.
03 December 2018
މަޤްބޫލު ޙަބަރު

ހައި ގުރޭޑު ކެންސަރަށް ފަރުވާކުރުމަށް ނިއުޔޯކުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާލީ ބޭންދުރޭ އެނބުރި އިންޑިއާއަށް އަތުވެއްޖެއެވެ.

ގާތްގަނޑަކަށް ފަސް ވަރަކަށް މަސްދުވަހު ނިއުޔޯކުގައި ހޭދަ ކުރުމަށްފަހު އިންޑިއާއަށް ދެވުނުކަން ސޮނާލީ ވަނީ އޭނާގެ އިންސްޓަގުރާމް އެކައުންޓު މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

 އެގޮތުން ކެންސަރާ ދެކޮޅަށް ކުރާ ހަނގުރާމަ ނުނިމޭ ކަމަށާއި ބޭސްފަރުވާއިން ކުޑަ ބުރޭކެއް ލިބުނީތީ އުފާވެފައިވާކަން ސޮނާލީ ވަނީ އިންސްޓަގުރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.

ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން ފެށިގެން ސޮނާލީ އަންނަނީ އޭނާގެ ސިއްހީ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް މީޑިއާތަކަށާއި ފޭނުންނާ ހިއްސާ ކުރަމުންނެވެ.

ސޮނާލީ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ވަރަށް ހިތްހެޔޮ ތަރި އެކެވެ.

haftha.mv ©