.
25 March 2019
މަޤްބޫލު ޙަބަރު

ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރުމާމެދު މާލިއްޔަތު ކޮމިޓީން ނިންމަފައިވާ ނިންމުމާއި މެދު ގޮތެއް ނިންމުމަށް އަންނަ ބުދަދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ އިހްތިޔާރުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދިނުމާއި ގުޅިގެން މެންބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ބުދަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ސިޓީ ކައުންސިލްގެ މުސާރަ މުރާޖައާކޮށް ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައެވެ. އެގޮތުން މޭޔަރަށް މުސާރަޔާއި ލިވިންގ އެލަވަންސްގެ ގޮތުގައި ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ތިރީސް ފަސް ހާސް ރުފިޔާ އަދި ލިވިންގ އެލަވަންސާއެކު މެމްބަރުންގެ މުސާރަ ތިރީސް ހާހަށް ބޮޑު ކުރުމަށްވެސް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އަލުން ބޮޑުކުރަން ނިންމިއިރު އެފަރާތްތަކަށް ދެމުންދިޔަ މުސާރައާއި އިނާޔަތުން ފަންސާސް އިންސައްތަ ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©