ވެއްޓުނު ފްލައިޓުގައި ދިޔަ ކެބިންކުރޫއެއްގެ މަންމައަށް ފެނުނު އާދަޔާ ހިލާފު ހުވަފެން!

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ސުމަތުރާއަށް ދިއުމަށް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ކަނޑަށް ވެއްޓި އޭގައި ތިބި އެންމެން މަރުވި ނުރައްކާތެރި ހާދިސާ، ހުވަފެނެއްގެ ގޮތުގައި ފެނުނު ކަމަށް ވެއްޓުނު ފްލައިޓުގައި ދިޔަ ފްލައިޓް އެޓެންޑެއްޓެއް މަންމައަކު ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ޖާވާ ކައިރި ކަނޑަށް ވެއްޓުނު ލަޔަން އެއާގެ ފްލައިޓް، JT610، ގައި ދިޔަ އަލްފިއާނީ ހިޔާދަތީ ނަމަކަށް ކިޔާ ފްލައިޓް އެޓެންޑެއްގެ މަންމަ، ސުކާޓިނީ ބުނި ގޮތުގައި، ފްލައިޓް ވެއްޓުމުގެ ހާދިސާގައި ދެ ދުވަސް ކުރިން އެ ހާދިސާ ސިފަވާ ކަހަލަ ހުވަފެނެއް އޭނާއަށް ފެނުނު ކަމަށެވެ.

އެ ހުވަފެނުގައި އޭނާގެ ގޭގެ ދެވަނަ ބުރީގައި ހުންނަ ފެން ތާނގިއަކަށް ވަލު ކޮތަރެއް ވެއްޓޭތަން ފެންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ދޫނު ސަލާމަތްކޮށް ކޮއްޓަކަށްލި ހަނދާންވާ ކަމަށެވެ.

ނަމަވެސް އެ ހުވަފެނަކީ އޭނާގެ ހަމައެކަނި ހުރި އަންހެން ދަރިފުޅަށް ވެދާނެ ގޮތް ކަމަށް ވިސްނުމަކަށް ވެސް ނައި ކަމަށް އޭނާ ބުންޏެވެ.

ސުކާޓިނީ އޭނާއަށް ފެނުނު އެ ހުވަފެނުގެ ވާހަކަތައް މީޑިއާއަށް ކިޔައިދިނީ، މިދިޔަ ހޯމަ ދުވަހުއެވެ. އޭރު އާއިލާގެ ގިނަ މެންބަރުން ސުކާޓިނީގެ އަންހެން ދަރިފުޅުގެ ހަބަރެއްގެ އިންތިޒާރުގައި އޭނާގެ ގާތުގައި ތިއްބެވެ.

އުމުރުން އެންމެ 19 އަހަރުގެ ފްލައިޓް އެޓެންޑެންޓް، އަލްފިއާނީގެ މަންމަ ބުނި ގޮތުގައި، އޭނާ ފްލައިޓް އެޓެންޑެއްގެ ވަޒީފާއަށް ނުކުތްތާ އަދި ވާނީ އެންމެ ދެ މަހެވެ.

ބޮއިން 737 މެކްސް 8 މަރުކާގެ ލަޔަން އެއާގެ ފްލައިޓް ޖާވާ ކަނޑަށް ވެއްޓުނުއިރު އެ ފްލައިޓުގައި 189 މީހުން ތިއްބެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކާއި ތުއްތު ދެ ކުދިންވެސް ހިމެނެއެވެ. ނަމަވެސް އޭގެން އެއްވެސް މީހަކު ސަލާމަތުން ފެނުމުގެ އުއްމީދު ކަނޑާލާފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑުގެ ބައިބައި ދަނީ ކައިރި ސަރަހައްދުތަކަށް ލައްގަމުންނެވެ.

މައުލޫމާތު: ޖަކާޓާޕޯސްޓް

އިސްތަށިގަނޑު އަވަހަށް ދިގު ކުރަން ބޭނުންތަ؟!

އިސްތަށިގަނޑު ދިގު ކުރުމަކީ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އިސްތަށިގަނޑަށް އެކަށީގެންވާ ރަނގަޅު ޓުރީޓުމަންޓުމަންޓާއި އަޅާލުން ލިބިގެން ކުރެވޭނެ ކަމެކެވެ.

މި ލިޔުމުގައި އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ނުވަތަ އިސްތަށިގަނޑު ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަށް ބަލާލާނަމެވެ.

