.
19 August 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ހާޒިރުކުރުމަށް ހަމަޖެހިފައި ވަނިކޮށް އަންނަ ހޯމަ ދުވަހަށް އެ ބައްދަލުވުން ފަސްކޮށްފި އެވެ.

މިއަދު 11:00 ޖެހިއިރު އޮތް ކޮމިޓީގެ ބައްދަލުވުމަށް އާދެވެން ނެތްކަމަށް ޕީޖީ އަންގާފައިވާތީ އަންނަ ހަފްތާއަށް ހާޒިރުވާން އެޖެންޑާ ކޮށްފައިވާ ކަމަށް އެކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މުހައްމަދު ނާޝިޒު ވިދާޅުވި އެވެ.

ބިޝާމް އެކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވަނީ އޮޑިޓާ ޖެނެރަލް 2014 ވަނަ އަހަރުގެ އޮކްޓޯބަރު 29 ގައި ނެރުނު އޮޑިޓް ރިޕޯޓް “މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ޚާއްސަ ރިޕޯޓާއި 2016 ވަނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު ނެރުނު އެމްއެމްޕީއާރްސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި” ފާހަގަވާ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމަތު ސާފްކުރުމަށެވެ.

މީގެކުރިން ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©