭޒް ރިޓަޔާކުރަންވާއިރަށް ޒުވާން އެހެން ހުނަރުވެރި ސްޓްރައިކަރުން ހޯދުމަށް ބާސެލޯނާގެ ކޯޗު ވަލްވާރޑޭ ވިސްނަމުންގެންދާކަމަށްވެސް އެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މީގެ ތެރެއިން އެއް ސްޓްރައިކަރަކީ އިޓަލީގެ ޓޮރީނޯއަށް ކުޅެމުން އަންނަ އެންޑިރާ ބެލޮޓީއެވެ.

120 ޓީވީ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

އިންޑިޔާގެ ބޮޑެތި ބައެއް ހޮޓާތަކުން 120 ޓީވީ ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލާއިގުޅިގެން ހޮޓަލުގައި މަސައްކަތްކުރާ މީހުން ތަހްގީގަށް ދީފައިވާބަޔާންތަކަށް ބެލުމަށްފަހު ފުލުހުން ބުނެފައިވަނީ  ޓީވީ ތަށް ވަގަށްނެގިމީހަކީ އެފަދަކަމެއް ކޮށްފާނެ މީހެއްކަމަށް ޝައްކުކުރެވިފައިނުވާކަމަށެވެ.

އަދި އެމީހާ ހޮޓަލުގެ ވަޒިފާއަށްވަތް ފަހުން އޭނާގެ އަހްލާގީ ފެންވަރުވެސް ވަރަށް ރަނގަޅުކަމަށް މުވައްޒަފުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިޔަގެ ނޫސްތަކުގައި ބުނެފައިވަނީ ކޮންމެފަހަރަކުވެސް  ވަސުދޭވް ހޮޓަލަށް ވަނުމަށްފަހު ހޮޓަލުގައި ހުރި ޓީވީގެ ސައިޒު ރަނގަޅަށް ބެލުމަށްފަހު އޭނާ ގެނައި ދަބަހަށް ނުލެވޭ ނަމަ ކޮންމެވެސް ބަހަނާތަކެއްދެއްކުމަށް ފަހު  ހޮޓަލުންބޭރަށް ދިޔުމަށްފަހު އަނެއްކާވެސް އާ ދަބަހެއް ހިފައިގެން އެބުރި އަންނަކަމަށެވެ.

ވަސުދޭވް ނަނައިނަހް ނަމަކަށްކިޔާ އެ މީހާ އަބަދުވެސް ހޮޓަލަށް ވަންނަނީ ބޮޑު ދަބަހެއް ހިފައިގެންކަމަށާއި ޓިވީ ވަގަށްނެގުމުގެ މަސައްކަތް އޭނާކުރާތާ މިހާރު ހަތަރުމަސްވެއްޖެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވަސުދޭވް ހައްޔަރުކުރެވިފައިވަނީ އޭނާ ވަގަށްނެގި ޓީވީތަކުގެ ތެރެއިން ބައެއްޓީވީ ތަކެއް މީހަކަށް ވިއްކުމަށް މަސައްކަތްކުރުމުން އެ މީހާ ފުލުހުންނަށް އެންގެމާއިއެކުގައެވެ.

ބެންގަލޫރުގެ ފުލުހުން ވަނީ އެ މީހާއާއި ދެކޮޅަށް ވައްކަންކުރިކަމުގެ 21 ދައުވާ އުފުލައިފައެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފި

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ރުހުން ދީފިއެވެ.

އެ އެއްބަސްވުމަށް ރުހުން ދިނީ ޖަލްސާގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.

މިރޭގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.

މިއަދު މަޖިލީހުގައި ފުރަތަމަ ފަހަރަށް އެޖެންޑާކުރި އެ އެއްބަސްވުން ކޮމެޓީއަށް ފޮނުވީ ވެސް މިއަދުއެވެ. މިއަދު މެންދުރުފަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރުންގެ ތެރެއިން ބައިވެރިވަޑައިގަތީ ހަމައެކަނި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމެވެ.

މޫސާ ނިޒާރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަފްހާތަކުގެ އަދަދު 1000 އަށް ވުރެ ގިނަ ކަމަށާއި ނަމަވެސް އެ އެއްބަސްވުން ކިޔާލަން ދިނުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެއްބަސްވުން މިރޭ ފާސްވެގެން ދިޔައިރު، އޭގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް އެނގިފައިނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.

 

 

ގިނައިން ރުއިމަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ކަމެއް

ގިނަ މީހުންނަކީ އެމީހެއްގެ ހަޔާތުގައި ވީހާވެސް މަދުން ރޮވޭތޯ ނުވަތަ ނުރޮއެވޭތޯ ބަލާ މީހުންނެވެ. އެހެންނަމަވެސް ބައެއް ތަޖުރިބާކާރު ސައިކޮލޮޖިސްޓުންގެ ވާހަކަވަރަށް ތަފާތެވެ.ސައިކޮލޮޖިސްޓުން ބުނެފައިވަނީ  ގިނަ ގިނައިން ރުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަމުގައެވެ.

އަދި ނުރޮއެ ގަދަކަމުން ކަރުނަ ހިފެހެއްޓުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް ސައިކޮލޮޖިސްޓުން ބުނެފައިވާއިރު ރުއިމަކީ ހަށިގަނޑަށް ފައިދާހުރިކަމެއްކަމަށް ބުނާ އެއް ސައިކޮލޮޖިސްޓަކީ އެމެރިކާގެ ޔޫ.ސީ.އެލް.އޭގައި ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ޑރ. ސްޓެފަން ސިޑެރޮފްއެވެ. ސްޓެފަން ބުނާގޮތުގައި ރުއިމަކީ ތިމާގެ އަމިއްލަ ނަފްސު ތަޅުދަނޑިއަކުން ތަޅެއް ހުޅުވާލާގޮތަށް ހުޅުވާލައިދޭ ކަމެކެވެ.

ޖަޕާނަކީ މިފަދަ ގޮތަކަށް ގިނަ ގިނައިން ރުއިމުން ސިއްހީ ގޮތުން ފައިދާވާކަމަށް ގަބޫލުކުރާ އާދަކާދައެއް އޮންނަ ގައުމެކެވެ. މިގޮތުން ޖަޕާނުގައި       ”  ކްރައިންގް ކްލަބްސް”  ތަށް ހުންނައިރު މިތަންތަނަށް މީހުން ދަނީ ހަމައެކަނި ކަރުނަ އަޅައި ރުއިމަށެވެ.

ކަރުނައިގެ އެކި ވައްތަރު ހުންނަކަމަށް ދިރާސާތަކުން ދައްކުވައިދޭއިރު ރުއިމުގެ ސަބަބުން މީހާގެ ޕެރަސިމްޕަތެޓިކް ނާވަސް ސިސްޓަމް އެކްޓިވޭޓްވެ ހަށިގަނޑުގެ އިހުސާސްތައް ހަމަހަމަކޮށްލައިދެއެވެ.

މީގެއިތުރުން  ރުއިމުގެ ސަބަބުން މީހާގެ ހަށިގަނޑުން ސްޓްރެސް ފިލުވައިދޭކަމަށްވެސް ބައެއް ތަޖުރިބާކާރުން ވަނީ ކަށަވަރު ކަމާއިއެކު  ބުނެފައެވެ. އެހެންކަމުން ތަޖްރިބާ ކޮށްލަން މިވެސް ހަމަ ރަގަޅުކަމެކެވެ.