Sun, 23 February, 2020, 2:55 pm
ނިދީގައި ކާލެވުނީ އެންގޭޖްމެންޓް އަނގޮޓި

ނިދީގައި ބައެއް ފަހަރު މަޖާ ކަންތައް ކުރެވެއެވެ. އަދި ހުވަފެނުގައި ކުރާ ކަންތައް ހޭލާއިރު ވެފައި އޮންނަތަންވެސް އާދެއެވެ. މިފަހަރުވެސް މިވީ މިކަހަލަ ގޮތެކެވެ.

އެމެރިކާގެ ކެލިފޯނިޔާގައި އުޅެމުން އަންނަ ޖެނާ އެންވާސް މިއަދު ތައްޔާރުވަމުން އަންނަނީ ސާޖަރީއަކަށެވެ. ސާޖަރީ ހަދަން ޖެހުނީ ނިދީގައި އެންގޭޖްމެންޓް އަނގޮޓި ކާލެވެމުންނެވެ.

ޖެނާ ބުނެފައިވަނީ އޭނާގެ ހުވަފެނުގައި އޭނާގެ ފިރިމީހާ އޭނާ ގާތު އެންގޭޖްމެންޓް އަނގޮޓި ކާލަން ބުނި ކަމަށެވެ. އަދި  އެ ކާލުމުން ރަނގަޅު ނޫން މީހުންގެ ކިބައިން ސަލާމަތްވާނެ ކަމަށްވެސް ބުނި ކަމަށް ޖެނާ ބުނެފައިވެއެވެ.

ހުވަފެނުގައި ޖެނާ އޭނާގެ އަނގޮޓި ކާލުމާއެކު ބަނޑަށް އުދަގޫތަކެއް ވާން ފެށުމުން ޖެނާއަށް ހޭލުވުނު ކަމަށް އޭނާ ބުންޏެވެ. އަދި ހޭލެވުނުއިރު އަނގޮޓި އަސްލުކޮށްވެސް ކާލެވިފައިވާކަން އެނގުނެވެ.

ނިދީގައި މިގޮތަށްވާ ކަންތައް ބައެއް ފަހަރު އަސްލުކޮށްވެސް ވެއެވެ.

Leave a comment

Your email address will not be published.