މުޙައްމަދު އީމާން
29 March 2019
މަޤްބޫލު ޙަބަރު

ކޮންމެ ގައިޑަކީ ވެސް ބެޖެއް ހޯދުމުގެ ބަދަލުގައި، އެކަމަކުން ދަސްވާ ހުނަރުތައް ދިރިއުޅުމުގެ މައިދާނުގައި ބޭނުންކުރަ ކުއްޖަކަށް ވާންޖެހޭ ކަމަށް ފަސްޓް ލޭޑީ އަދި ޗީފް ގައިޑް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެގޮތަށް ވިދާޅުވީ، މިއަދު މުލިއާގޭގައި ބޭއްވި މޯލްޑިވްސް ގާލް ފައިޑް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޗީފް ގައިޑް ފަޒްނާގެ ވާހަކަފުޅުގައި ގާލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ.

އަދި ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ، އެފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައި ވެސް ބެޖެއް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އާކަންކަން ދަސްކުރުމަށް އެދޭ ކަމަށެވެ.

ރަސްމިއްޔާތުގައި ޗީފް ގައިޑް އިތުރަށް ވިދާޅުވީ، ގާލް ގައިޑް އެސޯސިއޭޝަނަށް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކޭމްޕް ސައިޓެއް ނެތުމުގެ ދަތިކަން ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©