.
12 August 2019
މަޤްބޫލު ޙަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރި އިއުލާނެެއްގައި ބުނެފައި ވަނީ، މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ފެންބޮޑުވުމާއި ގަދަވައިގެ ސަބަބުން ގޯތިގެދޮރަށް ލިބިދާނެ ގެއްލުމަކަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން މުހިންމު ކަމަށެވެ. އަދި ޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، ހާއްސަ ސަމާލުކަން ދޭންވީ ކަންކަންވެސް ފާހަގަކޮށްފައެވެ.

އެގޮތުން ވާރޭވެހި ފެންބޮޑުވުމުން ގެއަށް ފެން ނުވަންނާނެހެން ރައްކާާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ފެންޖެހި ގެއްލުން ނުވާނެހެން މުދާ ރައްކާތެރިކޮށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަ ވައިގެ ސަބަބުން ގޭގޭގެ ފުރާޅު ފަދަ ތަކެތި އެއްލާލަފާނެތީ އެކަމަށް ސަމާލުވެ، ރަނގަޅަށް ބަނދެ ހައްޔަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރަށް ޑިޒާސްޓަރ ސެންޓަރުން ވަނީ، ކަނޑުދަތުރުކުރާއިރު މޫސުމަށް ބެލުމަށާއި، ދަތުރަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި، އުޅަނދުގެ މުވާސަލާތުގެ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބެލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©