Thu, 4 June, 2020, 12:14 pm
ރޯދަ އަށް ހުރެ ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެތް؟
11

ބަރަކާތްތެރި ވެގެންވާ ރަމަޟާންމަހުގެ ރޯދަ ހިފަމުންދާއިރު، ބައެއް ފަހަރު ކޮންޓްރޯލް ނުކުރެވޭ ވަރަށް ރުޅި އާދެވެއެވެ. ނަަމަވެސް ރުޅި މައިތިރިކުރުމަށް ކުރެވޭނެ ކަންތައް ރަސޫލާގެ ހަދީޘް ތަކުންވެސް ސާބިތުވެގެން ވެއެވެ. އެގޮތުން މިއީ ރުޅި ކޮންޓްރޯލް ކުރުމަށް ދީނުގައި އަންގަވާފައިވާ ބައެއް ގޮތެވެ.

ކަމަކާމެދު ރުޅިއާދެވުމުން “أعوذ بالله من الشيطان الرجيم” ކިޔާށެވެ. ރުޅި އައިސް ކަމަކާ ހިތްހަމަ ނުޖެހުމުން އެކަމެއް ކޮންޓްރޯލް ވަންދެއް ކިޔާށެވެ. އިބިލީހުގެ ވަސްވާހުން ދުރުކޮށްދީ ރުޅި މަޑުކޮށްދޭނެ އެވެ.

ރުޅި އައީ ކޮޅަށް ހުއްޓާނަމަ އިށީންނާށެވެ. އަދި އިށީދެ އިނދެވެސް ރުޅި ކޮންޓްރޯލް ނުވާނަމަ އޮށޯތުމަށް ރަސޫލާގެ ހަދީޘް ތަކުން ރިވާވެގެންވެ އެވެ.

ވުޟޫ ކުރުމަކީ ވެސް އިބިލީހުގެ ވަސްވާހުން ދުރުކޮށްދޭ ކަމެކެވެ. ރުޅި އައުމުން، ވުޟޫކޮށް ދެ ރަކުއަތުގެ ނަމާދެއް ކޮށްލުމަކީވެސް ރުޅި ކޮންޓްރޯލްވާ ކަމެކެވެ.

ރޯދައަށް ހުއްޓާ މީހަކު ރުޅިއަންނަ ފަދަ ވާހަކަ ދައްކާނަމަ، އެވާހަކަތައް އަޑު ނީވޭ ކަމަށް ހަދާށެވެ، ނުވަތަ އެކަމަކާ އަޅާނުލާށެވެ. ރުޅި އިސް ކުރުމުގެ ބަދަލުގައި ރުޅި މައިތިރި ކުރާ މީހާ ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.

Leave a comment

Your email address will not be published.