.
06 December 2018
މަޤްބޫލު ޙަބަރު

އިންޑިއާގެ ފުރަތަމަ އަންހެން ކޮމްބަޓު އޭވިއޭޓާ ގުންޖަން ސަކްސޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކަށް ތައްޔާރު ވުމުގެ މަސައްކަތް ޖާންވީ ކަޕޫރު ފަށައިފި އެވެ.

އެގޮތުން، އިންޑިއާގެ އެއާފޯސްގެ މަސައްކަތްތައް ހުންނަ ގޮތާއި އެމީހުންގެ ދިރިއުޅުމާ ގުޅޭގޮތުންވެސް ޖާންވީ އަށް ސެޝަންތަކެއް ނަގައިދޭން ނިންމާފައިވާ ކަމަށާއި ބޭސިކު ފުލައިންގ ލެސަންތަކެއްގައިވެސް ޖާންވީ ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަމައެއާއެކު، ގުންޖަންގެ ވާހަކަ ބޮޑަށް ދެނެގަތުމަށް މީގެ ދުވަސްކޮޅެއް ގުންޖަން އާއެކު ޖާންވީ ވަގުތުތަކެއް ހޭދަ ކުރި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، އެ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

haftha.mv ©