.
18 August 2019
މަޤްބޫލު ޙަބަރު

ކުލަބް ވެލެންސިޔާއަށް މިދިޔައަހަރު ކުޅުނު އިބްރާހިމް ރިޒްވާން (ބަގޭ) މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޯޅީގެ ގެއަކުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި، އެ މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ކަންހާއިރެވެ.

އުމުރުން 33 އަހަރުގެ ބަގޭ ވަނީ ކުލަބް ވެލެންސިޔާގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަދި ވިޔަންސ ސްޕޯތްސް ކުލަބަށްވެސް ކުޅެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©