މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް މި އަހަރުގެ ތެރޭގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ވަރުން އާއި ނަތާޝާ އެކުގައި އަހަރުތަކެއް ވަންދެން އުޅެމުންދިޔަ ނަމަވެސް، ރައްޓެހިވެގެން އުޅޭކަން އެ ދެމީހުން އެއްބަސްވީ ވަރަށް ފަހުންނެވެ.

އެ ދެ މީހުންގެ އާއިލާ އާ ހަވާލާދީ ބޮލީވުޑްގެ ބުނާގޮތުންނަމަ، އެ ދެ މީހުން ކައިވެނި ކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިއަހަރުގެ ފަހުކޮޅަށް ކައިވެނި ހެދީ ވަރުންގެ ބިޒީ ޝެޑިއުލްގެ ސަބަބުން ކަމަށްވެއެވެ.

އެގޮތުން އޭނާ މިހާރު ވެސް އަންނަނީ، އަބިޝެކް ވަރްމަންގެ ޕީރިއަޑް ޑްރާމާ، ”ކަލަންކް“ އަށް ޝޫޓު ކުރަމުންނެވެ.

އާއިލާއާ ހަވާލާދީ ވަރުންގެ ކައިވެނީގެ ވާހަކަތައް މީޑިއާތަކަށް އެރި ނަމަވެސް، އެވާހަކަ ވަރުން ކައިރީގައި އެހުމުން އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ވަރުންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ރީމޯ ޑި ސޫޒާގެ ޑޭންސް ފިލްމު، ”އޭބީސީޑީ“ ތިން ވަނަ ފިލްމަށް ޝޫޓު ކުރުމުގެ މަސައްކަތް އަންނަ މަސްތެރޭގައި ފަށާނެ އެވެ. ހަބަރުތައް ބުނާގޮތުގައި 4ޑީ ފޯމެޓަށް އުފައްދާ އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފައްދާ އެންމެ އަގުބޮޑު ޑާންސް ފިލްމެވެ.

haftha.mv 2004 ©