Mon, 1 June, 2020, 5:27 pm
ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކާ ހެދި އެމްއައިޓީޑީސީ ދަރަނިވެރިވެފައި
5

ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ކުރިޔަށްގެންދިޔަ ލ ބަރަސްދޫ މަޝްރޫއަށް އެކި ވިޔަފާރިތަކުން އިންވެސްޓްކުރި ފައިސާ އެ މަޝްރޫއާ ނުގުޅޭ އެތައް ކަމަކަށް ވެސް ހޭދަކޮށްފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރަން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ބިން ކުއްޔަން ދީ ފައިސާ ނަގާފައިވާ އެމްއައިޓީޑީސީ އާ މެނެޖިންގ ޑިރެކްޓަރ ރާއިދު މަގާމާއި ހަވާލުވުމަށްފަހު ފުރަތަމަފަހަރަށް މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނި ހިންގުމުގައި އިސްކޮށް ތިބި ތިން ފަރާތަކުން ފެއާތަކަށާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް 2.9 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށެވެ.

މީގެއިތުރުން އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕޮރޮޖެކްޓްގެ ނަމުގައި ހިންގި ހަރަކާތަކަށް އެއް މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޕްރޮޖެކްޓް ޕާމްގެ ނަމުގައި 3.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި 1.9 މިލިޔަން ރުފިޔާ ރިކަރަންޓު ޚަރަދުގެ ގޮތުގައި ބަރެސްދޫ ފައިސާއިން ޚަރަދުކޮށްފައި ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ކުންފުނީގެ ތެރެއިން ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކާ ހެދި ކުންފުނި 25މިލިޔަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށާއި އެހެންކަމުން ކުންފުނި ކޮޅަށްޖެހުމުގައި ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާކަމަށެވެ.

ރާއިދު ވިދާޅުވީ، ބަރެސްދޫގެ ބަނދަރު ހެދުމަސާއި ބަރެސްދޫ އާއި އިންވެގެން އޮންނަ މަހަކަށްފުށީގެ ބަނދަރު ހެދުމަށާއި މަގު ހެދުމަށް ހެވީ ފޯސް ކިޔާ ކުންފުންޏަކާ 857 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި ހެވީފޯސް ކުންފުންޏަށް ހަވާލު ކުރި މަސައްކަތުގެ އަގުގެ ފައިސާގެ ތެރެ އިން 12 މިލިއަން ރުފިޔާ އެ ކުންފުންޏަށް  ދައްކާފައިވާކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ދެ މަޝްރޫއުއަށް ނެގި ފައިސާ އަށް  ވީނުވީއެއް ނޭނގޭ ކަމަށާއި ކުންފުނީގެ ފައިސާ ހޭދަކޮށްފައިވަނީ ރާއްޖޭގެ މާލިއްޔަތު ގާނޫނާއި ކުންފުނީގެ ހިސާބު ބަލަހައްޓަން ޖެހޭ ގޮތާ މުޅިން ހިފާލަށް ކަމަށެވެ.

Leave a comment

Your email address will not be published.