އެމްޑަބްލިއުއެސްސީއަށް އާޒިމް، އެސްޓީއޯއަށް އަމުރު، އައިއޭއެސް އަށް ރިޒްވީ

އެމްޑަބްލިއުއެސްސީ އަށާއި އެސްޓީއޯ އަދި އައިލެންޑް އޭވިއޭޝަން ސާވިސްއަށް މެނޭޖިން ޑިރެކްޓަރުން ސަރުކާރުން ހަމަޖައްސައިފިއެވެ.

އެގޮތުން ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައިވަނީ އާދަމް އާޒިމެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ކޮއްކޮ އާޒިމް އަކީ މީގެ ކުރީން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އެމްޑަބްލިއުއެސްސީގައި ވެސް މީގެ ކުރިން އޭނާ މަސައްކަތް ކުރެއްވިއެވެ.

ސަރުކާރާ ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ހުސެއިން އަމުރު މުހައްމަދެވެ. އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އަމުރު އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޓީސީސީގެ އެމްޑީއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭޒްގެ މެނޭޖަރަކަށް ހުންނެވި މުހައްމަދު ރިޒްވީއެވެ.

ޖަމާއަތެއް އޮތްނަމަ ދަތުރުވެރިޔާއަށް އެންމެ ރަނގަޅީ ޖަމާއަތުގައި ނަމާދުކުރުންތޯ؟

ދަތުރުވެރިޔާ ނަމާދު ގަޞްރު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެސުންނަތް ދޫކޮށްލުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުރިހާ ނަމާދު ތަކެއްގައިވެސް ކުރެއްވީ ގަޞްރެވެ. އެކަލޭގެފާނު އެއްވެސް ދަތުރުފުޅެއްގައި އިތްމާމް ކުރެއްވިކަމަށް އެނގޭކަށް ނެތެވެ.

އެހެންނަމަވެސް، ރަށުގައި މުގީމުވެ ހުންނަމީހާގެ މައްޗަށް ޖަމާޢަތުގެ ނަމާދު ވާޖިބުވީފަދައިން، ދަތުރުވެރިޔާގެ މައްޗަށްވެސް ޖަމާޢަތުގެ ނަމާދު ވާޖިބުވެގެންވެއެވެ. އެހެންކަމުން، ގަޞްރުކޮށް ނަމާދުކުރުމަށްޓަކައި ޖަމާޢަތުގެ ނަމާދު ދޫކޮށްލުން ހުއްދަވެގެންނެއް ނުވެއެވެ. އަދިކިއެއްތަ، ޖަމާޢަތުގައި ނަމާދު ކުރާށެވެ. އަދި އޭނާ ނަމާދު ކުރަނީ މުގީމު އިމާމެއްގެ ފަހަތުގައި ކަމަށްވެފައި، އިމާމާ ނަމާދު އިތްމާމްކޮށްފިނަމަ، އޭނާގެ ފަހަތުގައި ނަމާދުކުރަމުންދާ ދަތުރުވެރިޔާގެ މައްޗަށްވެސް ލާޒިމް ވެގެންވަނީ ނަމާދު އިތްމާމް ކުރުމެވެ.

ދަތުރުވެރިޔާ އަށް ނަމާދު ޖަމްޢުކުރުން ހުއްދަވެގެންވެއެވެ. ނަމަވެސް، ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި އިތްމާމް ކުރުމަކީ އުނދަގުލެއްކަމުގައި ނުވަނީނަމަ މޮޅުއިތުރުވެގެންވާ ގޮތަކީ ޖަމްޢު ނުކުރުމެވެ.

