Thu, 4 June, 2020, 12:34 pm
ކެންޑިޑޭޓަކަށް އަދި ސިޔާސީ ޕާޓީއަކަށް ކްރެޑިޓަށް ޓިކެޓު ދޫކޮށްފައި ނުވާނެ:މޯލްޑިވިއަން
3

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ކްރެޑިޓަށް ޓިކެޓު ދޫކޮށްފައި ނުވާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފި އެވެ.

މޯލްޑިވިއަންއިން މިހެން ބުނެފައި މިވަނީ ހޮނިހިރުދުވަހުބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަމު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވިސާމްގެ ސަޕޯޓަރުން ގަމަށް ގެންދަން ކްރެޑިޓަށް ޓިކެޓު ދޫކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

އެ ހަބަރު ދޮގު ކުރަމުން މޯލްޑިވިއަންއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ކްރެޑިޓަށް ޓިކެޓު ދީފައި ނުވާނެ ކަމަށާއި، އަދި އެއްވެސް ސިޔާސީ ޕާޓީއަކަށްވެސް ކްރެޑިޓަށް ޓިކެޓު ދޫކޮށްފައިނުވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މޯލިޑިވިއަންއިން ވަނީ ކުރެޑިޓަށް ޓީކެޓްދޫކޮށްފައެވެ. އެޓިކެޓްތަކުގެ ޖުމްލަ އަގު 4.8 މިލިއަން ރުފިޔާ އަށް އަރާކަމަށް މޯލިޑިވިއަންއިން ކުރިންވަނީ ހާމަކޮށްފައެވެ.

Leave a comment

Your email address will not be published.