Thu, 4 June, 2020, 1:18 pm
އެމްޑީޕީއަށް ރަނގަޅު 12 ގޮނޑިވެސް ނުލިބޭނެ، ޖޭޕީން މެޖޯރިޓީ ނަގާނެ: އަލްހާން
10

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް މަޖިލީހުގެ ރަނގަޅު 12 ގޮނޑި ވެސް ނުލިބޭނެ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން އެހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްއާ ކޯލިޝަން ހަދައިގެން މަޖިލީހުގެ ރަނގަޅު 6 ގޮނޑިވެސް ނުނެގޭނެ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

އދ. މާމިގިލީ ގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ރަނގަޅު 12 ގޮނޑިވެސް ނުލިބޭނެ ކިތަންމެ ސަބަބެއް އެބަހުރި ކަމަށެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ނަޝީދޭ. ނޫނޭ އެހެނެއް ނޫނޭ އެކަން އޮތީކީ. އެމްޑީޕީއަކަށް ނުލިބޭނޭ ރަނގަޅު 12 ގޮނޑިވެސް. އެ ނުލިބޭނެ ބައިވަރު ސަބަބު އެބަހުރި،” އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އާއި ޖޭޕީއާ ދެމެދު އުފެދިފައިވަނީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށާއި މިއީ ސިޔާސީ ޕާޓީތަކުގެ މައްސަލައެއް ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީން އަކީ މި ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ޕާޓީ ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީން މިހާރު ވެސް އޮތީ ރައީސް ސޯލިހުއާ އެކުގައި ކަމަށެވެ.

“އެހެންވީމަ ރައީސް ނަޝީދު އެހެން އަދި ވިދާޅުވިއަސް އެއްގޮތަކަށް ވެސް މާމިގިލީ ރައްޔިތުން ވެސް ރާއްޖޭގެ އެއްވެސް ރައްޔިތަކު އުއްމީދު ކަނޑުއްވާ ނުލައްވާތި، އަޅުގަނޑަށް ޔަގީން މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން މެޖޯރިޓީ ނަގާނެކަން. އެއްވެސް ޝައްކެތް ނުކުރަން،” އަލްހާން ވިދާޅުވިއެވެ.

Leave a comment

Your email address will not be published.