Fri, 3 April, 2020, 6:50 am
ޗުއްޓީގައި ހުރެ އަދީބުގެ މައްސަލަ ނިންމުމުން ސުޖާއު އުސްމާނުގެ މައްސަލައެއް ޖޭއެސްސީއަށް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ހިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު، ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަޙަޅައިފި އެވެ.

އެ މައްސަލަ ބަލައިދެއްވުމަށް އެދި ޖޭއެސްސީގައި އެދިވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް މީކާއިލް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، 77 މިލިއަން ރުފިޔާ އަށް އަދީބު ހިޔާނާތްތެރިވިކަމުގެ މައްސަލަ ޝުޖާއު ނިންމަވާފައި ވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ.

އަދި އަދީބުގެ ހުކުމް އިއްވުމަށްފަހު އަލުން ޗުއްޓީއަށް ވަޑައިގެންނެވި ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކުރި އެވެ.

“އެހެންކަމުން، މިކަމުގައި މި ދެންނެވި ފަނޑިޔާރުގެ [ޝުޖާއުގެ] އެއްވެސް ސުލޫކީ މައްސަލައެއް އުޅޭނަމަ، މިކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުމަށް،” ޖޭއެސްސީއަށް މީކައިލް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލައެއް ވެސް ޖޭއެސްސީއަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

Leave a comment

Your email address will not be published.