.
13 August 2019
މަޤްބޫލު ޙަބަރު

ކަރަންޓުގެ ޚިދްމަތް އިތުރަށް ރަނގަޅުކުރުމަށް ފަސްރަށަކަށް ޖަނެރޭޓަރު ސެޓު ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ގދ ތިނަދުއާއި، ގއ.ވިލިނގިއްޔާއި، ލ ގަމާއި، ލ.ފޮނަދުއާއި، ތ.ގުރައިދުއަށެވެ. މީގެތެރެއިން  ތިނަދުއާއި، ވިލިނގިއްޔާއި، ފޮނަދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 1 މެގަވޮޓްގެ ޖަނަރެޓަރ ސެޓެވެ. އަދި ގަމާއި ގުރައިދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 800 ކިލޯވޮޓްގެ ޖަަނަރޭޓަރ ސެޓެވެ.

ފެނަކައިން ބުނެފައިވަނީ މި 5 ރަށަށް ފޮނުވާ، ޖަނަރެޓަރު ސެޓްތަށް ލޯޑް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މޫސުން ރަގަޅުވިހާ އަވަހަކަށް ޖަނަރޭޓަރު ސެޓްތަށް އެރަށް ރަށަށް ފޮނުވުމުގެމަސައްކަތް ފަށާނެކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ޖުމްލަ 149 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެމުންދާއިރު އެކުންފުނިންދަނީ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓް ގެ ޚިދްމަތް ރަގަޅުކުރުމަށް 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©