.
17 March 2019
މަޤްބޫލު ޙަބަރު

މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 53 އެކްސިޑެންޓް ހިންގާފައީ ވާކަމަށް ފުލުހުން ބުނެފިއެވެެ.

ފުލުުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ މައުލޫމާތުގައި ބުނާގޮތުން މިދިޔަ ހަފްތާގައި 53 އެކްސިޑެންޓް ހިނގާފައިވާއިރު، ޕާކިން ގަވާއިދާ ހިލާފުވެގެން 232 ވެހިކަލެއްގައި ޕާކިން ސްޓިކާ ވަނީ ޖަހައިފައެވެ.

އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތުމުން، ވެހިކަލްގެ ވެރިންނަށް ގުޅައި، ނެގުމަށް އަންގައިގެން ވެސް ނަގާފައިނުވާތީ، 200 ވެހިކަލެއް ވަނީ މަގުމަތިން ވަނީ ނަގައިފައެވެ. އޭގެ އިތުރުން 42 ސައިކަލަކާއި 4 ކާރެއް ފުލުހުން މިދިޔަ ހަފްތާގައި ވަނީ ޓޯކޮށްފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގައި 934 ވެހިކަލް އެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ރޯޑްވާދިނެސް ނެތް މައްސަލަ އާއި ލައިސެންސް ނެތި ދުއްވި މައްސަލަތަކެވެ.

އެގޮތުން ލައިސެންސް ނެތި ދުއްވި 139 މައްސަލައަކާއި ލައިސެންސް އޮވެ، އަތުގައި ކާޑު ނެތި ދުއްވި 77 މައްސަލައެއް ފާހަގަކޮށްފައިވާއިރު، ރޯޑްވާދިނެސްނެތް 60 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ.

އަދި އަހަރީ ފީ ނުދައްކައިގެން 55 މައްސަލައަކާއި އިންޝުއަރެންސް ނެތް 42 ވެހިކަލެއް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©