Wed, 29 January, 2020, 3:21 am
ވެކްސިން ދިނުމާއި ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ބަލަނީ

ވެކްސިން ދިނުމާއި ދެކޮޅަށް ވައިބާ ގްރޫޕެއް ހަދައިގެން އާއްމުންނަށް މައުލޫމާތު ދެމުންދިޔަ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެކަމުގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ ރާއްޖެއިން ހިމަބަހި ނުވަތަ މީސަލްސް ނައްތާލާފައި ވަނިކޮށް އަނެއްކާވެސް އެ ބަލި ފެނިފައި ވަނިކޮށެވެ. ހެލްތު މިނިސްޓްރީން ވަނީ ރަސްމީކޮށް އެބަލި އަނެއްކާވެސް ފެތުރެމުންދާކަން އިއުލާންކޮށްފައެވެ. މީގެއިތުރުން އައްޑޫސިޓީ މަރަދޫ ފޭދޫ ދަމަނަވެށިން ވެކްސިން ޖަހާފައިވާކަމުގެ ތަތްގަނޑެއްވެސް ވަނީ ގެއްލިފައެވެ. އެ މައްސަލަވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Leave a comment

Your email address will not be published.