އިސްތަށިގަނޑުގައި މަޑުމަޑުން ފުނާ އެޅުން

އިސްތަށިގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވެ ފުނާ އަޅާ އިރުވެސް އަޅަން ޖެހޭނީ މަޑުމަޑުން ވަރަށް ބަލައިގެންނެވެ. މާ އަވަސް އަރުވާލާފައި ނުވަތަ މާ ބާރުލާފައި ފުނާ އެޅުމަކީ އިސްތަށިތައް ބުރިވުމަށް މަގުފަހި ކުރުވާ ކަމެކެވެ. ހާއްސަކޮށް ތެތް އިސްތަށިގަނޑެއްގައި ފުނާއަޅާނަމަ އިސްތަށިތައް ހަލާކުވުން ގާތެވެ.

ހަފުތާއަކު ތިން ފަހަރު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވުން

ކޮންމެ ދުވަހަކު އާދަކޮށް ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑު ޑުރައިކޮށްލާނެ ކަމެކެވެ. އެހެންވެ ކޮންމެ ދުވަހަކު ޝޭމްޕޫ ކުރުމުގެ ބަދަލުގައި ހަފްތާއަކު ތިން ދުވަހު ޝޭމްޕޫ ކުރުން ރަނގަޅުވާނެ އެވެ.

ޝޭމްޕޫ ކުރުމަށްފަހު ކަންޑިޝަނާއެއް ބޭނުން ކުރުން

އިސްތަށިގަނޑު ޝޭމްޕޫލައިގެން ރަނގަޅަށް ދޮވުމަށްފަހު ކޮންޑިޝަނާއެއް ބޭނުން ކުރުން ރަނގަޅެވެ. އޭރުން ޝޭމްޕޫ ކުރުމުގެ ސަބަބުން އިސްތަށިގަނޑުން ގެއްލުނު ތެޔޮކަން އަނބުރާ ލިބޭނެ އެވެ. އަދި ހަނދާން ބަހައްޓާށެވެ. ކޮންޑިޝަނާއެއް ބޭނުންކުރާނަމަ ކޮލިޓީ ރަނގަޅު ކަންޑިޝަނާއެއް ބޭނުން ކުރާށެވެ.

އިސްތަށިގަނޑު ހިއްކުމަށް މައިކްރޯފައިބާ ފޮތިކޮޅެއް ބޭނުން ކުރުން

އިސްތަށިގަނޑުން ފެން ހިއްކުމަށް ތުވާއްޔެއް ބޭނުން ކުރުމުގެ ބަދަލުގައި މައިކުރޯފައިބާ ފޮތިކޮޅެއް ބޭނުން ކުރާށެވެ. ސަބަބަކީ އިސްތަށިގަނޑުން ފެން ހިއްކުމަށް ތުވާލި ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމަކަށް ވާތީއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ކޮމެޓީން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން މެންބަރަކު ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލަން، އެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލް ދިރާސާކުރެއްވި ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.

އެ ބިލު އިތުރަށް ދިރާސާ ކުރެއްވުމަށް ފޮނުވި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީއިން އެގޮތަށް ނިންމީ، ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ވިލުފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒު ރަޝީދު މިދިޔަ ބުދަ ދުވަހު ހުށަހެޅި އެ ބިލު، ރައްޔިތުން މަޖިލީހުގެ 34 މެންބަރުންގެ ވޯޓާއެކު ބަލައިގަނެ ކޮމެޓީއަށް ފޮނުވީ މިއަދުއެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އިސްވެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިދިޔަ ބުދަ ދުވަހު ހުށަހެޅި ބިލުގައި ބުނެފައިވާ ގޮތުން، ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.

އަދި ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަސް ކަމަށްވާ، މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ހުކުމަށް ރިއާޔަތްކޮށް ރައްޔިތުން މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅިއެވެ. ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ، އެ ހުރިހާ މެންބަރުން ވެސް މިއަދު މަޖިލީހަށް ހާޒިރުވެ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވަނީ ވޯޓު ދެއްވައިފައެވެ.

އިތުރު ތަފްސީލް އަންނަނީ …

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ރޭ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ ރޭ 8:30 ގައި ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖުލައި ތިން ވަނަ ދުވަހު މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައެވެ. އެފަހަރުގެ ހުށަހެޅި މައްސަލާގައި ސޮއި ކުރައްވާފައި ވަނީ 45 މެމްބަރުންނެވެ.

ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފު މުގައްރިރުކަން ކުރައްވާ އާންމު ކޮމެޓީން މިއަދު ނިންމީ، މިދިޔަ އަހަރު ހުށަހެޅި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސައްހަ ކަމަށާއި އެހެންކަމުން އެމައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވުމަށް މަސީހަށް އިތުރު ވަގުތު ވެސް ނުދިނުމަށް ވަނީ ނިންމައިފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރިއިރު، އިދިކޮޅު މެންބަރުން ބޭނުންވީ މިއަދު ވެސް މަސީހުގެ މައްސަލަ ކުރިއަށް ގެންގޮސް މިއަދުން މިއަދަށް މަސީހު އެމަގާމުން ވަކިކުރުމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ 26 މެންބަރުންގެ ސޮޔާއެކު މާޗް 8، 2017 ގައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓެއް ނަގައި މައްސަލަ ބޭރުކޮށްލިއެވެ.

ދެވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް 9 ވަނަ ދުވަހުއެވެ. އެފަހަރު ހުށަހެޅި މައްސަލާގައި 31 މެންބަރުން ސޮއިކުރިއެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކުކަމަށް ބުނެ މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ބަދަލު ގެނެސް، މައްސަލަ މަޖިލީހުން ބޭރުކޮށްލިއެވެ.

އާސަރުކާރުގެ ބަޖެޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފި

 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ފަރާތްޕުޅުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފިއެވެ.

މާލިއްއަތު ގާނޫނުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ފޮނުވަން ބުނެފައިވަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ކަމަށެވެ. އެހެންކަމުން މިއަދަކީ ގާނޫނުގައި ބުނާގޮތަށް ބަޖެޓު ހުށަހެޅުމަށް ލިބޭ އެންމެ ފަހު ދުވަހެވެ.

ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ 2019 ވަނަ އަހަރަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ. ނަމަވެސް ބަޖެޓްގެ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިބަޖެޓަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮނުވާފައިވާ ބަޖެޓެކެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫނުގައި ބުނެފައިވާގޮތަށް ވަގުތު އޮއްވާ މިނިސްޓަރަށް އެފުރުސަތު ދިނުމުގެ ގޮތުން އިންތިޚާބީރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންފުޅުވަގޮތަށް ތައްޔާރު ކުރައްވާފައިވާ ބަޖެޓު ހުށަހަޅާފައިވާކަމަށެވެ.

ގާނޫނުއަސާސީއާއި ގާނޫނުތައް ބުނާގޮތުން ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ އެވަގުތަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެކެވެ.

އަންނަ އަހަރުގެ ބަޖެޓު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅި ނަމަވެސް މިބަޖެޓު ތަންފީޒު ކުރާނީ އާ ސަރުކާރުން ކަމަށް ވާތީ ބަޖެޓު މަޖިލީހަށް ފޮނުވުމުގެ ކުރިން އާ ސަރުކާރުން ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ކަންކަން ހިމެނުމަށް ވަގުތު ދެއްވުމަށް އިންތިޚާބީ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އާ ސަރުކާރުން ބޭނުންވާ ގޮތަށް ފުރިހަމަ ބަޖެޓެއް ފޮނުވައިދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ އިންތިޚާބީ ރައީސަށް އިލްތިމާސް ކުރައްވާފައެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް އަދި ނޭގެއެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނު އުވާލަން ހުށަހެޅި ބިލު ކޮމެޓީއަށް

ރައްޔިތުން މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން މެންބަރަކު ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅި ބިލް ބަލައިގަތުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒު ރަޝީދު މިދިޔަ ބުދަ ދުވަހު ހުށަހެޅި އެ ބިލުގައި ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލު މިހާރު ވަނީ އިތުރަށް ދިރާސާ ކުރެއްވުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮެމިޓީއަކަށް ފޮނުވައިފައެވެ. އެ ކޮމެޓީގައި ހިމެނޭ މެންބަރުންނަކީ

1. ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު

2. ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން

3. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ

4. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

5. އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް

6. ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝަހު

7. ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އިސްވެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިދިޔަ ބުދަ ދުވަހު ހުށަހެޅި ބިލުގައި ބުނެފައިވާ ގޮތުން، ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.

