.
13 August 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އިސްކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށާއި، އެގޮތުން ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އާންމު ރައްޔިތުން ސަމާލުވާން ޖެހޭ ކަންކަން ހުރި ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަށް ކުޑަކުދިން ގާތް ނުކުުރުމަށާއި، ނަރުދަމާއާއި ޖަންކްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ ސާފު ކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓުގެ އެހީތެރިކަން ހޯދުމަށް ހަނދާންކޮށްދީފައެވެ.

އޭގެ އިތުރުން، ފެން ހިންދުމުގައާއި، ފެން ހިންދުމަށްފަހު ސާފު ކުރުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©