މިންހަތް މުހައްމަދު
11 September 2019
މަޤްބޫލު ޙަބަރު

ކޮންމެ ފަހަރަކު ވެސް އެޕަލްގެ އާ ފޯނުތައް ނެރޭއިރަށް އެންމެން ދައްކަނީ އެއް ވާހަކައެވެ. އުފަންދުވަހުގެ ހަދިޔާއަކަށް އައިފޯނެއް ބޭނުންވާ ވާހަކައެވެ. ރޭ އެޕަލްއިން ދައްކާލި ފޯންތަކާއެކުވެސް އެވާހަކަތައް ވަނީ އަޑު ގަދަވެފައެވެ.

އެޕަލް އިން އެ މީހުން މި އަހަރު ބާޒާރަށް ނެރޭ އައިފޯންގެ އާ މޮޑެލްތައް ދައްކާލި އިރު އެންމެ ބޮޑަށް ފާހަގަވީ އޭގެ ކެމެރާތަކެވެ. އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި ވެސް ބޮޑު ބަދަލެއް މިފަހަރު ވެސް އައީ ކެމެރާ އަށެވެ. އެހެން ފީޗާތަކަށް ގެނައީ ހެޔޮވަރުގެ އަޕްޑޭޓުތަކެވެ.

އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގެ ހާއްސަ ފީޗާތައް

– ދެ ސްކްރީން ސައިޒެއް؛ 5.9 އިންޗި އާއި 6.5 އިންޗީގެ އޯއެލްއީޑީ ޑިސްޕްލޭއެއް (ކޮންމެ ޑިސްޕްލޭއެއްގައި 458 ޕީޕީއައި ޕިކްސެލް ޑެންސިޓީ ހުންނާނެ)

– މި ފޯނުތަކުގެ ސުޕަ ރެޓިނާ އެޒްޑީއާރް ޑިސްޕްލޭތަކަށް ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓަމް، އެޗްޑީއާރް 10 އާއެކު ސަޕޯޓުކުރާނެ — މާނައަކީ ވަރަށް ސާފުކޮށް، މޮޅު ކޮލެޓީގައި އެއްޗެހި ފެންނާނެ

– 64 ޖީބީ، 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖް ލިބޭ

– ފޯނު ފަރުމާކޮށްފައި ވަނީ މެޓް މެޓީރިއަލުން

– ފަހަތު ކެމެރާގައި ތިން ލެންސު ހަރުކޮށްފައިވޭ؛ ވައިޑް، އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސެއް

– ފޮޓޯ އިތުރަށް ސާފުކޮށް ދިނުމަށް ޑީޕް ފިއުޝަން ކިޔާ ފީޗާއެއް

– ކުރީ އަހަރުގެ މޮޑެލްތަކަށް ވުރެ 4 ގަޑިއިރު (ޕްރޯ) އަދި 5 ގަޑިއިރު (ޕްރޯ މެކްސް) އިތުރަށް ބެޓަރީގެ ބާރު ހުރޭ

– ފޭސް އައިޑީގެ އަޕްޑޭޓެއް

– ވައިފައި 6 ސަޕޯޓް ކުރޭ، އެކަމަކު 5ޖީ ނުލިބޭ

– ފަހަތު އަދި ކުރިމަތީ ކެމެ ރާއިން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭ — ކުރިމަތީ ކެމެރާއިން ފުރަތަމަ ފަހަރަށް ސްލޯމޯ ވީޑިއޯ ވެސް ނެގޭ – ސެލްފީގެ ބަދަލުގައި “ސްލޯފީ” ނެގޭނެ

– ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓެއް

– އަވަހަށް ޗާޖުކޮށްދޭ އެޑަޕްޓަރެއް

– އައިއޯސް 13 ސަޕޯޓުކުރާނެ

– ކުލަތައް؛ މިޑްނައިޓް ގްރީން، ސްޕޭސް ގްރޭ، ސިލްވާ، ގޯލްޑް

– އައިފޯން 11 ޕްރޯ، 999 ޑޮލަރަށް

– އައިފޯން 11 ޕްރޯ މެކްސް، 1099 ޑޮލަރަށް

އައިފޯން 11 ގެ ހާއްސަ ފީޗާތައް

– ހަ ކުލައެއް؛ ބްލެކް، ޔެލޯ، ޕާޕުލް، ގްރީން އަދި ޕްރޮޑަކްޓް ރެޑް އެންޑް ވައިޓް

– އޭ13 ބަޔޮނިކް ޗިޕެއް

– 64 ޖީބީ، 128 ޖީބީ އަދި 512 ޖީބީ ސްޓޯރޭޖް ލިބޭ

– އައިފޯން އެކްސް އާރް އަށް ވުރެ ގަޑިއިރަކަށް ވުރެ ގިނައިރު ބެޓަރީގެ ބާރު ހުރޭ

– ފޭސް އައިޑީގެ އަޕްޑޭޓެއް

– ވައިފައި 6 ސަޕޯޓް ކުރޭ، އެކަމަކު 5ޖީ ނުލިބޭ

– ފަހަތު ކެމެރާގައި 12 މެގަޕިކްސެލްގެ ދެ ލެންސް ހަރުކޮށްފައިވޭ؛ ވައިޑް ލެންސަކާއި އަލްޓްރާ ވައިޑް ލެންސެއް

– ކެމެރާ ނައިޓް މޯޑެއް ވެސް އިނދޭ

– ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓެއް

– ކުރިމަތީ ކެމެރާގައި 12 މެގަޕިކްސެލް

– ފަހަތު އަދި ކުރިމަތީ ކެމެރާއިން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭ — ކުރިމަތީ ކެމެރާއިން ފުރަތަމަ ފަހަރަށް ސްލޯމޯ ވީޑިއޯ ވެސް ނެގޭ

– އަގު، 699 ޑޮލަރަށް

Leave a Reply

Your email address will not be published.

haftha.mv ©