އަދި ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަސް ކަމަށްވާ، މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ހުކުމަށް ރިއާޔަތްކޮށް ރައްޔިތުން މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅިއެވެ. ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ، އެ ހުރިހާ މެންބަރުން ވެސް މިއަދު މަޖިލީހަށް ހާޒިރުވެ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވަނީ ވޯޓު ދެއްވައިފައެވެ.

ސާނިއާ މިރްޒާއަށް ފިރިހެން ދަރިއަކު ލިބިއްޖެ

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރުޒާ އާއި އޭނާގެ ފިރިމީހާ އަދި ޕާކިސްތާނުގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ޝޮއައިބު މާލިކު އަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންނަށް ފިރިހެން ދަރިއަކު ލިބިފައިވާކަން ސާނިއާގެ ގާތް ރަހުމަތްތެރިއާ އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާހް ޚާންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން އޭނާ ވަނީ ސާނިއާ އާއި ޝޮއައިބުއަށް މަރުހަބާ ކިޔައި ޓުވީޓުވެސް ކޮށްފަ އެވެ. ފަރާހްގެ އިތުރުން މަޝްހޫރު އެތައް ފަރާތަކުންވެސް އަންނަނީ އެ އާއިލާއަށް މަރުހަބާކިޔައި އުފަލުގައި ބައިވަރުވަމުންނެވެ.

ސާނިއާ އާއި ޝޮއައިބު ކައިވެނި ކުރީ 2010 ވަނަ އަހަރު އެވެ.

ރައީސް ޔާމީން މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށަނީ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށަންވެއްޖެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުގެ ހަތަރު ލީޑަރުން ތިއްބަވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ “ވަޓްސްއަޕް” ގްރޫޕްގައި ރައީސް ޔާމީން މަގާމުން  އަޒުލްކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަންޖެހޭކަމަށް ރައްޔިތުންގެ މަޖލިޙުގެ ވިލިނގިލީ ދާއިރާގެ މެންބަރ ސައުދު ހުސައިން ގޮވާލެއްވުމާއި ގުޅިގެން އެކަމަށް ތާއީދުކޮށް ގިނަ މެމްބަރުންވަނީ ގްރޫޕްގައި އެކަމަށް ތާއީދުކުރައްވާ ލިޔުއްވާފައެވެ.

ވަޓްސްއެޕް ގްރޫޕްގައި ރައީސް ޔާމީން “އަޒުލު ކުރުމަށް” ހުށަހަޅަން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލެއްވުމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާކީ “އެއް ދުވަސް” އޮތަސް އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ.

އަދި މުސްތަފާގެ ވާހަކައަށް ތާއީދު ކުރައްވައި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމަކީ “މިހާރުން މިހާރަށް” ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންކަމުން އެމަސައްކަތް އަވަސްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ހަމައެއާއި އެކު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވިދާޅުވީ ރައީސް ޔާމީން ވަކި ކުރުމުގެ މައްސަލަ މާދަމާ ވެސް މަޖިލީހަށް ވައްދަންވީ ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އެއީ، މިހާރު މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މަޤާމުން ވަކިކުރުމަށް އެމަނިކުފާނާއިއެކު ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ތިއްބެވީ ބޭނުންވެފައެވެ.

މާލޭ ފިހާރައަކުން ވައްކަން ކުރި މީހަކާ ކުރިމަތިލި އަންހެނަކަށް އެތައް ބައެއްގެ ތައުރީފު

މާލޭގެ ފިހާރައަކަށް ވަދެ ވައްކަން ކުރި މީހަކާ ބިރެއްނެތި ކުރިމަތިލި އަންހެނަކަށް އެތައް ބައެއްގެ ތައުރީފު ލިބެން ފަށައިފިއެވެ.

އުމުރުން 17 އަހަރުގެ އަންހެނެއްގެ އެ ހިތްވަރުގަދަ ކުރިމަތިލުން ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، 50 ސިކުންތުގެ އެ ކުރު ވީޑިއޯގައި ފެންނަނީ މާލޭގެ ކޮސްމެޓިކް އެއްޗެހި ވިއްކާ ފިހާރައަކަށް ފިރިހެނަކު ވަންނަ ތަނެވެ.

އަދި ކޮސްމެޓިކް އެއްޗެހި އަތުރާފައި ހުންނަ ރެކެއްގެ ކުރިމަތީގައި ހުރެފައި ރެކުން ދެ ފޮއްޓެއް ނަގާ އޭނާގެ އަތުގައި އޮތް އެތެރެ ނުފެންނަ ކުޑަ ކޮތަޅަށް ލާތަން ފެނެއެވެ.

