މުޙައްމަދު އީމާން
16 March 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްހާން ފަހުމީއާއެކު ރައްޔިތުން ނުކުމެ އެ ދާއިރާ ސާފު ކޮށްފިއެވެ.

އަލްހާން ކެމްޕޭން ޓީމުން އިސްނަގައިގެން ހިންގި މި ހަރަކާތުގައި އަލްހާން ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއިރު، އޭނާގެ ކެމްޕޭން ޓީމުގެ މެންބަރުންނާއި ހެންވޭރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރު ފުރައިގެ މީހުން ބައިވެރިވިއެވެ.

މީގެ އިތުުރުން ހެންވޭރުގައި ދިރިއުޅުއްވާ، ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ވަނީ ސާފު ކުރުމުގެ ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެވަޑައި ގެންފައެވެ.

ހަރަކާތާ ގުޅޭގޮތުން އަލްހާން ވިދާޅުވީ، ރާއްޖެ ސާފުކޮށް ބޭއްވުމުގެ މައްޗަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި އެކަމަށްޓަކާ ސީދާ ރައީސް ސޯލިހު ވެސް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އެހެންކަމުން މިއަދު ހިންގި ހަރަކާތަކީ ހެންވޭރު އުތުރާއި މާލެ އަކީ ވެސް ސާފު ތާހިރު ތަނަކަށް ހެދުމަށް ހިންގި ހަރަކާތެއް ކަމަށާއި ހެންވޭރު ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

އެގޮތުން ހަތަރު ގަޑިއިރަށް މިއަދު ހިންގި ސާފު ކުރުމުގެ ޕްރޮގްރާމްގައި އަލްހާންގެ ކެމްޕޭން ޓީމުން ވަނީ 13 ލޮރީގެ ކުނި ނަގައިފައެވެ.

އަލްހާންގެ ކެމްޕޭން ޓީމުގެ ފަރާތުން ހެންވޭރު ސާފު ކުރުމުގެ ހަރަކާތެއް މިއަދު ހިންގާފައިވާއިރު، އަލްހާންގެ ކެމްޕޭން ޓީމުން ގެންދަނީ އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން އޭނާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެން ”އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019″ގެ ނަމުގައި ފުޓްސަލް މުބާރާތަކާއި ރާޒުވާ މުބާރާތެއް ވަނީ ކާމިޔާބު ކަމާއެކު ހިންގާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©