Sun, 23 February, 2020, 2:40 pm
ފ. އަތޮޅުގައި އެމްޓީސީސީގެ ފެރީގެ ޚިދުމަތް ފަށައިފި  

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދެނީ ކޮންމެ އާދިއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަަހު އެވެ.

ބައިސްކަލުގެ އިތުރުން ލުއި ލަގެޖު ވެސް ގެންދެވޭ މި ފެރީއަކީ 100 މީހުންގެ ޖާގައިގެ ފެރީއެކެވެ. ފެރީ ދަތުރުގެ އަގަކީ 20 ރުފިޔާ އެވެ.

އެމްޓީސީސީން ފ.އަތޮޅުގައި ރަށު ލިންކް ފެރީގެ ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތް ދޭ ރޫޓަކީ ފ. ބިލެއްދޫ، ފ. މަގޫދޫ، ފ. ދަރަނބޫދޫ އަދި ފ. ނިލަންދޫ އެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ފެރީގެ ޚިދުމަތް ދެމުން އަންނައިރު އަތޮޅުތެރޭގައި އެމްޓީސީސީގެ ފެރީތަކުގައި މިދިޔަ އަހަރު 15 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.

Leave a comment

Your email address will not be published.