.
17 March 2019
މަޤްބޫލު ޙަބަރު

އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާއިރާއަށާއި ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތާއީދު ކުރަން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކާ އެޕާޓީން އެކުލަވާލި “އެޖެންޑާ 19” އަށް އަދާލަތު ޕާޓީން ތާއީދު ކުރުމަށް ނިންމާފައިވާތީ އެޕާޓީން މަރުހަބާ ކިޔާ ކަމަށެވެ.

އެގޮތުން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެމްޑީޕީން ތާއީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ދެ ދާއިރާއަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.

އަދި އެކަން ރަސްމީކޮށް އެމްޑީޕީން އެކަން އިއުލާންކުރިއިރު، އެމްޑީޕީން މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަހުމަދުގެ ނަން މިއަދު މިއަދު ވަނީ ނަގައިފައެވެ.

އެ ދާއިރާއަށް ދެން ވާދަކުރައްވާނީ އަދާލަތުގެ ފަރާތުން ވާދަކުރައްވާ ގާނޫނީ ވަކީލު އަލީ އާޒިމާއި މިހާރު ވެސް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)ގެ އިތުރުން އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ސުނީލް އާއި އަހުމަދު ހުސެއިންއެވެ.

Leave a Reply

Your email address will not be published.

haftha.mv ©