Sun, 23 February, 2020, 3:31 pm
ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރަން އެތަން ބަންދުކުރަނީ

ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރަން އެތަނުގައި މިހާރު ހިންގާ ގޮޅިތައް މިމަހުގެ ނިޔަލަށް ހުސްކުރަން  މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރަން ބަންދު ކުރަންނިންމާފައިވާއިރު އެތަން އަލުން ހުޅުވުމަށް މަސްދުވަސް ނަގާނެކަމަށް ސިޓީކައުންސިލުން ބުނެއެވެ.

ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކޮށް ނިމުމާއެކު އެތަނުގައި ހުންނަ ގޮޅިތައް މަދުވާނެކަމަށާއި އެގޮތުން އެތަނުގައި ހުންނާނީ 63 ގޮޅިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނީ ގޮޅިތައް މަދުވިޔަސް، ޖާގައިގެ ގޮތުން ގޮޅިތައް ބޮޑުވާނޭކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު 160 ގޮޅި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަމުންދަނީ ފަންސާހަކަށް ދިވެހިންނެވެ. މި ފަރާތްތަކަށް ދީފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާކަމަށާއި ބައެއް ފަރާތްތައް އެގްރީމަންޓް އާކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Leave a comment

Your email address will not be published.