Wed, 3 June, 2020, 11:35 pm
މޯދީ މާލެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް
5

އިންޑިއާގެ ބޮޑު ވަޒީރު މާލެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު، މޯދީ ރާއްޖެ ވަޑައިގަތް ދާދި ދެންމެ ވަނީ މާލެ ވަޑައިގެންފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗްކޮޅުގައި މޯދީ ވަޑައިގަތީ އެއް ނަންބަރު ފާލަމަށެވެ. އެތަނުން މޯދީއަށް މަރުހަބާ ދެެންނެވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މޯދީ މާލެ ވަޑައިގަތުމާއި އެކު އެމަނިކުފާނަށް ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އަދި ޖުމްހޫރި މައިދާނުގައި މޯދީގެ އިސްތިގްބާލްގައި ތިއްބްވި ރާއްޖޭގެ ވަޒީރުންނާއި ސަލާމް ކުރެއްވުމަށްފަހު ވަޑައިގަތީ ރައީސް އޮފީހަށެވެ.

ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ މިއަދު ރާއްޖެ ވަޑައިގަތްފައިވާއިރު، ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބް އެރުވުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފަ އެވެ.

މޯދީ ރައީސް އޮފީހަށް ވަޑައިގެންފައިވާއިރު ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު އިންޑިއާއިން ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި އެމްއެންޑީއެފްއަށް ގާއިމްކުރާ ސިފައިންގެ ޓްރެއިނިން ސިސްޓަމް އިފްތިތާހް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއަށްފަހު މިރޭގެ މަޣްރިބް ނަމާދަށްފަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެއެވެ.

Leave a comment

Your email address will not be published.