.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާޢީދު ނުކުރައްވާނެކަމަށް ވިދާޅުވެ ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާސްންޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެޏަހުއެވެ.

”ރިޓްރީޓް ހުޅުމާލެ“ ރެސްޓޯރަންޓެއް ހުޅުވުމަށް ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވީ، އެކަމާނާ ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދިފާޢުގައި ”މި ސަރުކާރާއި“ އެކު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ތާޢީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާޢީދެއް ނުކުރާނެކަމަށާއި، އަދި އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީވެސް އޮންނާނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކުކަމަށް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.

“ އަޅުގަނޑު ހަމަޔަގީނުންވެސް ރައީސް ޔާމީންގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާޢީދެއް ނުކުރާނަން. އަޅުގަނޑު ދެމިހުންނާނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކު. އަޅުގަނޑު ގަބޫލު ކުރަނީ ޖޭޕީ ވެސް އޮންނާނީ ހަމަ ޔަގީނުން ވެސް ސަރުކާރާ އެކުކަމަށް.“ މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމްއިބްރާހީމްގެ އަނބިކަނބަލުން ނަހުލާ މިހެން ވިދާޅުވެފައިވާއިރު، ކުރީގެރައީސް އަބްދުﷲ ޔާމީން އިސްކޮށްހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕީޕީއެމް ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުގެ ކެނޑިޑޭޓުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ތާޢީދުކުރަން ނިންމާ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ އިއުލާންކުރައްވާފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©