ނަސްވާ ހަސަން
09 June 2019
މަޤްބޫލު ޙަބަރު

މިދިޔަ ހަފްތާ ހިންގި އޮޕަރޭޝަންތަކުގައި މާލޭ ސަރަހައްދުގައި ދުއްވި ވެހިކަލްތަކުގެ ތެރެއިން ފުލުހުން ޗެކްކޮށްފައި ވަނީ 174 އުޅަނދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަދި، ޗެކްކުރި އުޅަނދު ތަކުގެ ތެރެއިން ލައިސެންސް ކާޑުނެތި އުޅަނދު ދުއްވި 59 ފަރާތަކާއި، ލައިސަންސް ނޯންނަ 88 މީހަކެއްގެ އިތުރުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވި 50 އުޅަނދެއް ފާހަގަވެފައިވެ އެވެ.

މިދިޔަ ހަފްތާވަނީ މާލޭގައި ޓްރެފިކް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 568 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. އަދި ޓޯ ކޮށްފައިވަނީ ހަތަރު ފުރޮޅުލީ ހަތަރު ވެހިކަލް އެކަނި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި 38 އެކްސިޑެންޓް ހިނގާފައި، 11 މީހަކަށް އަނިޔާވެފައިވާއިރު އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި މަނާ ކުރެވިފައިވާ ވަގުތުތަކުގައި ދުއްވި 59 އުޅަނދަކާއި ގަވައިދާ ހިލާފަށް ޓެކްސީ ކުރާ އުޅަނދަކާއި ލައިސަންސް ހަލާކުވެ ނުވަތަ ދުވަސްހަމަ ވެފައިވާ ހަތަރު މީހަކު ހިމެނޭއިރު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ތިން މީހަކުވެސް ހިފަހައްޓާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©