.
04 December 2018
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ ކާމިޔާބު ތަރި އަކްޝޭ ކުމާރު އަކީ ވަރަށް ބިޒީ ތަރިއެކެވެ. އަކްޝޭގެ ގިނަ ފިލްމުތަކެއް ކުރިއަށް ހުރި އިރު އަދިވެސް އިތުރު ފިލްމުތަކަކަށް އޭނާ ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން، ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އާއި ރޯހިތު ޝެޓީގެ އާރް އެސް ޕިކުޗާސް ގެ ފިލްމެއް ކުޅުމަށްވެސް އަކްޝޭ ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން ނަމަ، އެ ފިލްމު ޑައިރެކްޓު ކުރާނީ މޯހިތު ސޫރީ އެވެ. މޯހިތު އަކީ “އެކް ވިލަން”، “ހާލްފު ގާލްފުރެންޑު”، އަދި “ޒެހެރް” ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ޑައިރެކްޓަރެކެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު، “ކެސާރީ’ އަދި “ގުޑް ނިއުސް” ހިމެނެ އެވެ. އޭގެ އިތުރުން އިންޑިއާގައި އުފައްދާ ފުރަތަމަ ސްޕޭސް ފިލްމު ކަމަށްވާ “މިޝަން މަންގަލް” އިންވެސް އަކްޝޭ ފެނިގެންދާނެ އެވެ.

haftha.mv ©