.
13 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ކެސީނޯ އެޅުމަށް ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ދެއްކެވި ވާހަކަތާއި އެމަނިކުފާނުގެ އަނބިކަނބަލުން، ގާނޫނީ ވަކީލާ ދިޔާނާ ސައީދު، ފާޅުގައި ދެކޮޅު ހައްދަވައި ވާހަކަ ދައްކަވައިފިއެވެ އެވެ.

ކެސީނޯ އެޅުމުގެ ޚިޔާލު ދޫކޮށްލުމަށް ޖާބިރަށް ނަސޭހަތްތެރިވަމުން މީހަކު ދިޔާނާ ޓެގުކޮށް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން ދިޔާނާ ވިދާޅުވީ ” އޮޅިވަޑައިގެންފައިވާނަމަ ސާފުކޮށްދެއްވަން. އަޅުގަނޑަކީ ޖާބިރެއްނޫން. ޖާބިރުގެ ކެސީނޯ އެޅުމުގެ ޚިޔާލަށް ތާއީދު ނުކުރަން.” ދިޔާނާ ފާޅުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކެސީނޯ ހަދަން ހުއްދަ ނުލިބޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވެފައިވަނީ ރަލާ އޫރު މަސް ހަރާމް އެއްޗެއްގެ ގޮތުގައި ވާއިރު މިރާއްޖޭގައި އެތަކެތި ވިއްކާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި ދެން މިއަދު އެކަން ކުރުމުން މައްސަލައަކަށް ހަދަންވީ ކީއްވެތޯ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމެޓީގައި ސުވާލު އުފައްދާފައެވެ.

ކެސީނޯ އެޅުމަށް ހުއްދަ ނުދެވޭނެ ކަމަށް މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވިދާޅުވުމުން ޖާބިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ކޮމިޓީ ތެރޭގައި އަޑުގަދަ ކޮށް މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ. އަދި ކޮމިޓީ ދޫކުރައްވާ ވަޑައިގަތުމަށް ޖާބިރަށް މުގައްރިރު އެންގުމުން އޭނާ ވަނީ ކޮމިޓީ ދޫކުރައްވާ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©