މުޙައްމަދު އިބްރާހިމް
18 September 2019
މަޤްބޫލު ޙަބަރު

ބަށީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ހުދު، ކަޅު، އަދި ރަތް ކުލައިގައި ވެސް ބަށިހުރެއެވެ. ކަޅު ކުލައިގެ ބަށީގައި ޕްރޮޓީން މަތީ އަދަދަކަށް އެކުލެވޭ އިރު، ހުދު ކުލައިގެ ބަށީގައި މަތީ އަދަދަކަށް ހުންނަނީ ކާބޯ ހައިޑްރޭޓް އެވެ. ކަޅު ބަށީގެ ބޭރުގައިވާ ތޮށި ފަށަލައިގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެން ކަމުން ބަށި ކައްކާއިރު ބޮޑަށް ރަގަޅުވާނީ ތޮށި ނުމަށައި ކައްކާނަމަ އެވެ.

 ބަށީގައި ”ސެލިއުލޯޒް” އޭ ކިޔޭ ފައިބަރު ގެ ބާވަތެއް ވެއެވެ. މީގެ ސަބަބުން ގޮހޮރު ގައި ހުންނަ ނަޖިސް ބޭރުވެގެން ދިއުމަށް ފަސޭހަ ވެއެވެ. އެހެން ކަމުން ބަނޑުހިކުން ކުރިމަތިވެފައި ވާނަމަ ބަށި ބޭނުންކުރުން ރަގަޅު ވާނެއެވެ. ބަށީގައި ހަށިގަނޑަށް ބޭނުންވާ މިނޫނަސް ތަފާތު މައުދަންތަކާއި ވިޓަމިންތައް އެކުލެވިގެން ވެއެވެ.

ހުޅުތަކުގެ ރިހުން އަދި ހިތުގެ ބަލި، އަދި މާބޮޑަށް ފަލަ މީހުން ބަށި ބޭނުންކުރުމަކީ ރަގަޅު ކަމެއް ކަމުގައި ބުނެވެއެވެ. މައިދާގެ ފާރު ކުޑަކޮށްދީ، އެކިއެކި ރިހުންތައް ލުއިކޮށްދެއެވެ. ހަށިގަނޑުގެ ކޮލެސްޓީރޯލް މިންވަރު ދަށްކޮށް ހަޖަމު ރަގަޅު ކުރުމުގައި އެހީތެރި ވެދެއެވެ.

މިފަދަ ސަބަބު ތަކަށްޓަކައި ބައްޓަކީ ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ.

Leave a Reply

Your email address will not be published.

haftha.mv ©