.
17 March 2019
މަޤްބޫލު ޙަބަރު

ގައުމީ ލެވެލްގައި ތިލަދުންމަތީ ކަނބަލުންގެ އަޑު ގަދަވާންޖެހޭ ކަމަށް ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަގީފު ވިދާޅުވެއްޖެއެވެ.

މާލޭގައި ތިއްބެވި ވައިކަރަދޫ ދާއިރާގެ ކަނބަލުންނާއި ބައްދަލުކުރެއްވުމަށް ނިއު ޕޯޓް ވިއުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތް ނިންމާލެއްވުމަށްފަހު “ހަފްތާ” އަށް ސަގީފު ވިދާޅުވީ ގައުމީ ތަރައްގީގައި އަންހެނުންގެ ދައުރު އޮންނަންޖެހޭ ކަމަށެވެ.

އެގޮތުން ތިލަދުންމަތި ފިކުރު ބިނާވެފައި އޮންނާނީ ތިލަދުންމަތީގެ އަންހެން ކަނބަލުން ގައުމީ ތަރައްގީގައި ހިއްސާވާ ފަލްސަފާގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަގީފު އިތުރަށް ވިދާޅުވީ، ތިލަދުންމަތީގެ އަންހެން ކަނބަލުންނަކީ ގާބިލް، ހުނަރުވެރި، ފަންނުވެރި ބައެއް ކަމަށާއި އެކަންވަނީ މާޒީގައި ވެސް އަދި މިއަދު ވެސް ސާބިތުކޮށްދީފައިކަމަށެވެ.

އަދި އޭނާ މިއަދު ރައްޔިތުން މަޖިލީހަށް ވާދަކުރަން ނުކުމެ މިހުރީ ގައުމީ ތަރައްގީގައި ތިލަދުންމަތީ ކަނބަލުންގެ ބައިވެރިވުން އިތުރުކޮށް އެފުރުޞަތު ހޯދަދިނުމަށް ކަމަށް ސަގީފު ވިދާޅުވިއެވެ.

“އަޅުގަނޑު މިއަދު ނިކުމެ މިހުރީ ގައުމީ ތަރައްގީގައި ތިލަދުންމަތީ ކަނބަލުންގެ ބައިވެރިވުން އިތުރުކޮށް އެކަނބަލުންނަށް އެފުރުސަތު ހޯދަދިނުމަށް” އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ސަގީފު ވިދާޅުވިއެވެ.

އަންހެން ކަނބަލުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިނަ މިއިވެންޓުގައި ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫގެ ގިނަ އަދަދެއްގެ ކަނބަލުން ވަނީ ބައިވެރިވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©