Sun, 31 May, 2020, 11:08 am
ފެން ކުންފުނީގެ އެންމެ ދުވަސްވީ ހިދުމަތްތެރިޔާ ނިޔާވުމުން ކުންފުނި ފެންކަޅި ކޮށްލައިފި
8

މޯލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑައުބްލިއުއެސްސީ)ގައި މަސައްކަތް ކުރާ އެންމެ ދުވަސްވީ މުވައްޒަފު މުހައްމަދު ޝާފިއު ނިޔާވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީއާ 1995 ވަނަ އަހަރު ގުޅިވަޑައިގެން ޝާފިއު އަކީ އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި ދިވެހި މުވައްޒަފެވެ. ނިޔާވުމުގެ ކުރިން މަސައްކަތް ކުރަމުންދިޔައީ ކަސްޓަމާ ސާވިސް މެނޭޖަރެއްގެ ގޮތުގައެވެ.

ޝާފިއު ނިޔާވީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ރިސޯޓަކަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ރޭ ފަތިހުގެ ވަގުތެއްގައެވެ.

އޭނާގެ ވަކިވެދިއުމާ ގުޅިގެން އެމްބަޑްލިޔުއެސްސީގައި ހިތާމަ ފާޅުކުރަމުންދާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ ދިދަ ދިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

ޝާފިއުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

Leave a comment

Your email address will not be published.