Fri, 28 February, 2020, 4:54 pm
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ކުވެއިތަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ކުވެއިތަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެގައުމުގެ ބައެއް ސުކޫލްތަކަށާއި އުންމުލް ޤުރާ ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް މިއީ އެގައުމުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމެއް އަދި ދަތުރުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ، ކުވެއިތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ދުވަހު ކަމަށެވެ.

Leave a comment

Your email address will not be published.