.
07 December 2018
މަޤްބޫލު ޙަބަރު

މިހާރު ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ހީނާ ޚާން އެންމެ ފުރަތަމަ ފެނިގެންދާނީ ބޮލީވުޑްގެ ތަރި ރިޝީ ބޫޓާނީ އާއެކު ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ބުނާގޮތުން އެ ފިލްމުގައި ރިޝީ އަދާކުރާނީ ހީނާގެ ދެބެއިންގެ ދެދަރި ކެރެކްޓާއެއްގެ ރޯލެވެ. އަދި ފިލްމުގައި އެ ދެ މީހުން ކައިވެނި ކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާގޮތުންނަމަ، ކަޝްމީރު ގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ އެ ފިލްމަށް ވަގުތު ދިނުމުގެ ގޮތުން ހީނާ ވަނީ އޭނާ ނެގެޓިވް ރޯލަކުން ފެނިގެންދާ ސްޓާ ޕުލަސްގެ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކޭ” އިން ޗުއްޓީއެއް ވެސް ނަގައިފައެވެ.

އެ ސިލްސިލާގައި އޭނާ އަދާކުރަނީ ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ “ކޮމަލިކާ”ގެ ކެރެކްޓާއިންނެވެ.

ރިޝީ އަށް ބަލާއިރު، ރިޝީ ބޮލީވުޑަށް ތައާރަފުވީ 2009 ވަނަ އަހަރު ރިލީޒު ކުރި “ބޯލޯ ރާމް” އިންނެވެ. އޭނާ އަކީ ބޮލީވުޑްގައި މާ މަޝްހޫރު ތަރިއެއް ނޫނެވެ. އަދި އޭނާ މިހާތަނަށް މާ ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ.

haftha.mv ©