މުޙައްމަދު އިބްރާހިމް
04 November 2019
މަޤްބޫލު ޙަބަރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާ ބުނާ ގޮތުން، އީސީއަށް މެމްބަރަކު އައްޔަން ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓު މާދަމާ ތަޅުމުގައި އިއްވާނެއެވެ. އަދި މާދަމާގެ ޖަލްސާގައި ވޯޓަށް އެހުން އޮންނާނެއެވެ.

އީސީގެ މެމްބަރު ކަމަސް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅެއްގެ ނަން ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

އެ ހަތަރު ބޭފުޅުންނަކީ އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ގާނޫނީ ވަކީލާ މަރިޔަމް ހަނީފް ހާލިދުގެ އިތުރުން ހަސަން ނާޒިމެވެ.

މި ބޭފުޅުންގެ ތެރެއިން ނާޒިމް ފިޔަވާ ދެން ތިއްބެވި ތިން ބޭފުޅުންގެ ނަން ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

މި ބޭފުޅުންގެ ތެރެއިން ކޮމެޓީން އެންމެ ގިނަ މާކްސް ލިބިވަޑައިގެން ލިސްޓްގެ ކުރީގައި ވަނީ ފުއާދުގެ ނަމެވެ. ދެން އީސީގެ މިހާރުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ ނަމެވެ.

އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާއިރު ފުރަތަމަ ވޯޓަށް އަހާނީ ފުއާދު ނަމަށެވެ. ފުއާދަށް ރުހުން ލިބިއްޖެނަމަ އިތުރު ނަންތަކަށް ވޯޓަށް ނާހާނެއެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©