އައިޝަތު ޝީރީން
02 April 2019
މަޤްބޫލު ޙަބަރު

އއ.މަތިވެރީ ގެސްޓް ހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، އެ ފުޅިތައް ފެނިފައިވަނީ ރޭ 9:00 ހާއިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެއްގައި ރަލުގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެސްޓްހައުސް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން އެ ގެސްޓްހައުސްގެ ތެރެއިން 70 އަށްވުރެ ގިނަ ބަނގުރާފުޅި އާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުސްކޮށްފައިހުރި ގިނަ އަދަދެއްގެ ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުުހުން ބުނެއެވެ.

ހަފްތާއަށް އެންގިފައި ވާގޮތުން އެތަކެތި އަތުލައިގަނެފައިވަނީ އެރަށު ކުޑޮސް ސްޓޭ ނަމަކަށް ކިޔާ ގެސްޓް ހައުސް އަކުންނެވެ. އަދި އެ މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 37 އަހަރުގެ ދިވެހި ދެ ޒުވާނުންވަނީ ހައްޔަރު ކޮށްފައެވެ.

އެ ދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާއަކީ ގެސްޓް ހައުސް ހިންގަމުން އަންނަ ފަރާތްކަމަށާއި 18 އަހަރުގެ ޒުވާނާއަކީ އެ ގެސްޓް ހައުސްގައި މަސައްކަތްކުރަމުން އަންނަ މީހެއްކަން ވެސް ހަފްތާއަށް ވަނީ އިތުބާރު ހުރި ފަރާތަކުން ކަށަވަރުކޮށްދީފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©