އެހެންކަމުން، ދަތުރުވެރިޔާގެ ޙައްގުގައި ގަޞްރު ކުރުމާއި ޖަމްޢު ކުރުމަކީ އެއް ޙުކުމެއް ހިނގާ ދެކަންތަކެއް ނޫނެވެ. ކޮންމެ ދަތުރުވެރިޔަކުވެސް ގަޞްރު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަމަވެސް ޖަމްޢުކުރުމަކީ ސުންނަތެއް ނޫނެވެ. ހުއްދަކަމެކެވެ. މިކަމުގެ ދަލީލަކީ: ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ހުރިހާ ދަތުރުފުޅުތަކެއްގައި ނަމާދު ގަޞްރު ކުރެއްވިއެވެ. ނަމަވެސް ހުރިހާ ފަހަރަކު ޖަމްޢެއް ނުކުރައްވައެވެ. ބައެއް ފަހަރު ޖަމްޢު ކުރެއްވިނަމަވެސް އަނެއްބައިފަހަރު ޖަމްޢު ނުކުރައްވާ ދޫވެސް ކޮށްލައްވައެވެ. މިއިންދޭހަވަނީ ޖަމްޢު ކުރުމަކީ އެހާ ވަރުގަދަ ސުންނަތެއް ނޫންކަމެވެ.

ޚުލާޞާ އަކީ: ދަތުރުވެރިޔާގެ ޙައްގުގައި ބޮޑަށް އެދެވިގެންވަނީ ނަމާދު ގަޞްރުކުރުމެވެ. ނަމަވެސް ނަމާދު ފުރިހަމައަށް ކުރާ އިމާމެއްގެ ފަހަތުގައި ނަމާދުކުރާ ކަމަށްވަނީނަމަ، ދަތުރުވެރިޔާވެސް ނަމާދު ފުރިހަމަ ކުރާނީއެވެ.

ޖަމްޢު ކުރުމުގައި ދަތުރުވެރިޔާ އަށް އިޚްތިޔާރު ލިބިގެންވެއެވެ. ބޭނުންނަމަ ޖަމްޢު ކުރަންވީއެވެ. އަދި ބޭނުން ނެތްނަމަ ޖަމްޢު ނުކޮށް ދޫކޮށްލަންވެސްވީއެވެ. ނޫންނަމަ ބައެއްފަހަރު ޖަމްޢުކޮށްފައި އަނެއްބައިފަހަރު ޖަމްޢުނުކޮށް ދޫކޮށްލަންވީއެވެ. މިއިންކޮންމެ ގޮތަކީ ވެސް ހުއްދަވެގެންވާ ގޮތްތަކެވެ.

| މަސްދަރު: ދިއިސްލާމް-ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީީފް

ޕީއެސްވީ ބަލިކޮށް ބާސެލޯނާ ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން ބަލިކޮށް ބާސެލޯނާ އިން ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

ރަށުން ބޭރުގައި ޕީއެސްވީ އަތުން 2-1 އިން ބާސާ މޮޅުވިއިރު މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެޓީމަށް  ޖަހައިދިނީ މެޗްގެ 61 ވަނަ މިނެޓުގައި ލިއޮނަލް މެސީއެވެ. އަދި ޢޭގެ ނުވަ މިނެޓުފަހުން ޖެރަޑް ޕީކޭ ދެވަނަ ލަނޑު ޖަހާ މެޗްގެ ލީޑް ފުޅާކޮށްފައެވެ.

ރޭގެ މެޗްގައި ޕީއެސްވީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗްނިމެން 7މިނިޓަށް ވެފައިވަނިކޮށް، ލޫކް ޑި ޔޮންގް އެވެ.

ޕީއެސްވީގެ އަމިއްލަ ދަނޑުގައި ބާސެލޯނާ އާ ދެކޮޅަށް އެ ޓީމު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައިނުވިނަމަވެސް މިހާފުގައި ޕީއެސްވީ އިން ވަނީ ބާސެލޯނާގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން، ޕީއެސްވީގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ބާސެލޯނާގެ ގޯލްގެދަނޑިއަށް އަމާޒުވެފައިވާއިރު އެ ޓީމުގެ މިޑްފީލްޑަރު އާތުރޯ ވިޑާލް އަށް ވަނީ ލަނޑުޖަހާނެ ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ.

