.
13 August 2019
މަޤްބޫލު ޙަބަރު

ޢީދު ބަންދުގެ ތެރޭގައި، އާއްމުންނަށް ބޭންކިންގެ ޙިދުމަތް ދިނުމަށްޓަކައި، މާދަމާ ބޭންކުތައް ހުޅުވާ ޙިދުމަތް ދޭނެކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބުނެފައެވެ.

އެމްއެމްއޭ އިންބުނީ މާދަމާ 14 އޮގަސްޓް ވާ ބުދަ ދުވަހު ބެންކުތައް ހުޅުވާ ޚިދުމަތް ދޭން ނިންމީ އަޟުޙާ ޢީދުގެ މުނާސަބަތުގައި ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންކަމަށެވެ.

އަދި އެ އޮތޯރިޓީން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތައް ކަމުގައިވާ ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން މެންދުރުފަހު 2:00 ހަމައަށް ލިބޭނެ ކަމަށާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން 11:00 އަށް ލިބޭނެ ކަމަށާއި، ސިޓީއާއި ތަކެތިބަލައިގަތުންވެސް ހެދުނު 08:30 އިން މެންދުރުފަހު 3:00 އަށް ކުރިޔަށްދާނެކަމަށްވެސް އެމްއެންއޭއިންވަނީ ބުނެފައެވެ.

އެމްއެމްއޭއާއި ބީއެމްއެލްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބެންކުގެ ޚިދުމަތްވެސް މާދަމާ ލިބޭނެކަމަށް އެބެންކުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©