އިރުކޮޅެއް ފަހުން ފިހާރައިގެ ސޭޓަކަށް އިން އަންހެން މީހާ އައިސް ފިރިހެން މީހާގެ އަތުގައި އޮތް ކޮތަޅު އަތުލަން މަސައްކަތްކުރެއެވެ. އަދި ވަގު ކަލޭނގެ އަންހެން މީހާގެ އަތް ފޮޅާލާފައި ފިހާރައިން ބޭރަށް ނުކުންނަން ދިއުމުން އޭނާ ހިފެހެއްޓޭތޯ އަންހެންމީހާ މަސައްކަތްކުރާތަން ފެނެއެވެ.

އެވަގުތު ފިރިހެން މީހާ އަންހެން މީހާ ފަހަތަށް ކޮށްޕާލައެވެ. ނަމަވެސް ފިރިހެން މީހާގެ ޓީޝާޓުގައި ހިފައި، އޭނާ އަނެއްކާވެސް ފިހާރަ އެތެރެއަށް ވައްދައެވެ. އޭރުވެސް ފިރިމީހާ ދައްކަމުންދިޔަ ގަދައަށް އަންހެން މީހާ ހުރީ ޓީޝާޓުގައި ހިފަހައްޓައިގެން ދޫނުކޮށެވެ.

އެންމެފަހުން ވަގު ކަލޭނގެ އަމާންދީ، ވަގަށް ނެގި އެއްޗެހި އަންހެންމީހާއާ ހަވާލުކުރުމަށްފަހު ފިހާރައިން ނުކުމެގެންދާތަން ފެނެއެވެ.

އެ ވީޑިއޯ ފޭސްބުކްގައި ޝެއާކުރި މީހަކު ބުނެފައިވަނީ، އެ ފިރިހެންމީހާ މީގެ ކުރިން ވެސް ވަނީ ހަމަ އެ ފިހާރައިން ވައްކަން ކޮށްފައެވެ. ނަމަވެސް ފުރަތަމަ ފަހަރު ސަލާމަތްވުމުން ދެވަނަ ފަހަރަށް ވެސް އައީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ކިހާ ހިސާބެއްގައި ހުންނަ ފިހާރައެއް ކަމެއް ނޭނގެއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ އެ ވީޑިއޯ މިހާތަނަށް 170 މީހުން ޝެއާކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ އަންހެން މީހާ ދެއްކި ހިތްވަރަށް “ސެލިއުޓް” ކޮށް، ސާބަސް ދެމުންނެވެ. އަދި އެއީ ފިސާރި ކަނބަލެއް ކަމަށާއި އޭނާއަކީ ބާރުގަދަ ކެރޭ އަންހެނެއް ކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓު ކޮށްފައިވެއެވެ.

https://web.facebook.com/itsdheeko/videos/1152118711604489/

ފަންސާސް ތިން ވަނަ އުފަންދުވަހާ ދިމާކޮށް ޝާހުގެ ގެ ޒީނަތްތެރިކުރަން ފަށައިފި

ބޮލީވުޑްގެ ކާމިޔާބު ތަރި، ޝާހުރުކް ޚާންގެ 53 ވަނަ އުފަންދުވަސް އަންނަން ތިން ދުވަހަށް ވެފައިވާއިރު، އޭނާގެ ހަވޭލީ “މަންނަތު” މިހާރުއްސުރެ ޒީނަތްތެރި ކުރަން ފަށައިފި އެވެ.

އެގޮތުން އެގޭގެ ހުރިހާ ފުލޯތަކެއް ވަށައިގެންނާއި ބޭރު ފާރު ވަށައިގެން ވަނީ ބޮކިފަތިތައް ދަމާފަ އެވެ. އަދި މުޅިގެ ވަނީ ދިއްލާލާފަ އެވެ.

އަދި އެ ގޭގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ. ބެލެވޭ ގޮތުގައި ޝާހުގެ މި ފަހަރުގެ އުފަންދުވަހާ ދިމާކޮށްވެސް ގިނަ އަދަދެއްގެ ބަޔަކު އެގޭ ދޮށަށް އެއްވާނެ އެވެ.

ޝާހު އުފަންވެފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި އުމުރުގެ ބޮޑުބައި ފިލްމު އިންޑަސްޓުރީގައި ހޭދަކޮށްފައިވާ ޝާހު ވަނީ މިހާތަނަށް އައި އިރު ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.