ބާސެލޯނާ ހޯދި މިކަމިޔާބާއިއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުއޮތީ ބާކީ އެއް މެޗު އޮއްވައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ.އަދި މިގްރޫޕްގެ ދެވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ ހަތް ޕޮއިންޓާއި އެކު އޮތްއިރު މިގްރޫޕްގެ ތިންވަނައިގައި އިންޓަ މިލާނަށް ވެސް އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މަގުމަށްޗަށް ނުކުމެ ހިގާއިރު ގޮތްގޮތަށް ބަނޑިބަނޑި ލައްވަމުން ހިގުން ހުއްދަތަ.؟

އިސްލާމް ދީން އަބަދުވެސް އަންހެނުންނާއި ފިރިހެނުންނަށް ބާރުއަޅާ އަންގާފައިވަނީ ރީތި އަޚްލާގެއްގެމަތީގައި މަޑުމޮޅިކަމާއި، ތެދުވެރިކަމައި އަމަނާތްތެރިކަމާއި، އިއްފަތްތެރިކަމާއި އެކު އުޅުމަށެވެ. ފަހަރެއްގައިވެސް މީހުންގެ ހިތްތަކުގައި ޝަހުވަތްތެރި ކަމުގެ ރާޅުބާނީ އުފައްދަމުން، ފާޙިޝް ޢަމަލުތަކަށް މަގުފަހު ކުރަމުން، މީހުންގެ ހިތްތައް ކިލަނބު ކުރަމުން ދިޔުމެއް ނޫނެވެ. ނަމަވެސް މި ޒަމާނުގައި ވަރަށް ގިނަފަހަރަށް ބައެއްކުދިން ހައިރާންވެ، ހަތަރު އަނގޮޅި ކަންމަތީގައި ދާނެ ކޮޅެއް ނޭނގިފައި ހުއްޓި ހުންނަ ތަންފެނެއެވެ.

ދީން އޭނާއަށް އަމުރު ކުރަނީ، ޢިއްފަތްތެރި ވުމަށާއި، ހިލޭފިރިހެނުންނަށް ޒީނަތްތެރިކަން ފާޅު ނުކުރުމަށެވެ. ނަމަވެސް އޭނާގެ އަންހެންވަންތަކަމާއި، މުޖްތަމަޢަށް ވަދެފައިވާ އާދަކާދަތައް މަޖްބޫރު ކުރުވަނީ، ޒީނަތްތެރިވުމަށާއި ފަރިކަން ދެއްކުމަށެވެ. ދީން އަންގަނީ ހިލޭ ފިރިހެނުންނާއި ވަކިން އެކަހެރިވެ ނުއުޅުމަށެވެ.

ނަމަވެސް ދިރިއުޅުން މަޖްބޫރު ކުރުވަނީ، ފިރިހެނުން ތިބޭ ތަންތަނަށް ގޮސް އެ މީހުންނާއި ވާހަކަ ދައްކައި ހެދުމަށެވެ. އަދި އަމިއްލަ ނުވަތަ މުޖްތަމަޢްގެ އެކި ކަންކަމުގައި، ޙަރަކާތްތެރިވެ، މީހުންގެތެރެއަށް ނިކުމެ އުޅުމަކީ، ދީނުގައި ހުއްދަ ކަންކަމެވެ. ރަސޫލު ޒަމާނުގައި މީހުން ބާޒާރުގައި ގަނެވިއްކަންވެސް އުޅުނެވެ. ހަނގުރާމައިގައި އެހިތެރިވެ ދީވެސް އުޅުނެވެ. މިސްކިތަށް ނަމާދަށްވެސް ދެއެވެ. މުޖްތަމަޢްގެ ކަންކަމުގައި ބައިވެރިވިއެވެ.

ނަމަވެސް މަގުމައްޗަށް ނިކުމެ އުޅޭއިރު، މީހުންގެ ސަމާލުކަން ދަމައިގަންނަން ގޮތްގޮތަށް ބަނޑިބަނޑި ލައްވަމުން، ހަށިގަނޑުގެ ވަނާތައް ފާޅު ކުރަމުން ހިނގުމަކީ ފަހަރެއްގައިވެސް ހުއްދަކަމެއް ނޫނެވެ. ހިނގަން ވާނީ ތިމާއަކީ ޝަރަފްވެރި، އިޙްތިރާމް ކުރެވޭ ދީންވެރި މީހެއްކަން ދޭހަވާފަދަ ގޮތަކަށެވެ. ބުރުގާ އެޅިއަސް ބަނޑިބަނޑި ލައްވަމުން ހިނގާނަމަ، ބޮލުގައި އޮތް ބުރުގާގެ ބޭނުމެއް ނެތެވެ. ތިމާއަށްވެސް އަދި މުޖްތަމަޢަށްވެސް ބުރުގާ އެޅުމަކުން ވާ ފައިދާއެއް ނެތެވެ.

ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ޝައުގުވެރިކަމެއް ނެތް: ޗާއިނާސަފީރު

ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ އެއްވެސް މަގްސަދެއް ޗާއިނާގެ ނެތްކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި އެމްބަސެޑަރ ޒަންގް ވިދާޅުވެފައިވަނީ، ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ކަންކަމުގައި މިހާރު އޮންނަ ގުޅުމަށް ޗައިނާއިން ކުރިމަތިކުރާ ޝަރުތެއްނޫން ކަމަށެވެ.

ޗައިނާގެ ސަފީރު މިމޭރުމުން ބަޔާނެއް ނެރުއްވާފައި މިވަނީ، ޗައިނާއާއެކު އަސްކަރީ ގުޅުން ބާއްވާނަމަ ޗައިނާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހަދަންޖެހޭ ކަމަށާއި، އެހެންނަމަވެސް ރާއްޖެއިން އެފުރުސަތު ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޗައިނާ އެމްބަސެޑަރ ޒަންގް ލިޒޯންގް ވިދާޅުވީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އަސްކަރީ ކަންކަމުގައި މިހާރުވެސް އޮންނަނީ ވަރަށް އެކުވެރި ގުޅުމެއް ކަމަށާއި، އެގުޅުންތަކުގެ ތެރެއިން ދެފަރާތުގެ ކަމާބެހޭ ފަރާތްތަކުގެ ޒިޔާރަތްތައް ކުރިއަށް ގެންދެވޭ ކަމަށެވެ.

” ދެގައުމުގެ ދެމެދުގައި އޮތް އަސްކަރީ އެކުވެރި ގުޅުމަކީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތަކުގެ މުހިންމު ބައެއް. ދެގައުމުގެ ދެމެދު އަސްކަރީ ކަންކަމުގައި މިހާރުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް. ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމަކީ ދެމެދު އަސްކަރީ ކަންކަމުގައި މިހާރު އޮންނަ ގުޅުމަށް ޗައިނާއިން ކުރިމަތިކުރާ ޝަރުތެއްނޫން.” އެމްބަސެޑަރ ޒަންގް ލިޒޯންގް ވިދާޅުވިއެވެ.

އަނެއްކޮޅުން، ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އެއްބިލިއަން ޑޮލަރުގެ ލޯނެއްދޭން ހުށަހެޅީ، ރާއްޖެއާއި ޗައިނާއާ އޮތް ގުޅުން ބަދަހިކުރުމުގެ އިތުރުން، ދާއިމީގޮތެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭގޮތަށް ހަމަޖައްސައި، ދެގައުމުގެ ސަލާމަތީ ގުޅުން ވަރުގަދަކުރުމަށް ރާއްޖެއިން އެއްބަސްވާނަމަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއިން ބޭރުގެއެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ ނާރާނެ ގޮތުގެމަތިން ކަމަށެވެ. އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ އެއްބަސްވުމެއް އެއްވެސް ގައުމަކާއެކު ނުހަދާނެ ކަމުގެ ޔަގީންކަންވެސް ޚަރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންގެ ހާލު ނައިބު ރައީސް ބައްލަވައިލައްވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންގެ ހާލު ބައްލަވައިލެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުޑަކުދިންގެ ހިޔާއަށާއި ފިޔަވައްޗަށް ވަޑައިގެންފިއެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެތަންތަނުން ޚިދުމަތް ދެމުންގެންދާ ގޮތް ބައްލަވާލއްވާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބެލުމުގައި މަސްއޫލުވެރިވާ މުވައްޒަފުންނާ ނައިބު ރައީސްވަނީ މިޒިޔާރަތުގައި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. ކުޑަކުދިން ބެލުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި، ނާއިބުރައީސް ފައިޞަލް ނަސީމް ވަނީ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ހިތްވަރު ދެއްވާފައެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީވެސް މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ހެދުމަށް ހިޔާ އަދި ފިޔަވަތީގައި ދެވޭ ޚިދުމަތްތަކަކީ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކަކަށް ވާންޖެހޭކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ. ނާއިބު ރައީސް ކުޑަކުދިންގެ ހިޔާއަށާއި ފިވައްޗަށް ކުރެއްވި ޒިޔާރަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢަދަދު އިތުރުވަމުންދާއިރު، މިހާރުވެސް 130 އަށްވުރެ ގިނަ ކުދިން ދައުލަތުގެ ފަރާތުންދަނީ ބަލަމުންނެވެ. މިކުދިންގެ ބެލެނިވެރިކަން ބޭނުންވެފައިތިބި ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއްގެމަތިން ބެލެނިވެރިކަން ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ފެހިކަމަށް މައި ކޮލެޖުގެ ކެމްޕަސްތަކުގައި ގަސް އިންދަނީ

