Sun, 31 May, 2020, 12:02 pm
ގާސިމް އިބްރާހީމްގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
6

ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގީލީދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް ދީފިއެވެ.

އދ.މާމިނގިލީ ގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހައްދަވާނެ ކަމަށާއި، އެގޮތުން ރައީސް ނަޝީދު ކުރައްވަން ބޭނުންފުޅުވާ ކަންތައްތަށް ހާސިލްކުރުމަށް ފުރުސަތެއް ނުދެއްވާނެކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަމެއްކަމެއް ގާސިމްއިބްރާހީމް ވިދާޅެއްނުވެއެވެ.

“އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުވެ.ރައީސް ނަޝީދު ކުރައްވަން ބޭނުންފުޅުވާކަންތަށްތަށް ހާސިލްކުރުމަށް އެމަނިކުފާނަކަށް އެގޮތަކަށް ވެސް ފުރުސަތެއްނުދެވޭނެ. އިރާދަކުރެއްވިއްޔާ އެ ފެނިވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހަދާނަން : ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކަރުގެ އެއްޕާރޓްނަރ ކަމުގައިވާ ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ކޯލިޝަނުގެ ތެރެއިން 22 ގޮނޑި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވިކަން އެނގިވަޑައިގަންނަވާ ކަމަށާއި،އެހެންނަމަވެސް އެ ކަންހުއްޓުވީ ކާކުކަން ވަރަށް ސާފްކޮށް އެނގިވަޑައިގަންނަވާ ކަމަށްވެސް ގާސިމްއިބްރާހީމް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.