މުޙައްމަދު އީމާން
29 March 2019
މަޤްބޫލު ޙަބަރު

މާލޭގެ ރަސްފަންނަށް މޫދަށް އެރޭ ސަރަހައްދުގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވިދާޅުވީ، ރަސްފަންނު މޫދު މިވަގަށް ބަންދު ކުރެވިފައިވާ ކަމަށާއި ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށްފަހު ހުޅުވާނެ ވަކި ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ރަސްފަންނު މޫދަށް ނަޖިސް ދައުރުވާ މައްސަލައާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ބުނީ، އެކަމުގެ ރިޕޯޓްތަކެއް ލިބިގެން ކަމާގުޅުންހުރި ފިޔަވަޅުތައް ހެލްތު މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.

އަދި ވަކި އެއްޗެއް އަންގަންދެން، އާންމުން ރަސްފަންނު މޫދު ބޭނުން ނުކުރުމަށް އެ އެޖެންސީން ކުރި ޓުވީޓެއްގައި އެދިފައިވެއެވެ.

ރަސްފަންނު ސަރަހައްދުގެ މޫދުގެ ލޮނުގަނޑު ދައުރުނުވާ ކަމަށާއި ނަޖިހުގެ އަސަރު ހުންނަ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކުރިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©