ރާއްޖެ ފެހި ކުރުމުގެ އަމާޒާއެކު ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މައި ކޮލެޖުގެ ކެމްޕަސްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

“ލެޓްސް ގްރީން އިޓް”ގެ ނަމުގައި ފެށި އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ސަކީނާ މަންޒިލްގައި ހުންނަ އެ ކޮލެޖުގެ މައި ކެމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރާއްޖޭގެ ރަށްތައް ފެހިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މައި ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

މައި ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެ ކޮލެޖުގެ 17 ބްރާންޗެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ހިންގާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މައި ކޮލެޖުގެ ޗެއާމަން އަހުމަދު މުއްތަކީ ވިދާޅުވީ، ކެމްޕަސްތައް ފެހިކުރުމަށް ކޮލެޖުން ފެށި އެ ޕްރޮގްރާމަކީ މިވަގުތު ރާއްޖެއަށް ބޭނުންވެފައިވާ މަސައްކަތެއްގެ އިތުރުން ގައުމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވެސް މުހިއްމު ކަމެއް ކަމަށެވެ

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް އިން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްބަލަނީ

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބަޔަކު އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނުބަޔާނެއްގައި ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުދާކަަމަށެވެ.

މިމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަަލައިގެ ތަޙްޤީޤުން މިހާތަނަށް ޤަބޫލުކުރެވެއެވެ.

އެހެންކަމުން އެޕާރޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ  ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއިއެކު، މިސަރވިސްއަށް މައްސަލަ ހުށަހެޅުމަށް އިލްޠިމާސްކުރަމެވެ.

ދިރާގުގެ ޗެއާމަނަކަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ، ވަހީދު އައްޔަންކުރައްވައިފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ ބޯޑުގެ ޗެއާމަނަކަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ، އިސްމާއިލް ވަހީދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ހ. ފަހިވައި އިސްމާއިލް ވަހީދު ދިރާގުގެ ޗެއާމަނަކަށް އައްޔަން ކުރައްވާފައިވަނީ މިއަދު ކަމަށެވެ.

ދިރާގުގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ އާ ސަރުކާރުން ވަކިކުރެއްވުމުންނެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ވަހީދަކީ ދިރާގު އުފެއްދުމަށްފަހު އެ ކުންފުންޏާ ގުޅިވަޑައިގެންނެވި ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ދިރާގުގެ ހިދުމަތަށް އޭނާ ފުރަތަމަ ވަދެވަޑައިގަތީ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

އޭގެ ފަހުން ކުންފުނީގެ އެމްޑީކަން ވެސް ވަހީދު ކުރެއްވިއިރު، 2004 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތެވެ. ވަހީދު ދިރާގުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އިބްރާހީމް ހޫދު

ރައީސް އޮފީހުގެ ތަރުޖަމާންގެ ދައުރު އަދާކުރައްވާނީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

އިބްރާހީމް ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަ އިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހޫދު ވަނީ ކުރީގެ ސަރުކާރުތަކުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ކަމުގެ މަގާމުވެސް ހޫދު ވަނީ ފުރުއްވާފަ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިބްރާހީމް ހޫދު ހަމަޖައްސަވާ، އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ އިއްޔެގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދާ ހަމައަށްވެސް ރައީސް އޮފީހަށް ތަރުޖަމާނަކު ހަަމަޖައްސަވާފައި ނުވާތީ މީގެކުރިން މީޑިއާގައި ވަނީ މިމައްސަލަ ފާހަގަކޮށްފަ އެވެ.