.
25 March 2019
މަޤްބޫލު ޙަބަރު

ފަަހަށް ފައިސާ ރައްކާކުރުމުގެ މުހިއްމު ކަމަށް ވީހާވެސް ގިނަ މީހުން ހޭލުންތެރި ކުރުވުމަށް ހާއްސަކޮށްގެން “ގުލޯބަލް މަނީ ވީކް”ގެ ނަމުގައި ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.

އިސްކަންދަރު ސުކޫލުގައި އޮތް ރަސްމިއްޔާތުގައި ގްލޯބަލް މަނީ ވީކް ކެމްޕޭން ފައްޓަވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައުމެއް ކުރިއަރާ ދާނީ އެގައުމެއްގެ ޒުވާނުން ޒިންމާދާރުވެގެން ކަމަށާ، އެގޮތުން ޒުވާނުން އެމީހުންގެ އަމިއްލަ މަސައްކަތުން ފަހަށް ފައިސާ ރައްކާކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އިލްމު ހޯދުމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރާނެ ގޮތާއި ފަހަށް ރައްކާކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

ގްލޯބަލް މަނީ ވީކްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވީ، ފައިސާއާ ގުޅޭ ކަންތައްތަކަކީ ހަމަހަމަކަމާއެކު ހުރިހާ އެންމެނަށް ވެސް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

ފަހަށް ފައިސާ ރައްކާތެރި ކުރާނެ ގޮތާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ވެސް މިނިސްޓަރު ވަނީ މިރަސްމިއްޔާތުގައި ނެރެދެއްވާފަ އެވެ، އަދި ޒިންމާދާރުކަމާ އެކު ފަހަށް ފައިސާ ރައްކާކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން އިސްކަންދަރު ސުކޫލުގެ ދަރިވަރުން ވަނީ ކުރު ޑްރާމާއެއް ހުށަހަޅައިދީފަ އެވެ.

ގްލޯބަލް މަނީ ވީކް ފާހަގަކުރަން މިއަދު ރާއްޖޭގައި ފަށާފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ގެންދަނީ ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©